ލަންދޫސްކޫލްގައި ސަބްޖެކްޓް އެގްޒިބިޝަން އެއް ބާއްވައިފި.

ނ.ލަންދޫ ސްކޫލްގައި ސަބްޖެކްޓް އެގްޒިބިޝަން އެއް މިއަދު ބާއްވައިފިއެވެ. ލަންދޫސްކޫލުން ހާމަކުރާ ގޮތުގައި މިއީ އެސްކޫލްގެ ދަރިވަރުންގެ ކިޔެވުމާއި، މަސައްކަތްތެރިކަން ކުރިއަރުވާ އެސްކޫލްގައި ކިޔަވައިދޭ މާއްދާ ތަކުން ކުދިންގެ ހުނަރުވެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި އެސްކޫލުން ބޭއްވި އެގްޒިބިޝަން އެކެވެ.

މިއަދު މެންދުރުފަހު 14:00 ގައި ލަންދޫސްކޫލްގައި ފެށިގެން ދިޔަ އެގްޒިބިޝަން ހުޅުވައިދެއްވީ އެސްކޫލްގެ ހެޑްއޮފް ސްކޫލް އަލްފާޟިލް ޢަބުދުﷲ ޢާމިރު އެވެ.

ބެލެނިވެރިންނާއި، ދަރިވަރުންނާއި، އަދި މުދައްރިސުން ބައިވެރިވެގެން ތަކެތި ތައްޔާރުކުރި މި އެގްޒިބިޝަންގައި ކޮންމެ މާއްދާއަކުންވެސް އެކިވައްތަރުގެ އުފެއްދުންތައް ބައިވެރިކޮށްފައިވެއެވެ.

ލަންދޫސްކޫލުން ބުނީ މި އެގްޒިބިޝަން އަމާޒުކޮށްފައިވަނީ އެސްކޫލްގެ ފައުންޑޭޝަން ސްޓޭޖާއި، ކީސްޓޭޖް 1 އާއި އަދި ކީސްޓޭޖް 2 ގެ ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ޓީޗަރުންނަށެވެ.

ގިނައަދަދެއްގެ ބެލެނިވެރިންނާއި، ދަރިވަރުންނާއި އަދި މުވައްޒަފުން މި އެގްޒިބިޝަން ބަލައިލުމަށްޓަކައި ލަންދޫސްކޫލަށް މިއަދު ހާޒިރުވެފައިވެއެވެ. ކުދިންނަށާއި، ބެލެނިވެރިންނަށް ދެއްކުމުގެ ގޮތުން މިއަދާއި މާދަމާ އަދި އާދިއްތަ ދުވަހުގެ ސްކޫލް ބަންދުވުމާ ހަމައަށް އެގްޒިބިޝަންއަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު އޮންނާނެކަމަށް އެސްކޫލުންބުނެއެވެ.

ކޮންމެ ކެޓަގަރީއަކުންވެސް ވަނަހޮވުމަށް ހަމަޖެހިފައިވާ މި ސަބްޖެކްޓް އެގްޒިބިޝަން ގެ ނަތީޖާ ކަނޑައަޅާނީ އެކަމަށްޓަކައި އެކުލަވާލެވޭ ޚާއްޞަ ކޮމިޓީއަކުންކަމަށާއި ނަތީޖާ އިއްވުން އޮންނާނީ އަންނަ އަންގާރަ ދުވަހު ބާއްވާ ޚާއްޞަ އެސެމްބްލީއެއްގައި ކަމަށް އެސްކޫލުން ބުނެއެވެ.

ލަންދޫސްކޫލަކީ މިފަދަ އިތުރު ޙަރަކާތްތައް ގިނަގިނައިން އެސްކޫލްގައި ބާއްވާ ބެލެނިވެރިންނާއި، ޓީޗަރުންގެ އެއްބައިވަންތަކަން އޮންނަ ދަރިވަރުންނަށް އުފާވެރި މާހައުލެއް ސްކޫލްގެ ތެރެއިން ހޯދައިދޭން އަބަދުވެސް މަސައްކަތްކުރާ ސްކޫލެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފަރުކޮއި ޕްރޮޖެކް ލަންދޫސްކޫލްގައިވެސް ފަށައިފި.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފަރުތަކާއި ފަރުތަކުގެ ވަށައިގެންވާ ދިރުންތަކުގެ ރީތިކަމާއި، އެތަންތަނުގެ މުހިންމުކަށް ދަރިވަރުންނަށް އަންގައިދިނުމަށް މިނިސްޓްރީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz