ލަންދޫ ކައުންސިލް ބަށިމުބާރާތުގެ ފައިނަލްގެ އެއްކޮޅު “ޗެލެންޖަރސް” ކަށަވަރުކޮށްފި.

ނ.ލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ލަންދޫގައި މިހާރު ކުރިއަށްދާ ބަށިމުބާރާތުގެ ފައިނަލްގައި އެއްކޮޅުން ކްލަބް ޗެލެންޖަރސްއަށް ކުޅެވޭނެކަމުގެ ޔަޤީންކަން އެކްލަބުން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު މެޗްވެސް ކްލަބް އޮކާޗީއާއި، ބައްދަލުކޮށް ޗެލެންޖާރސް ކާމިޔާބުކުރުމުން ޖުމުލަ 3 މެޗްކުޅެ އެއެވެސް މެޗަކުން ބަލިނުވެ އަދި 53 ލަނޑާއި 7 ފޯލި ކާމިޔާބުކޮށްގެން ކްލަބް ޗެލެންޖަރސް މިވަނީ މި މުބާރާތުގެ ފައިނަލް ކަށަވަރު ވެފައެވެ.

ފައިނަލްގައި އަނެއްކޮޅުން ކުޅެންޖެހޭ ބައެއް އެނގޭނީ މާދަމާގެ މެޗަށްފަހުއެވެ. މާދަމާގެ މެޗްގައި ބައްދަލުކުރާނީ ވެލޯސިޓީއާއި، އޮކާޗީއެވެ.

މިއަދުގެ މެޗް ނިމުމުން ޕަސަންޓް ސްޕޯޓްސް ކްލަބްގެ މެޗްތައްވެސް ނިމުނީއެވެ. އެމީހުންނަށް 3 މެޗުން ހެދިފައިވަނީ 14 ލަނޑާއި، 10 ފޯއްޔެވެ.

ލަންދޫ ކައުންސިލް ބަށިމުބާރާތުގެ ފައިނަލްގެ ކުރިންކުޅޭ އެންމެ ފަހު މެޗް މާދަމާ ޝެޑިއުލް ކޮށްފައިވާއިރު މާދަމާއަކީ ޝިޔާމް މަޢުރޫފް ސޮކަރ ކަޕްގެ އޯޕަނިންގ ސަރމަނީ ވެސް އޮންނަ ދުވަހެވެ. އެ މުބާރާތުގައި ލަންދޫ ޒުވާނުން ބައިވެރިވެފައިވާތީ ފުޓްބޯޅަ ޓީމް އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މާދަމާ ކެނދިކުޅުދުއަށް ދާނެއެވެ.އެހެންނަމަވެސް މާދަމާގެ ބަށިމެޗް ޝެޑިއުލް އާއި އެއްގޮތަށް ކުރިއަށް ދާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ – ކުޑަފަރި ބައްދަލުކުރި މެޗް ކުޑަފަރި ކާމިޔާބުކޮށްފި.

ފަސްޓްލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕް 2017 ގެ މިއަދު ހަވީރު ކުޅުނު މެޗް ( މުބާރާތުގެ 3 ވަނަމެޗް) ކުޑަފަރި – …

ޚިޔާލެއްދެއްވާ

avatar
wpDiscuz