މޭން އޮފްދަ މެޗަށް ހަނދާނީލިޔުން ދެއްވަނީ / ފޮޓޯ:ލަންދޫއިންފޯ

ލަންދޫސްކޫލްގެ މިއަހަރުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅޭނެ ޓީމްތައް ކަނޑައެޅިއްޖެ.

ނ.ލަންދޫ ސްކޫލްގެ މިއަހަރުގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތުގެ ( ސީނިއަރބައިގެ )  ފައިނަލްގައި ކުޅޭނެ ދެ ޓީމް ކަޑައެޅިއްޖެއެވެ.

މި މުބާރާތުގެ ފައިނަލް މެޗް މާދަމާ ކުޅެން ހަމަޖެހިފައިވާއިރު ފައިނަލްގައި ބައްދަލުކުރާނީ ސިއްތިމާވާ ހައުސް އާއި ދޮށިމޭނާ ހައުސްއެވެ.

ސިއްތިމާވާ ހައުސް ފައިނަލަށް ގޮސްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 6 ޕޮއިންޓާއެކުއެވެ. ދޮށިމޭނާ ހައުސް ފައިނަލަށް ދިޔައީ 1 މެޗުން މޮޅުވެ 1 މެޗުން ބަލިވެ 3 ޕޮއިންޓު ހޯދައިގެންނެވެ. ރެހެންދި ހައުސްވަނީ ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗް އިއްޔެ ކުޅެފައިވާއިރު އެމެޗްގައި ބައްދަލުކުރީ ސިއްތިމާވާއާއި، ރެހެންދި ހައުސްއެވެ. އެމެޗް 6-3 ން ކާމިޔާބުކުރީ ސިއްތިމާވާހައުސްއެވެ.

އިއްޔެގެ މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ސިއްތިމާވާ ހައުސްގެ މުޙައްމަދު ވިޝާމް އެވެ. މޮޅު ކުޅުންތެރިޔާއަށް ހަނދާނީ ލިޔުންދެއްވީ އިއްޔެގެ މެޗްގެ ޝަރަފްވެރިމެހްމާން ޓީކިއު އައި ގެ މަސްޢޫލްވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދުއެވެ.

މެޗް ބެލުމަށް ގިނަޢަދަދެއްގެ ބެލެނިވެރިންނާއި، ސްޓާފުންނާއި އަދި ދަރިވަރުން އިއްޔެވެސް ވަނީ ދަނޑަށް ހާޒިރުވެފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފުނަދޫ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުން ލަންދޫސްކޫލަށް ޒިޔާރަތެއް ކޮށްފި.

ށ.ފުނަދޫ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުންނާއި އެސްކޫލްގެ ބައެއް ޓީޗަރުން މިއަދު ނ.ލަންދޫ ސްކޫލަށް މަޢުލޫމާތު ހޯދުމުގެ ދަތުރެއް …

ޚިޔާލެއްދެއްވާ

avatar