ލަންދޫސްކޫލްގެ މިއަހަރުގެ ގްރޭޑް 10 ގެ ކުދިންގެ ފެއަރވެލް ޕާޓީ މިރޭބާއްވައިފި.

ނ.ލަންދޫ ސްކޫލްގެ 2012 ވަނައަހަރު (މިއަހަރު)ގެ ގްރޭޑް 10 ގެ ކުދިން އެކުދިންގެ ގްރޭޑް 10 ނިންމުމަށްފަހު ސްކޫލާއި، އަލްވަދާއު ކިއުމުގެ ގޮތުން ޓީޗަރުންނަށާއި، ސްކޫލްގެ މުވައްޒަފުންނަށް ދޭ ޕާޓީ މިރޭ އެސްކޫލްގައި ބާއްވައިފިއެވެ.

ރަމަޟާން މަހަށްފަހު އެކުދިންގެ އޯލެވެލް އެގްޒާމް ފެށޭތީ ވަދާއީ ޕާޓީ މިރޭ ރޯދަމަހާ ދިމާކޮށް ބޭއްވީ ކަމުގައި ލަންދޫ ސްކޫލުން މައުލޫމާތު ދެއްވައެވެ.

މިރޭގެ ޕާޓީގައި ސްކޫލްގެ ގިނަޢަދަދެއްގެ މުވައްޒަފުންނާއި، ގްރޭޑް 10 ގެ ހުރިހާދަރިވަރުންނާއި ، އެކުދިންގެ ޓީޗަރުން ބައިވެރިވިކަމުގައި ލަންދޫސްކޫލުން މަޢުލޫމާތު ދެއްވިއެވެ. އަދި ލަންދޫ ކައުންސިލްގެ ބައެއް މެމްބަރުންނާއި ، ކައުންސިލްގެ ރައީސާއި، ނައިބްރައީސް އަދި ކައުންސިލް އިދާރާގެ ބައެއްމުވައްޒަފުންނާއި، އެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ ވެސް މިރޭގެ ޕާޓީގައި ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިރޭ 8:30 ގައި ފެށިގެން ކުރިއަށް ދިޔަ ޕާޓީގައި ކޭކެއް ފެޅުންވެސް އޮތެވެ. ކޭކް ފަޅައިދެއްވި ގްރޭޑް 10 ގެ މެތްސް ޓީޗަރ އަލްފާޟިލާ ފާތުމަތު ޢަޒުނީ އެވެ. އޭގެ އިތުރުން ބިލެއް މީރު ކޮށްލުމަކާއެކު މުނިފޫހި ފިލުވުމުގެ ގޮތުން ބައެއް ޓީޗަރުން ކުއްލި މައުޟޫއަށް ވާހަކަ ދެއްކުންވެސް އޮތެވެ.

ޕާޓީ ނިންމާލައިފައިވަނީ މިރޭ 9:15 ގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަގުމަތީގެ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ލަންދޫސްކޫލްގެ ދަރިވަރުންނަށް ދީފި.

ނ.ލަންދޫ ޕޮލިސްޓޭޝަން އާއި، ލަންދޫ ސްކޫލް ގުޅިގެން ލަންދޫސްކޫލްގެ ކީސްޓޭޖް 1 ގެ ދަރިވަރުންނަށް މަގުމަތީގެ ރައްކާތެރިކަމާއި ބެހޭ މައުލޫމާތު …

ޚިޔާލެއްދެއްވާ

avatar
ޕާޕަލް
ޕާޕަލް

ވަރަށް ސަޅި އިނގޭ!!!! އެކަމް ވަރަށް ވެފަދޯ!!!!

ޕަކާސް
ޕަކާސް

ދެން ވަރަށް ވެފަ….

ބުންވަރު
ބުންވަރު

ސަޅި އިނގޭ