ލަންދޫ ހުކުރު މިސްކިތަށް އިތުރުކުރި ބައި ރަސްމީކޮށް ހުޅުވައިފި.

މިސްކިތަށް އިތުރުކުރެވުނުބައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫ ހުކުރުމިސްކިތް ( މަސްޖިދުއްލުބާބު ) އަށް އިތުރުކުރި ބައި ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.

އަންހެންބޭފުޅުންނަށް ޚާއްޞަކުރެވިގެން މި އިތުރުކުރި ބައި ހުޅުއްވައިދެއްވީ ލަންދޫގެ ކުރީގެ ކުޑަކަތީބު އަލްފާޟިލް ހުސެއިން އިބްރާހިމް ފުޅެވެ.

މިކަމަށްޓަކައި އިއްޔެ ހަވީރު އެ މިސްކިތުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގައި ލަންދޫގެ އަންހެން އަދި ފިރިހެން ބައެއް ރައްޔިތުން ބައިވެރިވެފައިވެއެވެ.

ރަސްމިއްޔާތު ފެށިގެން ދިޔައީ ލަންދޫސްކޫލްގެ ދަރިވަރު އަޙްމަދު ޝިފާއުގެ ޤުރުއާން ކިޔެވުމުންނެވެ. އޭގެ ފަހުން ރަސްމިއްޔާތު ގެ އެޖެންޑާ ކުރިއަށް ގެންދިޔައީ ލަންދޫ ކައުންސިލް އިދާރާގެ އެސިސްޓޭންޓް ޑިރެކްޓަރ އަލްފާޟިލް ޢަބުދުއްނާޞިރު ޢަލީ އެވެ.

މި ރަސްމިއްޔާތުގައި ލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ފަޔާޟު އާއި، ނައިބުރައީސް އަލްފާޟިލް ޢަބުދުﷲ އަމްޖަދުގެ އިތުރުން އެކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް ޙަސަން ނަޞީރުވެސް ވާހަކަފުޅު ދެއްކެވިއެވެ.

މިބޭފުޅުންގެ ވާހަކަފުޅުތަކުގައި މިސްކިތަށް އިތުރުކުރި ބައިގެ ޕްރޮޖެކްޓް ފެށިގެން އައި ގޮތާއި، ފުރަތަމަ ވަރަށް އާދައިގެ ގޮތަކަށް ހަދަން ގަސްތުކުރި މި ފެންޑާ ޒަމާނީ ފެންވަރަށް ބަދަލުވެގެން ދިޔަގޮތާމެދު އަލި އަޅުއްވާލައިވާފައިވެއެވެ.

އަދި މިމަސައްކަތުގައި އެކިއެކި ގޮތްގޮތުން ބައިވެރިވި މީހުންނަށާއި، އެކިއެކި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެ ހައި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ.

މިބައި މިސްކިތަށް އިތުރުކުރެވިގެން ދިއުމުން މިއަދު ގެ ހުކުރުނަމާދުގައި ބައިވެރިވި ބައެއްމީހުން ވަނީ މިބައިގައި ނަމާދުކޮށްފައެވެ. އަދި މިރޭ އިޝާނަމާދަށްފަހު ކުރެވުނު ތަރާވީޙް ނަމާދުގައި ބައިވެރި ގިނަޢަދަދެއްގެ އަންހެންނުން މިރޭ ވަނީ މިބައިގާ ނަމާދުކޮށްފައެވެ.

މިމަސައްކަތަކަކީ ލަންދޫކައުންސިލް އިސްނަގައިގެން ކުރެއްވި ވަރަށްބޮޑު އަދި ބުރަ މަސައްކަތެއްކަން ފާހަގަކޮށް ލަންދޫގެ ގިނަބަޔަކުދަނީ މިކަން އުފަލާއެކު ބަލައިގަންނަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރެވުނު އިތުރު މިސްކިތްތަކެއް މިއަދު ހުޅުވައިފި

ސައުދީ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ދަށުން ޢިމާރާތްކޮށްދެއްވި އެ މިސްކިތްތައް ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު …

ޚިޔާލެއްދެއްވާ

avatar
ޢަލީ ޒިޔާދު
ޢަލީ ޒިޔާދު

ކަމެއް ކޮއްދިނަސް މީހުންނަށް ހީވެފައި އޮންނަނީ އެއީ ސިޔާސީ ކަމެކޭ.. ދެން ހުސް ސިޔާސީ ކަންކަމެއްނުން މިކުރެވެނީ ދޯ…

އަބްދުﷲ އިބްރާހީމް
އަބްދުﷲ އިބްރާހީމް

ތިޔައީ ކައުންސިލް އިދާރާގެ މުވައްޒަފުން ރެއާ ދުވާލު ކުރި ބުރަ މަސައްކަތުގެ ނަތީޖާ. މުސްތަޤުބަލުގައިވެސް މިފަދަ ކަންކަން ފެންނާނެކަމަށް އުއްމީދުކުރަން.

ވާ ކައުންސިލް
ވާ ކައުންސިލް

ދޮޅު އަހަރު ދުވަހުން އެތަށް ހާްސް ބަޔަކަށް ސަލާން ޖަހައިގެން މީސްމީހުން ލައްވާ ހިލޭ ސާބަހަށް ތި ކުރެވުނީ ކަމެއް ވާއޯ ހީވޭ ފަޔާޒަށް ލަންދޫ މީހުން ދެން ބުނާނީ ނޫނެކޭ

wpDiscuz