ލަންދޫސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް 2015 މިއަދު ފަށައިފި.

މިއަދުގެ މޭންއޮފްދަމެޗަށް ހޮވުނު ކުޅުންތެރިޔާއަށް ޝަރަފްވެރި މެހްމާން ހަނދާނީ ލިޔުންދެއްވަނީ
މިއަދުގެ މޭންއޮފްދަމެޗަށް ހޮވުނު ކުޅުންތެރިޔާއަށް ޝަރަފްވެރި މެހްމާން ހަނދާނީ ލިޔުންދެއްވަނީ
[pullquote]މިއަދުގެ މެޗްގައި ސިއްތިމާވާ ހައުސްއާއި، ދޮށިމޭނާ ހައުސް ބައްދަލުކޮށް 5-0 ން މެޗްކާމިޔާބުކުރީ ދޮށިމޭނާ ހައުސް[/pullquote] ނ.ލަންދޫ ސްކޫލްގެ މިއަހަރުގެ އިންޓަރ ހައުސްފުޓްބޯޅަ މުބާރާތް މިއަދު އެސްކޫލުން ފަށައިފިއެވެ.
މިއަދު ހަވީރު 4:30 ގައި އެ ސްކޫލްގެ ފުޓްބޯޅަ ދަނޑުގައި ފެށި މުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ބައްދަލުކުރީ ދޮށިމޭނާ ހައުސްއާއި، ސިއްތިމާވާ ހައުސްއެވެ. މިމެޗް 5-0 ގެ ބޮޑުތަފާތުން ކާމިޔާބު ކުރީ ދޮށިމޭނާ ހައުސްއެވެ.
މިމެޗްގައި ގޯލްތައް ޖަހައިދީފައިވަނީ ދޮށިމޭނާ ހައުސްގެ ޝާނިފް ޖ.ނަމްބަރ 11 އާއި، ދޮށިމޭނާ ހައުސްގެ ޖ.ނަމްބަރ 9 މިސްބާޙް އާއި، އަދި ހަމަ އެ ހައުސްގެ ޖ.ނަމްބަރ 11 ފިރުސާނު އެވެ.
މިއަދުގެ މެޗްގެ ޝަރަފްވެރި މެހްމާނަކީ ނ.ލަންދޫސްކޫލްގެ މިއަހަރުގެ ސްކޫލްބޯޑުގެ ވައިސް ޗެއަރ ޕާރސަން އަލްފާޟިލް ޒަހީނު ޙަސަން އެވެ. ރެފްރީއަކީ ނ.ލަންދޫސްކޫލްގެ އެޑްމިން އޮފިސަރ އަލްފާޟިލް އަހްމަދު ރަޝީދު ( ލައިބް ) އެވެ. ލައިންސް މަނުންނަކީ ނ.ލަންދޫ ހިޔާވަރި ޙުސެއިން އަޙްނަފް އާއި، ދަނބު މުޙައްމަދު އާޤިލް އެވެ.
މިއަދުގެ މެޗްގައި ދެޓީމުންވެސް ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ. މި މެޗްގައި ބަލިވި ސިއްތިމާވާ ހައުސް އަށްވެސް ގޯލް ޖަހާނެ ރަގަޅު ފުރުޞަތު ތައް ލިބިގެން ގޮސްފައިވެއެވެ. އެހެނަމަވެސް އެއިސް އެއްވެސް ފުރުޞަތެއް ކާމިޔާބު ނުކުރެވުނީއެވެ.
ބެލެނިވެރިންގެ ތެރެއިންވެސް ވަރަށް ގިނަމީހުން މެޗްބަލާލަން ދިޔަ މިއަދުގެ މެޗްގެ މޭންއޮފްދަ މެޗަކަށް ހޮވުނީ ދޮށިމޭނާ ހައުސްގެ މުޙައްމަދު ނަފްސާން އެވެ.
މި މުބާރާތުގެ ދެވަނަމެޗް އޮންނާނީ މާދަމާއެވެ. މާދަމާ ބައްދަލުކުރާނީ މިއަދުގެ މެޗުން މޮޅުވީ ދޮށިމޭނާ ހައުސްއާއި، ރެހެންދި ހައުސްއެވެ.
މާދަމާގެ މެޗުން ދޮށިމޭނާ ހައުސް މޮޅުވެއްޖެނަމަ ފައިނަލްގެ އެއްޖާގަ ދޮށިމޭނާހައުސް އަށް ކަށަވަރުވާނެއެވެ. އެހެންކަމުން މާދަމާގެ މެޗްވެސް ވެގެންދާނީ ފޯރިގަދަ މެޗަކަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz