ލަންދޫސްކޫލްގެ މިއަހަރުގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރެހެންދިހައުސް ހޯދައިފި.

ލަންދޫސްކޫލްގެ 2015 ވަނައަހަރުގެ ނެޓްބޯޅަ ޗެމްޕިއަންޓީމް - ރެހެންދިހައުސް
ލަންދޫސްކޫލްގެ 2015 ވަނައަހަރުގެ ނެޓްބޯޅަ ޗެމްޕިއަންޓީމް – ރެހެންދިހައުސް

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ފުރަތަމަ ކުޅިވަރު މުބާރާތްކަމުގައި ނެޓްބޯޅަ މުބާރާތް 2015 ގެ ޗެމްޕިއަންކަން ރެހެންދި ހައުސް ހޯދައިފިއެވެ.
ރެހެންދި ޗެމްޕިއަންކަން ހޯދާފައިވަނީ މިއަދު ހަވީރު ކުޅުނު އެ މުބާރާތުގެ ފައިނަލްގައި ދޮށިމޭނާ ހައުސްއާއި، ބައްދަލުކޮށް 22 ޕޮޓް 12 ޕޮޓްގެ ބޮޑު ތަފާތުންނެވެ.
މިއަދު ހަވީރު ލަންދޫސްކޫލްގެ ނެޓްބޯޅަ ކޯޓްގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗްގެ ޝަރަފްވެރި މެހްމާނާއަކީ ނ.ލަންދޫ މަތިވަރު ލީލާ ސައީދު އެވެ. މުބާރާތުގެ ޗެމްޕިއަންޓީމަށާއި، ރަނައަޕް ޓީމަށް ތައްޓާއި، މެޑްލް ހަވާލުކޮށްދެއްވީ ޝަރަފްވެރިމެހްމާނާއެވެ.
މިއަދު ނިމިގެންދިޔަ މި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިއަކަށް ހޮވުނީ ހައްވާ ރިޔާޝާ ގްރޭޑް 10 ރެހެންދި ހައުސްއެވެ. އެންމެ މޮޅު ގޯލް އެޓޭކަރަކަށް ވެސް ހޮވުނީ ރިޔާޝާ އެވެ. ގޯލް ޝޫޓަރގެ މަޤާމް ލިބުނީ ދޮށިމޭނާހައުސްގެ ޚަތުމާ އަށެވެ. އެންމެ މޮޅު ގޯލްޑިފެންޑަރ ގެ މަޤާމް ރެހެންދި ހައުސްގެ އައިޝަތް ޒުހުދާއަށް ލިބުނުއިރު އެންމެ މޮޅު ވިންގ ޑިފެންޑަރގެ މަޤާމް ލިބުނީ ރެހެންދި ހައުސްގެ އިފާޝާ އަށެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ރެހެންދި ހައުސްގެ ނިހާމާއެވެ. އަދި އެންމެ މޮޅު ސެންޓަރ ގެ މަޤާމް ލިބުނީ ރެހެންދި ހައުސްގެ މިރުޝާ އަށެވެ.
މިއަދުގެ މެޗް ނިމުމުން މި މުބާރާތުގައި އެއެކި ގޮތްގޮތުން އެހީތެރިކަން ވެދިން ފަރާތްތަކަށާއި، ޖަޖުން ނަށާއި، އަމްޕަޔަރުންނަށް އަދި އެނައުންސަރަށްވެސް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުންދިނުން އޮތެވެ.
ލަންދޫސްކޫލުން ހާމަކުރައްވާ ގޮތުގައި ނިމިގެންދިޔަނެޓްބޯޅަ މުބާރާތަކީ އަދި މިހާތަނަށް ލަންދޫސްކޫލްގައި ބޭއްވުނު އެންމެ ފޯރިގަދަ އަދި އިންތިޒާމްތައްވެސް އެންމެ ބަރާބަރު މުބާރާތެވެ.
ލަންދޫސްކޫލްގެ ސްޕޯޓްސް އެސޯސިއޭޝަނުން އިންތިޒާމްކުރި މިމުބާރާތް ކާމިޔާބުކުރި ރެހެންދި ހައުސްގެ ކުދިންވަނީ މެޗްނިންމާލުމަށްފަހު އެކަން ސެލެބްރޭޓް ކުރުމުގެ ގޮތުން ޕިކަޕްބުރެއް ޖަހާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު ޝިހާމް ލަންދުއަށް ވަޑައިގެންފި.

ނ.ލަންދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ލަންދޫގައި ބޭއްވި ޚާއްޞަ ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް …

ޚިޔާލެއްދެއްވާ

avatar
wpDiscuz