ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުހެދުމަށް ސަރުކާރުން ފައިސާ ޖަމާކޮށްދެއްވައިފި

ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުހެދުމަށް ސަރުކާރުން ފައިސާ ޖަމާކޮށްދެއްވައިފިއެވެ. ލަންދޫ ކައުންސިލް ޢިދާރާގެ ރައީސް އަލްފާޟިލް މުޙައްމަދު ފަޔާޟް ( ފަޔާ ) މަޢުލޫމާތު ދެއްވިގޮތުގައި ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުހެދުމަށްޓަކައި އަދުގެ ސަރުކާރުން މިހާރުވަނީ  4 ލައްކައަށްވުރެ ގިނަ ރުފިޔާ ލަންދޫ ކައުންސިލް ޢިދާރާގެ އަކައުންޓަށް ޖަމާކޮށްދެއްވާފައެވެ.

ދަނޑުހެދުމުގެ މަސައްކަތް ގެންދިއުމަށް ރާވާފައިވާ ގޮތާބެހޭގޮތުން ފަޔާ ބުނުއްވީ ދަނޑަކީ ޒުވާނުންނާއި ގުޅުންހުރި ތަނަކަށްވާތީ އެތަނުގެ މަސައްކަތް ކުރިއަށްރާވާ ގެންދާނެގޮތަކާއިމެދު މަޝްވަރާ ކުރުމަށް ޒުވާނުންގެ ތެރެއިން ފަސްމީހުންގެ ކޮމެޓީއެއް މިހާރު ނަގާފައިވާ ކަމަށެވެ. ” ދަނޑަކީ ޒުވާނުންނާއި ގުޅުންހުރި ކަމަކަށްވާތީ ދަނޑުގެ މިންތައް ހަމަޖެއްސުމަށާއި ދަނޑު ޑިޒައިންކޮށް މަސައްކަތް ކުރިއަށްގެންދާނެގޮތްތައް ރާވާލުމަށް މިހާރުވާނީ ޒުވާނުންގެ ކޮމެޓީއެއް ނަގާފަ ” ފަޔާ އިތުރު ތަފްޞީލް ދެއްވިއެވެ.

މަސައްކަތައް ލާފާދިނުމަށް ޒުވާނުންގެ ތެރެއިން އެކުލަވާ ލެވުނު ކޮމެޓީގެ މަޝްވަރާއާއި އެކު ލަންދޫ ކައުންސިލް ޢިދާރާގެ ފަރާތުން މިހާރުވަނީ ދަނޑުގެ ވަށާފާރު ރޭނުމަށް ބޭނުންވާ 11 ހާސްގައު އަޅައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރައްވާފައެވެ.

” ލަންދޫއިންފޯ ” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދަނޑު ހެދުމަށް ސަރުކާރުން ޖަމާކޮށްދެއްވާފައިވާ ފައިސާއަށް މިފަހަރު ކުރަން ހަމަޖެހިފައިވާ މަސައްކަތަކީ ދަނޑުގެ ވަށާފާރު ރޭނުމާއި އަދި ދަނޑުގެ ދެކޮޅު ގޯލާ ދިމާލުގައި ދަނގަޑު ނަރުދާ ޖެހުމެވެ. ނަމަވެސް ބައެއްޒުވާނުން އެދެމުންދަނީ މި މަޝްރޫޢުގެ ތެރޭގައި ބޯޅަގެވެސް ހިމެނޭނެ ގޮތެއްވޭތޯ ބެލުމަށެވެ.

ކައުންސިލް ޢިދާރާގެ ރައީސް ފަޔާ މަޢުލޫމާތު ދެއްވި ގޮތުގައި މިމަސައްކަތާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ލަންދޫ ޒުވާނުންނާއި ރައްޔިތު ފިރިހެނުންނާއި މިރޭ ކައުންސިލް ޢިދާރާގެ ފަރާތުން ބައްދަލްކުރައްވާނެއެވެ.

[map lat=”5.878383″ lon=”73.467378″ id=”ma01″ z=”85″ w=”500″ h=”400″ maptype=”SATELLITE”]

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މަގޭ ރަށް – ސާފު ލަންދޫ ޝިޢާރުގެ ދަށުން ލަންދޫ ސާފު ކުރުމުގެ ބޮޑު ޙަރަކާތެއް މިއަދު ހިންގައިފި

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ 2017 ކުލަގަދަގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މަގޭ ރަށް – ސާފު ލަންދޫގެ ނަމުގައި …

ޚިޔާލެއްދެއްވާ

avatar
Anonymous
Anonymous

މިކަންތައް މިހާރުވެސް ފަނިވާން އުޅޭ ކަމުގެ ކުލަވަރު ފެންނަށް ފަށައިފި…. މިހަަރު އެއްމެ އަގުބޮޑީ “ކުރެޑިޓް” ރެޑްބްލް އަށް ވުރެންވެސް މީރު ހެހެހެހެހެހ މިޔޮތީ ވާ ކަމެއް……

wpDiscuz