ލަންދޫސްކޫލްގެ މިއަހަރު ފުޓްބޯޅަމުބާރާތް ފަށައިފި.

ދޮށިމެނާ ހައުސްއާއި، ރެހެންދި ހައުސްގެ ދަރިވަރުން މެޗުފެށުގެ ކުރިން / ފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫ ސްކޫލްގެ 2012 ވަނައަހަރުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތުގެ ފުރަތަމަ މެޗްގައި ދޮށިމޭނާ ހައުސް އާއި، ރެހެންދި ހައުސް ބައްދަލުކުރި މެޗްކުޅެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިމެޗް 6 – 1 ން ކާމިޔާބުކުރީ ރެހެންދި ހައުސްއެވެ. މޭންއޮފްދަ މެޗަކަށް ހޮވުނީ ރެހެންދި ހައުސްގެ ނިހާން އެވެ.

ލަންދޫ ސްކޫލުން މައުލޫމާތު ދެއްވާ ގޮތުގައި މި މުބާރާތުގެ ދެވަނަ މެޗް މިއަދު އޮންނާނެއެވެ. ބައްދަލުކުރާނީ ދޮށިމޭނާ ހައުސްއާއި، ސިއްތިމާވާ ހައުސްއެވެ.  މެޗް ފެށޭ ގަޑިއަކީ މިއަދު ހަވީރު 4:15 އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗްގެ ރެފްރީއަކީ ލަންދޫގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗް ޙަސަން މާހިރު ( މާއްޓޭ ) އެވެ. ލައިންސް މަނުންނަކީ ލައިބް އާއި، ޝިންނޭ އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު ޝިހާމް ލަންދުއަށް ވަޑައިގެންފި.

ނ.ލަންދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ލަންދޫގައި ބޭއްވި ޚާއްޞަ ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް …

ޚިޔާލެއްދެއްވާ

avatar
wpDiscuz