ލަންދޫޓީމުގެ އުންމީދީ ކުޅުންތެރިން

ނ.އަތޮޅުގައި ބެއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމުގައިވާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ކެނދިކުޅުދޫ ޓީމާއި ދެކޮޅަށް ލަންދޫ ފުޓްބޯޅަ ޓީމު ނިކުންނައިރު މިފަހަރުގެ ލަންދޫޓީމުގައި ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ފުރަތަމަ 11 ގައި ހިމެނޭކަމީ ލަންދޫޓީމަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ.

މުޙައްމަދު ޝާފިޢު (ސާޢްޕެ)

މިފަހަކަށް އައިސް ލަންދޫޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ބަރާބަރަށް ކުޅެމުން އަންނަ އެންމެ އުންމީދީ ކުޅުންތެރިއަކީ މުޙައްމަދު ޝާފިޢު(ސާއްޕެ) އެވެ. ގޯލުކީޕަރގެ މަޤާމު ފިޔަވާ އެއިރަކު ކުޅެން ޖެހުނު ކޮންމެ މަޤާމަކަށްވެސް ފިޓް ސާއްޕެ ފާހަގަކުރެވެނީ މިވަގުތު ލަންދޫޓީމުގައި ހުރި އެންމެ ބާރަށް ބޯޅައިގައި ޖަހާލެވޭ އަދި އެންމެ ސްޕީޑް ހަލުވި ކުޅުންތެރިއާގެ ގޮތުގައެވެ.

މިފަހަރުގެ މުބާރާތުގައި ލަންދޫޓީމުގެ އެއްއަރިމައްޗަށް (ވިންގަށް) ކުޅޭނެކަމަށް ބެލެވޭ ސާއްޕެއަކީ ބޮލުން ކުޅުމުގައިވެސް ފާހަގަކޮށްލެވޭ ، ވަރުބަލިވުމެއްނެތި އެންމެފަހު ވަގުތާއި ހިސާބަށްވެސް މަސައްކަތްކުރާ ކޯޗުންގެ އިތުބާރާއި ޔަޤީންކަށް ހޯދާފައިވާ އެކުޅުންތެރިއަކަށްޓަކައި ލަންދޫގެ ރައްޔިތުން ނުހަނު އުންމީދުތަކެއް ކުރަމުން އަންނަ ޒުވާން ހުނަރުވެރި ކުޅުންތެރިއެކެވެ.

އަޙްމަދު ރިޒުވީން (ރިޒުބޯ)

މިފަހަރުގެ މުބާރާތުގައި ލަންދޫއިން ނުކުންނަ ޓީމުން އެންމެ ބޮޑަށް ވިދާލާނެކަމަށް ގިނަބަޔަކު ފާހަގަކުރަނީ އަޙްމަދު ރިޒުވީން (ރިޒުބޯ) އެވެ. މި ފަހަރުގެ މުބާރާތަށް ލަންދޫޓީމު ތައްޔާރުވުމުގެ ގޮތުން ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތަކުގައި ލަންދޫޓީމާއި ދެކޮޅަށް ކުޅުނު ގިނަޓީމުތަކުގެ ފޯވާޑުން ހިފެހެއްޓުމުގައި ރިޒުބޯވަނީ އޭނާގެ ހުނަރުވެރިކަން ސާބިތު ކޮށްދީ ކާމިޔާބުހޯދާފައެވެ.

ފަހަތަށް ކުޅެމުން ލިބޭ ހަނި ފުރުޞަތުތަކުގައި ކުރިއެރުމަކީ ގިނަމެޗުތަކުގައި ރިޒުބޯގެ ފަރާތުން ފެނިގެންދާ ހުނަރެއްކަމުން މިފަހަރުގެ މުބާރާތުގައިވެސް މީނާގެ ފަރާތުން މިކަން ފެނިގެންދާނެކަމަށް ލަންދޫގެ ގިނަ ރައްޔިތުން އުންމީދުކުރެއެވެ.

ހުސެއިން އަޙްނަފް (އަހޫ)

ލަންދޫގައި ތިބި ގިނަ ފުޓްބޯޅަ ކުޅުންތެރިންނަކީ ހަމަ އެކަނި ކަނާތުފައިން ބޯޅަކުޅެމުންދާ ބައެއްކަމުގައި ވީނަމަވެސް ލަންދޫޓީމުން މިހާރު އަރަމުން އަންނަ އުންމީދީ ވިންގަރ ހުސެއިން އަޙްނަފް (އަހޫ) އަކީ އޭނާގެ ވާތުފައިގެ ބޭނުންކޮށްގެން ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

އަހޫއަކީ މިވަގުތު ލަންދޫގެ ސީނިއަރޓީމުން އެންމެބޮޑަށް އުނިވަމުން އަންނަކަމަށް ގިނަބަޔަކަށް ފާހަގަކުރެވޭ ވާތްފަރާތުގެ އަރިމައްޗަށް ކުޅެން އެންމެ ކަމުދާ އަދި އެމަޤާމަށް އެންމެފިޓް ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ބުނަމުން އަންނަ ކުޅުންތެރިޔާވެސް މެއެވެ. މިފަހަރުގެ ލަންދޫގެ ރައްޔިތުންގެ އުންމީދު ގުޅިފައިވާ އެއްކުޅުންތެރިއަކީވެސް ހަމަ އަހޫއެވެ.

މުޙައްމަދު ނަފްޝާން (ނައްޕެ)

ލަންދޫގެ ފުޓްބޯޅައިގެ ކުރިމަގުގެ ގޮތުގައި ގިނަބަޔަކު އުންމީދުކުރަމުން އައި މުޙައްމަދު ނަފްޝާން (ނައްޕެ) ގެ ފަރާތުން އަދި މިހާތަނަށް ލަންދޫޓީމަށް އޭނާގެ އެންމެ ބެސްޓް ދަށްކައިދެވިފައި ނުވި ނަމަވެސް މިފަހަރުގެ މުބާރާތުގައި ލަންދޫޓީމަށް ނައްޕެގެ ސަތޭކަ ޕަސަންޓް ލިބިގެންދާނެކަމަށް ގިނަބަޔަކު އުންމީދުކުރެއެވެ.

ހުނަރުގެ ގޮތުން ނައްޕެއަކީ ލަންދޫގައި އަރަމުންއަންނަ ކުޅުންތެރިންގެ ތެރެއިން އެންމެފާހަގަކޮށްލެވޭ ކުޅުންތެރިޔާއަށް ވުމުން މިފަހަރު ލަންދޫޓީމުގެ ކޯޗުކަމާއި ހަވާލުވެލައްވައިގެން ހުންނެވި އިރުފާން ވަނީ ނައްޕެއަށް ހާއްޞަ ޓްރެއިނިންތަކެއްދީ ނައްޕެގެ ސަތޭކަ ޕަސެންޓް ނެރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިހެންކަމާއި އެކު ނައްޕެގެ ފަރާތުންވެސް މިފަހަރުގެ މުބާރާތުގައި މޮޅުކުޅުމެއް ފެނިގެންދާނެކަމަށް ލަންދޫގެ ރައްޔިތުން އުންމީދުކުރެއެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޕްރެކްޓިސް ފަހުމެޗުގައި ހޮޅުދޫއިން ލަންދޫ ބަލިކޮށްފި

ނ.އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު އަދި އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޝިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ …

ޚިޔާލެއްދެއްވާ

avatar
wpDiscuz