ލަންދޫސްކޫލްގެ ނެޓްބޯޅަމުބާރާތް މިއަދު ފަށަނީ.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ނެޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށާގޮތަށް ހަމަޖެހިފައިވާކަމަށް އެސްކޫލުން މައުލޫމާތު ދީފިއެވެ.

ލަންދޫސްކޫލުން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ އިންޓަރހައުސް ނެޓްބޯޅަމުބާރާތް މިއަދު ހަވީރު ފަށާއިރު މިމުބާރާތުގައި އެސްކޫލްގެ 3 ހައުސްއިން ބައިވެރިވެފާވެއެވެ.

މިއީ ލަންދޫސްކޫލުގަައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަރހައުސް ނެޓްބޯޅަ މުބާރާތެއް ކަމުގައި ވީނަމަވެސް 2011 ވަނައަހަރު (މިދިޔައަހަރު) ވަނީ މިމުބާރާތް ކެންސަލް ކޮށްލައިފައެވެ. އެސްކޫލުން ބުނީ މިދިޔައަހަރު އެމުބާރާތް ފަށާފަ މުބާރާތުގެ ފުރަތަމަ މެޗްގެ ގާތް ގަޑަކަށް 15 ވަރަކަށް މިނިޓް ކުޅެވިފައިވަނިކޮށް ކުޅުންތެރިއަކު ވެއްޓި ފައިގެ ފަލަމަސްގަނޑާ ހިސާބުން ބިންދައިގެން ގޮސް ބޮޑަތި އަނިޔާތަކެއް ލިބިފައިވުމުގެ ސަބަބުން އެމުބާރާތް ކެންސަލްކޮށްލީ ކަމުގައެވެ.

ލަންދޫސްކޫލުން ބުނީ މިފަހަރުގެ މުބާރާތް ކުރިއަށްގެންދިޔުމަށް ނިންމީ ވޭތުވެ ދިޔައަހަރު އެހެން އެގޮތަށް އެކަން ދިމާވިޔަސް މިފަދަ ކުޅިވަރު ތަކަކީ ދަރިވަރުންނަށް މުހިއްމު ފައިދާތަކެއް ކުރާނެކަމަކަށްވާތީ ދަރިވަރުންނާއި، ބެލެނިވެރިންގެވެސް އެދުމުގެ މަތިންކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz