ލަންދޫސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް މެދުކަނޑާލައިފި.

މިއަދު ނުކުޅެ ހުއްޓާލި މެޗްގެ މައްސަލަ ޖެހުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިން / ފޮޓޯ: ލަންދޫއިންފޯ

މިދިޔަ ހުކުރު ދުވަހު ފެށުނު ނ.ލަންދޫސްކޫލްގެ މިއަހަރު އިންޓަރހައުސް ފުޓްބޯޅަ މުބާރާތް މިއަދު މެދުކަނޑާލައިފިކަމުގައި އެސްކޫލުން ހާމަކުރައްވައިފިއެވެ.

ފުޓްބޯޅަމުބާރާތް މިއަދު މެދުކަނޑާލަންޖެހުނީ މުބާރާތުގެ ދެވަނަ މެޗް މިއަދު ކުޅެން ހަމަޖެހިފައި ވަނިކޮށް ދޮށިމޭނާ ހައުސްގެ ދަރިވަރަކު ސަސްޕެންޑް ކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން ދޮށިމޭނާ ހައުސްގެ ޓީމް ގެ ހުރިހާ ކުޅުންތެރިން މިއަދުގެ މެޗް ކުޅުމަށް ދަނޑަށް ނޭރުމުގެ ސަބަބުންނެވެ.

ދޮށިމޭނާ ހައުސްގެ ހައުސްމިސްޓްރެސް އާއި، ސްކޫލްގެ ސީނިއަރ މެނޭޖްމެންްޓްގެ ބައެއްބޭފުޅުން ނަސޭހަތް ދިނުމުންވެސް އެކުދިން ބަސް ޤަބޫލުނުކޮށް ސަސްޕެންޝަނަށް ފޮނުވާލި ދަރިވަރު މެޗަށް އެރުވުމަށް ޑިމާންޑް ކުރަން ފެށުމުން އެންމެ ފަހުން ރެފްރީ އަށް މަޖުބޫރުވީ މިއަދުގެ މެޗް ނުކުޅެ ނިންމާލާށެވެ.

ލަންދޫ ސްކޫލުން ބުނީ ދެން މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދާނެކަމެއް ނުވަތަ ނޫންކަމެއް ނިންމާނީ ސްކޫލްގެ ސިނިއަރ ލެވަލްގައި މިކަމާ މަޝްވަރާ ކުރުމަށްފަހު ގައި ކަމުގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ މަދަހަ މުބާރާތް ފަށައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ މަދަހަމުބާރާތް މިއަދު އެ ސްކޫލްގައި ފަށައިފިއެވެ. މި މުބާރާތް ފެށުމަށް މިއަދު ލަންދޫސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz