ލަންދޫސްކޫލްގެ ދަރިވަރުންނާގުޅޭ “އެމްއޯޔޫ” ތަކެއްގައި ސޮއިކުރުމުގެ ޙަފްލާއެއް ބާއްވައިފި.

mou.jpg
ލަންދޫ ހެލްތްސެންޓަރާއި، ލަންދޫސްކޫލާ ދެމެދު އެމްއޯޔޫގައި ސޮއިކުރަނީ

ނ.ލަންދޫސްކޫލްގެ ދަރިވަރުން ނަކީ އެދަރިވަރުން ސްކޫލުން ނިމިގެންދާއިރު މުޖުތަމަޢު ބަލައިގަންނަ ރަގަޅު އުޞޫލެއްގެ މަތީގައި ހަރުދަނާ ކަންތީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޤައުމަށާއި، ރަށަށް ފައިދާ ހުރި ކުއްޖަކަށް ހެދުމުގެ މަޤްޞަދުގައި އެސްކޫލްގެ ފަރާތުން ވަކިޚާއްޞަފަރާތްތަކަކާއެކު، މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ( އެމްއޯޔޫ ) ތަކެއްގައި މިރޭ ސޮއިކުރުމުގެ ހަފްލާއެއް ބާއްވައިފިއެވެ.
ލަންދޫސްކޫލްގެ ޖަލްސާކުރާ ހޯލްގައި މިރޭ ބޭއްވި މިހަފްލާގައި ސޮއިކުރެވިގެންދިޔަ އެމްއޯޔޫ ތަކަކީ އެސްކޫލްގެ ފުޓްބޯޅަ ޓީމް ޓްރެއިން ކުރުމާއި، ވޮލީޓީމާއި، ނެޓްބޯޅަ ޓީމް ޓްރެއިންކުރުމަށް އެޓީމްތަކަށް ކޯޗުން ހަމަޖައްސާ އެކޯޗުންނާއި، ލަންދޫސްކޫލާއި، ދެމެދު ސޮއިކުރި އެމްއޯޔޫ ތަކާއި، ލަންދޫސްކޫލްގެ ދަރިވަރުންނަކީ ކުށަށް ހުށަހޮޅިގެންނުދާ އަދަބާއި، ސްލޫކް ރަގަޅު ކުދިންނަށް ހެދުމަށް އެކުދިންނަށް މައުލޫމާތުދީ ނަސޭހަތްތެރިވެ ބެލެހެއްޓުމަށްޓަކައި ލަންދޫ ޕޮލިސް ސްޓޭޝަނާއި، ލަންދޫސްކޫލާއި، ދެމެދު ސޮއިކުރެވުނު އެމްއޯޔޫ އާއި، އަދި ލަންދޫ ސްކޫލްގެ ދަރިވަރުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވަމުންއަންނަ ކުދިންނަށް ހެދުމަށްޓަކައި ކުދިންނަށާއި، ބެލެނިވެރިންނަށް ދޭންޖެހޭ އެންމެހައި މައުލޫމާތު ތަކާއި، އެހިތެރިކަން ދިނުމަށް ލަންދޫހެލްތް ސެންޓަރާއި، ލަންދޫ ސްކޫލާއި ދެމެދު ވެވުނު އެއްބަސްވުމެވެ.
ލަންދޫސްކޫލުން މަޢުލޫމާތު ދެއްވާގޮތުގައި މިރޭ ސޮއިކުރެވުނު މިއެއްބަސްވުން ތަކުގެ ދަށުން ކޮންމެ އެބަސްވުމެއްގައިވެސް އެއްބަސްވެވިފައިވާނި ދެފަރާތްގުޅިގެން އެއްވެސް އުޖޫރައެއް ނެތި ރަށަށްޓަކައި ޤައުމަށްޓަކައި ހިލޭސާބަހަށް ކޮށްދޭ މަސައްކަތެއްގެ ގޮތުގައި ކޮންމެ ބަޔަކުވެސް އެބަޔަކާ ޙަވާލުވެފައިވާ ކަންކަން މިއަހަރުގެ ތެރޭގައި ކުރުމަށެވެ. އަދި މިއެއްބަސްވުންތަކުގައި ސޮއިކުރާތާ ގިނަވެގެން އެއްހަފްތާ ތެރޭގައި އަމަލީ މަސައްކަތްވެސް ފަށަންޖެހޭނެކަމަށް އެއްބަސްވުން ތަކުގައިވާނެކަމަށް އެސްކޫލުން ބުނެއެވެ.
މިރޭގެ ހަފްލާގައި ސްކޫލްގެ ގްރޭޑް 8 ން މަތީގެ ދަރިވަރުންނާއި، އެކުދިންގެ ބެލެނިވެރިންނާއި، ސްކޫލްގެ ހުރިހާ ސްޓާފުންނާއި، ޕީޓިއޭގެ އެގްޒެކްޓިވް ކޮމިޓީގެ ބޭފުޅުންނާއި، ސްކޫލްގެބޯޑުގެ ބޭފުޅުންނާއި، ރަށުކައުންސިލާއި، ލަންދޫޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާއި، ހެލްތްސެންޓަރުގެ ވެރިންނާއި، ރަށުގެ ކަމުވޮށިވެގެންވާ ބޭފުޅުންގެ އިތުރުން ވިޔަފާރިވެރިންވެސް ބައިވެރިވިއެވެ.
އެމްއޯޔޫ ތަކުގައި ސޮއިކުރި ހުރިހާ ބޭފުޅުންވެސް މިރޭވަނީ އެބޭފޫޅަކާ ހަވާލުވެފައިވާ މަސްޢޫލިއްޔަތު ރަށަށްޓަކައި ޤައުމަށްޓަކައި އަދި ލަންދޫސްކޫލަށްޓަކައި ވަރަށް ފުރިހަމަގޮތުގައި އަދާކުރާނެކަމުގެ ފުރިހަމަ ޔަޤީކަންދެއްވާފައެވެ.
ފުޓްބޯޅަ ކޯޗުންގެ ގޮތުގައި ހަމަޖެހިގެންދިޔައީ ނ.ލަންދޫ ހީނާވިލާ ޙުސެއިންޖަވާދުއާއި، ކައުންސިލްގެ ނައިބްރައީސް ނ.ލަންދޫ ވިނަރެސް އަލްފާޟިލް ނައުޝާދު ޢަބުދުއްރަހީމް އެވެ. ވޮލީކޯޗެއްގެ ގޮތުގައި ހަމަޖެހިގެންދިޔައީ ނ.ލަންދޫ ފެހިވިލް އަޙްމަދު ޝަރީފް އެވެ. އަދި ނެޓްބޯޅް ކޯޗަކަށް ހަމަޖެހިގެންދިޔައީ ނ.ލަންދޫ ކަރަންކާވިލާ އަލްފާޟިލާ ޙައްވާ ސުޖާދާއެވެ.
ލަންދޫސްކޫލްގެ މިއަހަރުގެ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުންވެސް މިހަފްލާއި ބޭއްވިއެވެ. ފުޓްބޯޅަ މުބާރާތް ފެށުމަށް ހަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ކަމަށް އެސްކޫލް ސްޕޯޓްސް ކްލަބުން މައުލޫމާތު ދިނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz