ލަންދޫ ކައުންސިލުން ޤުރްއާން މުބާރާތެއް ބާއްވަނީ

loheequran1
ނ.ޅޮހީ ކައުންސިލުން ޅޮހީގައި ބޭއްވި ޤުރުއާން މުބާރާތުގެ ތެރެއިން / ފައިލްފޮޓޯ

ލަންދޫގެ ރައްޔިތުންގެ ހިތްތަކުގައި ޤުރްއާނަށްވާ ލޯބިއިތުރުކުމުގެ ގޮތުން “ލަންދޫގެ ރަންތަރި” މިނަމުގައި ޤުރްއާން މުބާރާތެއް ބޭއްވުމަށް ލަންދޫ ކައުންސިލުން ނިންމައިފިއެވެ. އަންނަމަހުގެ 27 އަދި 28 ގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުން 2015 ވަނަ އަހަރުގެ އަތޮޅު ޤުރްއާން މުބާރާތަށް ބައިވެރިން ނެގުމަށްވެސްވަނީ ހަމަޖެހިފައެވެ. އެތައް އަގުހުރި އިނާމްތަކަކާއި ޓްރޮފީތަކެއް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޢަމަލީ މަސައްކަތްރޭގެ ވަގުތެއްގައިވަނީ ލަންދޫ ކައުންސިލުން ފަށައިފައެވެ.
ދެގޮތްޕަކުން ޖުމުލަ 9 ޢުމުރުފުރާއަށް ބައިވެރިވެވޭގޮތަށް ރާވާފައިވާ މި މުބާރާތުގެ މުޤައްރަރަކީ ޤަޢުމީ ޤުރްއާން މުބާރާތުގެވެސް މުޤައްރަރެވެ. މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯރމް ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 8:00 ން 15:00 ދެމެދު ލަންދޫ ކައުންސިލުން ލިބެންހުންނައިރު ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 6:45 ން 13:45 ދެމެދު ލަންދޫ ސްކޫލުންވެސް ލިބެންހުންނާނެކަމަށް ކައުންސިލުން މަޢުލޫމާތުދެއްވައެވެ. ފޯރމް ފުރުއްވުމަށްފަހު ފޯރމް ހުށަހަޅަންޖެހެނީ ލަންދޫ ކައުންސިލްގެ އިދާރާއަށެވެ. ފޯރމް ހުށަހެޅުމުގެ ސުންގަޑިއަކީ 26 ފެބްރުއަރީ 2015 ވާ ބުރާސްފަތިދުވަހުގެ 15:00 އެވެ.
މި މުބާރާތަށް ޖަޖުންގެނެވުމަށް ހަމަޖެހިފައިވަނީ ރަށުންބޭރުންކަމަށާއި މުބާރާތަށް ކިތަންމެބޮޑު ޚަރަދެއްދިޔަނަމަވެސް މުބާރާތް ބާއްވަންބޭނުންވަނީ ވަރަށް ފުރިހަމަކޮށްކަމަށް ކައުންސިލުންބުނެއެވެ. އަދި ހަމައެއާއެކު މުބާރާތަށް އެހީވެދެން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.
މުބާރާތަށް ބޭނުންވާ ފައިސާގެ އެހީގެ އިތުރުން އެހެނިހެން އެހީތަށްވެސް މިދަނީ ކަމާބެހޭފަރާތްތަކާއި ވާހަކަދައްކައިގެން ހޯދަމުންކަމަށް ކައުންސިލުންބުނެއެވެ.
ކައުންސިލުން މިދިޔައަހަރު މިމުބާރާތް ބާއްވާފައިވަނީ ލަންދޫ ސްކޫލާއިގުޅިގެންނެވެ. އެފަހަރުވެސް ކައުންސިލުންވަނީ 5000 ރުފިޔާގެ ފައިސާގެ އެހީއެއް ވެދެއްވާފައެވެ. މިފަހަރުގެ މިމުބާރާތަށް ކައުންސިލުން ލަފާކުރާ ބަޖެޓަކީ 15،000 ފަނަރަ ހާސް ރުފިޔާއެވެ.

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ޤުރުއާން މުބާރާތް ރޭ ނިމިއްޖެ.

ނ.ލަންދޫސްކޫލްގެ 2016 ވަނައަހަރުގެ ޤުރުއާންމުބާރާތުގެ ކިޔެވުން ރޭ ނިންމާލައިފިއެވެ. މިދިޔަ އާދިއްތަ ދުވަހު މެންދުރުފަހު 13:30 ގައި ފެށިގެން ކުރިއަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz