ލަންދޫސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން އަމިއްލަ ފަރާތަކާ ޙަވާލުކޮށްފި.

ލަންދޫސްކޫލްގެ ދަރިވަރުން ކޮޅެއް އެސްކޫލްގެ އެސެމްބްލީ އޭރިޔާގައި / ފައިލްފޮޓޯ : ލަންދޫއިންފޯ

ސަރުކާރުގެ އޮފީސްތަކާއި، އެހެނިހެން ތަންތަނުގެސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމުގެ ސިޔާސަތުގެ ދަށުން ނ.ލަންދޫސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުންވެސް އަމިއްލަ ފަރާތަކާ މިއަދު ހަވާލުކޮށްފިއެވެ.

ކޮންޓްރެކްޓް އުޞޫލުން މަހަކަށް -/11950ރ. ( އެގާރަހާސް ނުވަސަތޭކަފަންސާސް ) ރުފިޔާގެ މަގުން ލަންދޫސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން މިއަދު ހަވާލުކޮށްފައިވަނީ ނ.ލަންދޫ މިސްރާބު އަލްފާޟިލް އަބޫބަކުރު ޙަސަން އާއިއެވެ.

ލަންދޫއިންފޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބީލަން އަބޫބުކުރު ޙަސަން ކާމިޔާބުކޮށްފައިވަނީ އޭނައާއިއެކު މި ބީލަމަށް ފޯމް ހުށަހެޅި 3 ފަރާތަކާއި ވާދަކޮށްގެންނެވެ. އެންމެ ކުޑައަގެއް ހުށަހެޅި ފަރާތް ކަމުގައި ވެގެންނެވެ.

މި އެއްބަސްވުމުގެ ދަށުން ލަންދޫ ސްކޫލްގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަން ޖެހޭނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަބޫބަކުރު ޙަސަން މިއަދު ބުނީ ރަސްމީގޮތުން އަދި އެގްރީމެންޓްގައި ސޮއިނުކެރުވުނު ނަމަވެސް މިރޭން ފެށިގެން އެފަރާތުން ލަންދޫސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ހަވާލުވެފައިވާ ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު ޝިހާމް ލަންދުއަށް ވަޑައިގެންފި.

ނ.ލަންދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ލަންދޫގައި ބޭއްވި ޚާއްޞަ ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް …

ޚިޔާލެއްދެއްވާ

avatar
wpDiscuz