ލަންދޫސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދޮށިމޭނާހައުސް ދަތުރުކޮށްފި.

މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހަނދާނީ ލިޔުން ހަވާލުކުރަނީ
މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހަނދާނީ ލިޔުން ހަވާލުކުރަނީ

ނ.ލަންދޫސްކޫލްގައި މިހާރު ކުރިއަށްދާ އެސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް 2015 ގެ އެއްކޮޅުން ފައިނަލްގައި ވާދަކުރާނެ ޓީމެއްގެ ގޮތުގައި ދޮށިމޭނާހައުސް ކަނޑައެޅިއްޖެއެވެ. ދޮށިމޭނަ ހައުސް މުބާރާތުގެ ފައިނަލް ގެ އެއްޖާގަ ކަށަވަރުކޮށްފައި މިވަނީ މުބާރާތުގައި ކުޅުނު ދެމެޗްވެސް ބޮޑުތަފާތަކުން ކާމިޔާބުކޮށްގެންނެވެ.
އިއްޔެ ކުޅުނީ މި މުބާރާތުގެ ދެވަނަމެޗެވެ. މިމެޗްގައި ބައްދަލުކުރީ ދޮށިމޭނާ ހައުސްއާއި، ރެހެންދި ހައުސްއެވެ. މި މިޗެއް 4-1 ން ކާމިޔާބުކުރީ ދޮށިމޭނާ ހައުސްއެވެ.
އިއްޔެގެ މެޗްގައި ދޮށިމޭނާއަށް ގޯލްތައް ކާމިޔާބުކޮށްދިނީ ނަފްސާން އާއި، ޝާނިފް އާއި، އަދި މިސްބާހް އެވެ. ސާނިފް 2 ގޯލް ޖަހާފައިވާއިރު މިސްބާހްއާއި، ނަފްސާން ކޮންމެ ކުޅުންތެރިއަކު އެއްގޯލް ޖަހައިދީފައި ވެއެވެ.
ރެހެންދި ހައުސްގެ ހަމައެކަނި ގޯލް ޖަހައިދީފައިވަނީ އެޓީމުގެ ޖ.ނަމްބަރ 9 އަޙްމަދު މުއުމިން އެވެ.
އިއްޔެގެ މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ ކުރީ މެޗްގައިވެސް މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދި ދޮށިމޭނާހައުސްގެ ޖ.ނަމްބަރ 10 މުޙައްމަދު ނަފްސާން އެވެ.
އިއްޔެގެ މެޗްގެ ޝަރަފްވެރި މެހްމާނަކީ ލަންދޫޒުވާނުންގެ ފުޓްބޯޅަ ޓީމްގައި އެންމެގިނަގޯލް ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިޔާ ނ.ލަންދޫ ހުޝިޔާރު މުޙައްމަދު ސަމާޙް އެވެ. ރެފްރީކަން ކޮށްދެއްވީ ލަންދޫގެ މަޝްހޫރުރެފްރީ އިބްރާހީމް މުހައްމަދު ( ފިއްޓޭ ) އެވެ. ލައިން ބެލެހެއްޓެނީ އަޙްނަފް އާއި، ފިރުޝާންއެވެ.
މިމުބާރާތުގެ 3 ވަނަމެޗް އޮންނާނީ މިއަދު ހަވީރުއެވެ. އެ މެޗްގައި ބައްދަލުކުރާނީ ރެހެންދި ހައުސްއާއި، ސިއްތިމާވާ ހައުސްއެވެ. މުބާރާތުގެ ފައިނަލްގައި ދޮށިމޭނާ އާއި، އެކު އަނެއްކޮޅުން ފައިނަލްގައި ކުޅޭނީ ކޮންޓީމެއްކަން އެނގިގެންދާނީ މިއަދު މެޗް ނިމުމުންނެވެ. މިއަދު ގެ މެޗުކާމިޔާބުކުރާ ބަޔަކު ދޮށިމޭނާ ހައުސްއާއި،އެކު ފައިންލްގައި ކުޅޭނެއެވެ.
އިއްޔެގެ މެޗް ބެލުމަށްވެސް ބެލެނިވެރިންނާއި، ރަށުގެ ޢާއްމުންގެ ގިނަބަޔަކުވަނީ ދަނޑުދޮށަށް ހާޒިރުވެފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz