ލަންދޫސްކޫލްގެ 2015 ވަނައަހަރުގެ އެކްޓިވިޓީބޯޑު އިފްތިތާޙް ކޮށްފި.

އެކްޓިވިޓީ ބޯޑް އިފްތިތާޙް ކުުރުމަށް ރޭ ލަންދޫސްކޫލްގައި ބޭއްވި " ތަޢުލީމީދަތުރު" ގެ ޙަފްލާގެ ތެރެއިން
އެކްޓިވިޓީ ބޯޑް އިފްތިތާޙް ކުުރުމަށް ރޭ ލަންދޫސްކޫލްގައި ބޭއްވި ” ތަޢުލީމީދަތުރު” ގެ ޙަފްލާގެ ތެރެއިން

ނ.ލަންދޫސްކޫލްގެ 2015 ވަނައަހަރުގެ އެކްޓިވިޓީބޯޑު އިފްތިތާޙް ކޮށްފިއެވެ. އެކްޓިވިޓީބޯޑު އިފްތިތާޙް ކުރުންއޮތީ ރޭ އެސްކޫލްގައި އެކަމަށް ޚާއްޞަކޮށްގެން ބޭއްވި ވަރަށް ކުލަގަދަ ޙަފްލާއެއްގައެވެ.
އެކްޓިވިޓީބޯޑު އިފްތިތާޙްކުރުމަށް ލަންދޫސްކޫލްގައި ރޭ ބޭއްވި ޙަފްލާގެ ޝަރަފްވެރިމެހްމާނަކީ ނ.މާޅެންދޫސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އިލްހާމް ޢަލީ އެވެ.
ރޭ ލަންދޫސްކޫލްގައި ބޭއްވި ޙަފްލާގައި އެސްކޫލްގެ 2015 ވަނައަހަރު އަލަށް ހޮވުނު ޕްރިފެކްޓުންނަށާއި، ސްކޫލްގެ އެކިއެކި މަޤާމްތަކަށް ހޮވުނު ދަރިވަރުންނަށް ހުވާލައިދިނުމާއި، ބެޖާއި، ލިޔުން ހަވާލުކުރުން އޮތެވެ. ހުވާލައިދެއްވީ ނ.ލަންދޫ ސްކޫލްގެ އިސްލާމް ޓީޗަރ އަލްފާޟިލް އަޙްމަދު ނަދީމްއެވެ. ބެޖާއި، ލިޔުންތައް ހަވާލުކޮށްދެއްވީ ޙަފްލާއަށް ދައުވަތުދެވިގެން ވަޑައިގެންނެވި އެކިއެކިޝަރަފްވެރިންނެވެ.
ރޭގެ ޖަލްސާގައި ލަންދޫސްކޫލްގެ 2015 ވަނައަހަރުން ފެށިގެން ކުރިއަށް އޮތް 3 އަހަރަށް އެކުލަވާލައިފައިވާ އެކްޝަން ޕްލޭނާއި، ސްޓްރެޓެޖިކް ޕްލޭން ނެރުންވެސް އޮތެވެ. އަދި ބެލެނިވެރިންގެ އަތްމަތީފޮތާއި، ދަރިވަރުންގެ އަތްމަތީފޮތެއްވެސް ރޭގެ ޙަފްލާގައި ނެރުނެވެ.
ރޭގެ ހަފްލާގައި ޕީޓީއޭ އާއި، އަލަށް އެކުލާވާލެވުނު ސްކޫލްބޯޑުގެ މެމްބަރުންނަށްވެސް އެކަމުގެލިޔުން ހަވާލުކުރުން އޮތެވެ. މިއަހަރު ލަންދޫސްލްގެ ޕީޓީއޭގެ ނައިބް ރައީސާއަކީ ނ.ލަންދޫ ދޫރެސް އަލްފާޟިލާ ޙައްވާ ޖަލީލުއެވެ. ސްކޫލް ބޯޑުގެ ޗެއަރ ޕާރސަން އަކީ ނ.ލަންދޫ މުސްތަރީގެ އަލްފާޟިލް އަޙްމަދު މުޙައްމަދު އެވެ.
ރޭގެ ހަފްލާ ނިންމާލީ ޤައުމީސާލުން ނެވެ. ވަޑައިގެންނެވި އިއްޒަތްތެރިންނާއި، ހަފްލާގެ އެންމެހައި ހާޒިރީންގެ ޝަރަފްގައި ބިލެއްމީރު ކޮށްލުމެއްވެސް ރޭގެ ހަފްލާއަށްފަހު ލަންދޫސްލްގެ ޖަލްސާ ކުރާހޯލްގައި އޮތެވެ.
އެހެން އަހަރުތަކާއި، ޚިލާފަށް ވަރަށް ކުލަގަދަގޮތެއްގައި ލަންދޫސްކޫލުން ރޭ ފާހަގަކުރި މި ރަސްމިއްޔާތަށް ބެލެނިވެރިންނާއި، ދަރިވަރުންނާއި، އަދި ރަށުގެ ގިނަ ރައްޔިތުން ވަނީ ހާޒިރު ވެފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz