ލަންދޫ ރައްޔިތުން ފެންބުއިމަށް ބަހައްޓާފައިވާ ހަންތަކަށް އެޅޭފެން ތަޣައްޔަރުވެފައި

ލަންދޫރައްޔިތުން ފެންބުއިމަށް ބަހައްޓާފައިވާ ހަންތަކަށް އެޅޭފެންވަނީ ވަރަށް ބޮޑަށް ނުސާފްވެ ބޭނުން ނުކުރެވޭ ވަރަށް ތަޣައްޔަރުވެފައެވެ. ލަންދޫ ރައްޔިތުން ބޯފެނަށްޖެހުމުން ގިނަގޭގޭގައިވާ ހަންތައްދޮވެ ސާފްކޮށް ފެން އެޅުމަށް ތައްޔާރުކޮށްފައިވާ އިރު ރަށުގެ ރައްޔިތުން ފެންބުއިމަށް ބަހައްޓާފައިވާ ހަންތައް މިހާތަނަށްވަނީ ސާފް ނުކުރެވިއެވެ.

ރައްޔިތުން ފެންބުއިމަށް ބަހައްޓާފައިވާ ހަންތައް ސާފްނުކޮށް ހުއްޓާ މިހާރުވަނީ އެހަންތަކަށް ފެންއަޅަން ފައްޓާފައެވެ. މިހާރު އެހެންތަކަށް އަޅޭފެނަކީ އެއްވެސް ގޮތަކަށް ކެއްކުމަށް އިންސާނުން ބޭނުންކުރުމަށް ރަނގަޅުނޫން ފެންކަމަށް އިއްޔެ އެތަންތަނުން ފެންގެނައި ފަރާތްތަކުން ” ލަންދޫއިންފޯ ” އަށް މަޢުލޫމާތު ދެއްވާފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރީއަހަރުތަކުގައިވެސް ލަންދޫގައި ހުންނަ ރައްޔިތުން ފެންބުއިމަށް ބަހައްޓާފައިވާ ހަންތައް ވިއްސާރަމޫސުން ފެށެންވާއިރަށް ސާފުކުރަނީ ސަރުކާރުގެ މުއައްސަސާތަކުގެ ބައިވެރި ވުމާއިއެކު ރަށުކައުންސިލް ޢިދާރާގެ އިސްނެގުމުންނެވެ. މިއަހަރުގެ ވިއްސާރަ މޫސުންފެށިގެންދާއިރުވެސް މިފަދަކަމެއް ކުރެވޭ މަންޒަރުނުފެނި ރައްޔިތުން ފެންބުއިމަށް ބަހައްޓާފައިވާ ހަންތަކަށް ނުސާފް ހިރަފުސް ފެންއެޅެމުންދާކަމީ ހިތާމަކުރަން ޖެހެކަމެކެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
ހަޖަރު
ހަޖަރު

ޖަމިއްޔާތަކުން އިސްނަގައިގެން އަނެއްކާވެސް ފެންތާނގީތައް ސާފުކޮށްލަންވީ ކަންނޭގެ ދޯ.

wpDiscuz