ލަންދޫސްކޫލްގެ މުވައްޒަފުންނަށް މާރޗް މަހުގެ މުސާރަ އަދިވެސް ނުލިބޭ!

ލަންދޫސްކޫލްގެ މުވައްޒަފުން ކޮޅެއް / ފައިލް ފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫސްކޫލް މުވައްޒަފުންގެ މި ހުސްވި މާރޗް މަހުގެ މުސާރަ އަދިވެސް ނުލިބޭކަމަށް އެސްކޫލްގެ މުވައްޒަފުން ބުނެފިއެވެ. ލަންދޫ އިންފޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންދޫސްކޫލްގެ މުވައްޒަފުންގެ މުސާރަ މިމަހު ލަސްވެގެން މިދަނީ އަދިވެސް ސްކޫލްގެ އެކައުންޓަށް އެފައިސާ ފިނޭސް މިނިސްޓީރީންޖަމާ ކޮށް ނުދެއްވާތީއެވެ.

ޕްރޮވިންސް އޮފީސް ތައް އުވާނުލައްވާއިރު މިކަމުގެ ބަލަދު ވެރިފަރާތަކީ އެފަރާތްކަމުގައި ވިޔަސް މިހާރު ސްކޫލުތަކުން މިކަމުގެ ޝަކުވާ ސީދަ އުފުލަންވީ ކޮންފަރާތަކަށް ވަނީ އަދި ނޭންގުމެއްގެ ތެރޭގައި ކަމަށްވެއެވެ. ކޮންމެއަކަސް އެނގޭކަމަކީ އަދިވެސް ލަންދޫ ސްކޫލަށް ނޫނަސް އެހެން ބައެއް ސްކޫލްތަކަށްވެސް މާރޗް މަހުގެ މުސާނުލިބޭކަމެވެ.

މުސާރަ ނުލިބި ފާއިތުވާ ކޮންމެ ދުވަހަކީ މުސާރައިން އެތައް ތަނެއް އުނިކޮށްފައިވާ ސިވިލްސަރވިސްގެ ނިކަމެތި މުވައްޒަފުންނަށް ތަހައްމަލު ކުރަންއުނދަގޫ ދުވަހަކަށް ނޫނީ ނުވާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަގުމަތީގެ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ލަންދޫސްކޫލްގެ ދަރިވަރުންނަށް ދީފި.

ނ.ލަންދޫ ޕޮލިސްޓޭޝަން އާއި، ލަންދޫ ސްކޫލް ގުޅިގެން ލަންދޫސްކޫލްގެ ކީސްޓޭޖް 1 ގެ ދަރިވަރުންނަށް މަގުމަތީގެ ރައްކާތެރިކަމާއި ބެހޭ މައުލޫމާތު …