ލަންދޫ ބަލިކޮށް މާފަރު ސެމީއަށް

fcmމިހާރު ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި ލަންދޫ އެފްސީ ބަލިކޮށް މި މުބާރާތުގެ ސެމީއިން އެފްސީ މާފަރު ޖާގަހޯދައިފިއެވެ.

މިއަދުގެ މެޗަށް ނިކުތް އިރުވެސް މޮޅުވެގެން ނޫނީ ސެމީއަށް ދެވެންނެތް މާފަރުގެ ފަރާތުން މިއަދުވަނީ މޮޅުކުޅުމެއް ފެނިގެން ގޮސްފައެވެ.

މިއަދުގެ މެޗު ފެށިގެން މާގިނައިރެއް ނުވަނީސް މާފަރުންވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މިލަނޑު މާފަރަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނަބީލް އެވެ. މާފަރުގެ މިލަނޑަށްފަހު ލަންދޫގެ ކުޅުން ރަނގަޅުކޮށް އެޓީމުން އުފެއްދި ހަމަލާއެއްގައި އަޙްމަދު އިނާޒު ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް މާފަރުގެ މުޙައްމަދު ހުސެއިން ލަނޑެއްޖަހާ މާގިނައިރެއް ނުވެ އަނެއްކާވެސް މާފަރުން ލީޑުނެގިއެވެ. އެހެންނަމަވެސް ލަންދޫޓީމުގެ ކެޕްޓަން ޖަވާއަށް މާފަރު އޭރިއާތެރެއިން ކުރިފައުލަކާއި ގުޅިގެން ލަންދޫއަށް ލިބުނު ޕެނަލްޓީއަކުން ލަންދޫއިން 2 ވަނަ ލަނޑުޖަހާ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު ލަންދޫއަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން ހުސެއިން ޖަވާދެވެ. މިހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ގާތްގަޑަކަށް ހަމަހަމަ ކުޅުމެކެވެ.

lfcމެޗުގެ ދެވަނަ ހާފު ފެށި މާގިނައިރެއް ނުވަނީސް މާފަރުން ފުލުފުލުގައި ދެ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކުރިއެވެ. މި ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ހަސަން އާއި އައްޒާމް ޢަބުދުﷲ އެވެ. ފަހުހާފު ނިމުމުގެ ކުރިން މާފަރުގެ ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖުމާލް އީސާ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފަރުގެ ޒުވާން ފޯވާޑު އައްޒާމް ޢަބުދުﷲ އެވެ.

މި މުބާރާތުގައި މާދަމާ އޮންނާނީ ގްރޫޕް ބީ ގެ އެންމެ ބޮޑު މެޗެވެ. މި މެޗުގައި ބައްދަލު ކުރާނީ މިލަދޫ އާއި ހޮޅުދޫ އެވެ. މި މެޗުން މޮޅުވާ ޓީމެއް އެ ގްރޫޕުން 1 ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދާނެއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:50 ގައެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz