ލަންދޫސްކޫލްގެ އިންޓަރ ހައުސް ފެތުމުގެ މުބާރާތް ބާއްވައިފި.

ޗެމްޕިއަންކަން ހޯދި ދެ ހައުސްގެ ކެޕްޓަނުންނާއި، ތަށިހަވާލުކޮށްދެއްވަނި
ޗެމްޕިއަންކަން ހޯދި ދެ ހައުސްގެ ކެޕްޓަނުންނާއި، ތަށިހަވާލުކޮށްދެއްވަނި

ނ.ލަންދޫސްކޫލްގެ މިއަހަރުގެ އިންޓަރ ހައުސް ފެތުމުގެ މުބާރާތް މިއަދު ބާއްވައިފިއެވެ. ލަންދޫ ޖެޓީސަރަޙައްދުގައި މިއަދު ކުރިއަށް ދިޔަ މި މުބާރާތް ފެށިގެން ދިޔައީ ބެލެނިވެރިންގެ އައިޓަމަކުންނެވެ. ތިން ހައުސްއިން ތިން ބެލެނިވެރިން މި މުބާރާތް ފެށުމުގެ ގޮތުން ވާދައަށް ފަތާފާވެއެވެ.
މިއަދު ހެނދުނު 8:30 ގައި ފެށުނު މި މުބާރާތުގެ ޝަރަފްވެރި މެހްމާނަކީ ނ.ލަންދޫސްކޫލްގެ ސްކޫލްބޯޑުގެ ޗެއަރޕާރސަން އަލްފާޟިލް އަޙްމަދު މުހައްމަދު މުސްތަރީގެ އެވެ.
ފެތުމުގެ މުބާރާތް މިއަދު ކާމިޔާބުކުރި ހައުސްތަކަށް ތައްޓާއި، ހަނަދާނީ ލިޔުންދެއްވީ ޝަރަފްވެރިމެހްމާނުގެ އަތްޕުޅުންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރެހެންދި ހައުސްއާއި، ދޮށިމޭނާ ހައުސްއެވެ. މިދެހައުސް ޕޮއިންޓްގެ ގޮތުން އެއްވަރުވުމުން ޖޮއިން ޗެމްޕިއަނުންގެ ގޮތުގައި ހޮވުނީއެވެ. ދެވަނައަށް ދިޔައީ ސިއްތިމާވާ ހައުސްއެވެ.
ކޮންމެ ގްރޭޑަކުންވެސް އަންހެން ތިން ދަވަރިވަރުންނާއި، ފިރިހެން ތިންދަރިވަރުން ކޮންމެ ހައުސްއަކުންވެސް މި މުބާރާތުގައި ވާދަކޮށްފައިވެއެވެ. ގްރޭޑް 1 ން ފެށިގެން ގްރޭޑް 10 އާއި ހަމައަށް ހުރިހާ ގްރޭޑަކުންވެސް ދެގޮފިންވެސް ކުދިންވަނީ ބައިވެރިވެފައެވެ.
ލަންދޫސްކޫލުން ހާމަކުރައްވާގޮތުގައި މިއީ މިހާތަނަށް ލަންދޫސްކޫލްގައި ބޭއްވި ފެތުމުގެ މުބާރާތްތަކުގެ ތެރެއިން އެންމެ ފޯރިގަދަ އެއް މުބާރާތަށް ވެގެން ގޮސްފައިވެއެވެ. އެގޮތުން ގިނަ ޢަދަދެއްގެ ބެލެނިވެރިންނާއި، ޢާއްމުންވަނީ ކުދިންނަށް ސަޕޯޓްކުރުމަށްޓަކައި ޖެޓީ ސަރަޙައްދަށް ހާޒިރުވެފައެވެ.
ލަންދޫސްކޫލުން ބުނީ މިއަދުގެ މި މުބާރާތަށްވެސް ލަންދޫ ޕޮލިސް ސްޓޭޝަންނާއި، ލަންދޫ ހެލްތްސެންޓަރާއި، އަދި ލަންދޫ އިންޖީނުގެއިން ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އަދި ބެލެނިވެރިންނާއި، ޢާއްމުންގެ ފަރާތުންވެސް މި މުބާރާތަށް ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށެވެ. އެގޮތުން އެސްކޫލުން ބުނީ ފުލުހުން ތައްޔާރީ ހާލަތުގައި ކުދިންނަށް އެހީތެރިކަން ދިނުމަށް ތިއްބެވިކަމަށާއި، ހެލްތް ސެންޓަރުގެ ބައެއް މުވައްޒަފުންނާއި، އެމްބިއުލާންސް ތައްޔާރީ ހާލަތުގައި އޮތް ކަމަށާއި، އަދި އިންޖީނުގެއިން ކަރަންޓް ފޯރުކޮށްދީފައިވާކަމަށެވެ.
މި މުބާރާތް ހިނގަމުން ދިޔަ ވަގުތު ލަންދޫސްކޫލްގެ ބެލެނިވެރިންގެ ޖަމިއްޔާ ( ޕީޓިއޭ ) ފަރާތުން ވަނީ ޖޫސްޕެޓީ ލިބޭނޭ އިންތިޒާމް ހަމަޖައްސައި ދީފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz