ލަންދޫ ރައްޔިތުންގެ ބޯޅަދަނޑުގެ ވަށާފާރުގެ މަސައްކަތަށް ބޭނުންވާ ގައު އެޅުމަށް ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި.

ދަނޑުގެ ބިންއެއްވަރުކުރުމުގެ މަސައްކަތްކުރަނީ ، ބިންއެއްވަރު ކުރުމުގެ މަސައްކަތް ކޮށްފައިވަނީ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން / ފޮޓޯ: ލައިބް

ނ.ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމަށްބޭނުންވާ ގައު އެޅުމަށް ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިކަމުގައި ލަންދޫ ކައުންސިލުން ހާމަކުރައްވައިފިއެވެ.

ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ފަޔާޟް މިކަމާގުޅޭގޮތުން ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވަމުންވިދާޅުވީ ދަނޑުގެ ވަށާފާރުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި، އެމަސައްކަތަށް ބޭނުންވާ 11000 ( އެގާރަހާސް ) ގައު އެޅުމަށް ލަންދޫގެ އަމިއްލަ ކުންފުންޏެއްކަމުގައިވާ މިހާސް ކޮންސްޓްރަކްޝަން އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މިއެއްބަސް ވުމުގެ ދަށުން 20 ދުވަހުގެ ތެރޭގައި 11000 ގައު އަޅާނިންމާ ކައުންސިލާއި، ހަވާލުކުރަންޖެހޭނެކަމަށާއި، އެއްބަސްވުމުގައި ވާގޮތުން ގަލެއްގެ އަގަކީ 1/95 ރ. ކަމަށްވެސް ފަޔާ ވިދާޅުވިއެވެ.

މިހާސް ކޮންސްޓްރަކްޝަން އާއި، މި މަސައްކަތް ހަވާލުކުރެވިފައިވަނީ އެންމެ ކުޑައަގެއް ހުށަހަޅާފައިވަނީ އެކުންފުނިން ކަމުގައި ވާތީ ކަމަށްވެސް ފަޔާ ވިދާޅުވިއެވެ.

މިހާސް ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނ.ލަންދޫ ނޫރަންގެ އަލްފާޟިލް ޢަބުދުއްނާސިރު ޢަބުދުﷲ އެވެ.

ދަނޑުގެ މަސައްކަތަކީ %100 ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ލަންދޫގެ މެގަޕްރޮޖެކްޓް ތަކުގެ ތެރެއިން ޕްރޮޖެކްޓެއްކަމަށް ލަންދޫއިންފޯއަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިޕްރޮޖްކްޓްގަައި ވަށާފާރާއިއެކު، ބޯޅަގެެއްވެސް އެކުލެވިގެންވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް – ނިމޭނެ ދުވަހެއް ނޭނގެ

ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިގޮތުން ޖުމުހުރީ ޕާރޓީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz