ލަންދޫ ކައުންސިލް ބަށި މުބާރާތުގެ ދެވަނަމެޗް ވެލޯސިޓީ ކާމިޔާބުކޮށްފި.

ކްލަބް ވެލޯސިޓީގެ ބަށިޓީމް / ފޮޓޯ: ޔެރީ
ކްލަބް ވެލޯސިޓީގެ ބަށިޓީމް / ފޮޓޯ: ޔެރީ

ނ.ލަންދޫ ކައުންސިލް ބަށިމުބާރާތް  2016 ގެ ދެވަނަ މެޗް ވެލޯސިޓީ ކާމިޔާބު ކޮށްފިއެވެ. ޕަސަންޓް ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް މި މެޗް 14 – 15 ލަނޑުން ކާމިޔާބުކުރީ ވެލޯސިޓީއެވެ.

އިއްޔެ ހަވީރު 4:00 ގައި ލަންދޫ އަންހެނުންގެ ރަސްމީ ބަށިކޯޓްގައި ކުޅެވުނު މި މެޗަކީ މުބާރާތުގެ ފޯރިގަދަ މެޗެކެވެ. މިމެޗްގައި ދެޓީމުންވެސް ވަނީ މޮޅުކުޅުމެއް ދައްކާފައެވެ.

ޕަސަންޓް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ބުނީ އިއްޔެގެ މެޗް ކާމިޔާބު ނުވީ ނަޞީބު ދިމާކުރިގޮތުން ކަމުގައެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗް ބެލުމަށްވެސް ރަށުގެ ކުދިބޮޑު އަންހެން ފިރިހެން ވަރަށް ގިނަބަޔަކު އިއްޔެ ބަށިކޯޓްދޮށަށް ހާޒިރުވެފައިވެއެވެ.

ކައުންސިލް ބަށިމުބާރާތް 2016 އަށް ދަނީ ހީނުކުރާވަރުގެ ބޮޑު ތަރުޙީބެއް ލަންދޫ ރައްޔިތުންގެ ފަރާތުން ލިބެނުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ – ކުޑަފަރި ބައްދަލުކުރި މެޗް ކުޑަފަރި ކާމިޔާބުކޮށްފި.

ފަސްޓްލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕް 2017 ގެ މިއަދު ހަވީރު ކުޅުނު މެޗް ( މުބާރާތުގެ 3 ވަނަމެޗް) ކުޑަފަރި – …

ޚިޔާލެއްދެއްވާ

avatar
wpDiscuz