ލަންދޫސްކޫލްގައި ސްމާރޓް ބޯޑު ނެތް ކްލާސްތަކުގައި ޓީވީ ހަރުކުރުމުގެ މަސައްކަތް ފަށައިފި.

ލަންދޫސްކޫލްގެ ކްލާސްރޫމެއްގައި ކުދިން ކިޔަވަނީ / ފޮޓޯ: ޒިޔާދު
ލަންދޫސްކޫލްގެ ކްލާސްރޫމެއްގައި ކުދިން ކިޔަވަނީ / ފޮޓޯ: ޒިޔާދު

ނ.ލަންދޫ ސްކޫލްގައި މިހާތަނަށް ސްމާޓްބޯޑު ބެހެއްޓިފައި ނެތް ކްލާސްތަކުގައި 50 އިންޗީގެ އެލްސީޑީ ޓީވީ ބެހެއްޓުމުގެ މަސައްކަތް އެސްކޫލުން އިއްޔެ ފަށައިފިއެވެ.
ލަންދޫސްކޫލުން މަޢުލޫމާތު ދެއްވިގޮތުގައި މިއީ ބެލެނިވެރިންގެ ޖަމިއްޔާ ( ޕީޓީއޭ ) އާއި، އެސްކޫލްގެ މުވައްޒަފުންނާއި އަދި ހެޔޮއެދޭ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކުރެވެމުންދާ މަސައްކަތެކެވެ.
މި މަސައްކަތުގެ ދަށުން ހުރިހާކްލާސްތަކެއް ޑިޖިޓަލް ކުރެވިގެންދާނެކަމަށް އެސްކޫލުން މަޢުލޫމާތު ދެއްވައެވެ. ކްލާސްތައް ޑިޖިޓަލް ކުރެވުމުން ކިޔަވައިދިނުމަށް ލިބިގެންދާ ފަސޭހަތަކުގެ ތެރެއިން އެކިއެކި ތަފާތު ޕްރެޒެންޓޭޝަން ތައް ކުދިންނަށް ފަސޭހަކަމާއެކު އޭގެ އެންމެ ފުރިހަމަގޮތުގައި ދެއްކުމާއި، ނެޓުން ވަގުތުން ޑައުންލޯޑް ކޮށްގެން އެކިއެކު ވޯކްޝީޓް ބޭނުންކުރުން ފަދަ ކަންކަން ހިމެނިގެންދާނެއެވެ.
ލަންދޫސްކޫލަކީ މީގެ އަހަރުތަކެއް ކުރިންވެސް ސެކަންޑަރީ ގްރޭޑްތަކުގެ ކްލާސްތަކުގައި ސްމާރޓްބޯޑު ބަހައްޓައިގެން ޒަމާނީ ފެންވަރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދެމުން އައި ސްކޫލެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz