ލަންދޫޓީމަށް ހަމަ ސާބަސް

ވޭތުވެދިޔަ ދެއަހަރުބޭއްވިގެން ދިޔަ ޝިޔާމް-މަޢުރޫފް  ސޮކަކަޕް ފުޓްބޯޅަމުބާރާތުގައި ލަންދޫއަށް މާއެދެވޭ ރަނގަޅުކާމިޔާބެއް ހޯދިފައި ނެތްނަމަވެސް އަތޮޅުގެ 12 ރަށަކުން ބައިވެރިވި ބޮޑު މުބާރާތެއްގެ 2 ވަނަ މަޤާމް ލިބުމަކީ ކުޑަ ޝަރަފެއް ނޫނެވެ.

ޝިޔާމް- މަޢުރޫފް ސޮކަޕްގެ ފަޙުރުވެރި ރަނަރަޕް ޓީމް ޓީމް ލަންދޫ / ފޮޓޯ: އަޙްމަދު އިލްހާމް (އިރޭ)

ލަންދޫޓީމުން މިފަހަރުގެ މުބާރާތަށް އެންމެ ފުރިހަމައަށް ތައްޔާރު ވެފައި ނެތްނަމަވެސް މިމުބާރާތަށް ދުރާލާ ތައްޔާރުވި ޢާބާދީއާއި މާލީމުންސަދިކަމާއި އަދި ވަސީލަތުގެ ގޮތުން މާކުރީގައި އުޅޭރަށްތަކެއް ފަހަތަށް ޖައްސާލައިފައި މުބާރާތުގެ ފައިނަލާއި ހިސާބަށް ދެވުމަކީ ކުޑަ ކާމިޔާބީއެއްނޫނެވެ. މިކާމިޔާބު އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާކަމަށް ވާނަމަ މިފަހަރުގެ ބާރާތުގައި ހެދިފައިވާ ގޯސްތައް ބަލާ ދިރާސާކޮށް އަންނައަހަރަށް ތައްޔާރު ވާންވީއެވެ.

ޓީމުގައި ހިމެނުމަށް ބޭނުންވާ ކުޅުންތެރިންނަށް މުބާރާތް އޮންނަ ދުވަސްވަރަކީކޮބައިކަން އެނގޭއިރު ރަށަށް ރީތިނަމާއި ޝަރަފް ހޯދައި ދިނުމަށްޓަކައި އެކުޅުންތެރިންވެސް ދުރާލާ އެދުވަހަށް އާދެވޭކަހަލަ ގޮތަކަށް ޗުއްޓީތައް ސެޓްކުރަންވީއެވެ. ކޯޗަކު ހޯދާއިރުވެސް އަތްފޯރާފަށުގައި ކަންތައްތައް ބައްޓަން ކޮށްލެވޭވަރުގެ ކޯޗަކު ދުރާލާ ސެޓްކުރަންވީއެވެ. ޓީމުގެ ކަންތައްތައް ވަގުތުން ވަގުތަށް ނިންމުމުގެ ބަދަލުގައި ކުރިޔާލާ ރޭވިގެން ކަންތައްތައް ކުރެވޭތޯ ބަލަންވީއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ލަންދޫޓީމުގެ ކެޕްޓަން ހުސެއިން ޖަވަދު(ޖަވާ) / ފޮޓޯ: އަޙްމަދު އިލްހާމް (އިރޭ)

މިފަހަރުގެ މުބާރާތާއިއެކު މި މުބާރާތުގައިވެސް ދެ އަހަރަކު ފައިނަލް ކުޅެވުމުން ތިންވަނަ އަހަރު ފައިނަލަށް ޓާރގެޓްނުކޮށް ސީދާ ތައްޓަށް ޓާގެޓްކުރަންވީއެވެ. މިއަހަރަށްވުރެ ބޮޑަށް އަންނަ އަހަރަށް އަތޮޅުގެ ހުރިހާ ރަށަކުންވެސް މި މުބާރާތައް ތައްޔާރުވާނެކަން ދަނެ މިފަހަރު މިލުބުނު ރަނަރަޕްކަން އަންނަ އަހަރު ޗެމްޕިއަންކަމަށް ބަދަލުކުރެވޭތޯ ބަލަންވީއެވެ.

މިފަހަރުގެ މުބާރާތުގައި ލަންދޫޓީމަށް މި ލިބުނީކީ މުޅިއަކުން ގޯސްނަތީޖާއެއް ނޫނެވެ. އަތޮޅުގެ 12 ރަށް ވާދަކުރި ވާދަވެރި ބޮޑުމުބާރާތެއްގެ ފައިނަލަށްގޮސް ފައިލަގައި މޮޅަށް ކުޅެ ބަލިވުމަކީ މާޔޫސްވާންވީ ކަމެއް ނޫނެވެ. ޓީމުގެ ކުޅުންތެރިން ގުޅިގެން ޓީމުގެ އޮފިޝަލުންގެ އިރުޝާދާއި އެއްގޮތަށް ލަންދޫއަށް ރީތި ނަމާއި ޝަރަފް ހޯދައި ދިނުމަށް ތިޔަކުރި ބުރަ މަސައްކަތަށް ހަމަ އައްސަރިބަހާއި ސާބަހެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
Malaaz
Malaaz

Aslu landhoo team thee varugadha team eh. Beynunvanee reyvuntgerikan. Ahmed dhaud menage reyvuntgerikan habeys

wpDiscuz