ލަންދޫގެ ފުޓްބޯޅަ – އައު ލީޑަރޝިޕަކަށް ބޭނުންވެފައި

ލަންދޫގައި ބޭއްވުނު ބަޑިފެމެލީ ލިޔެސް ހޮލިޑޭކަޕް ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ލަންދޫއިންފޯ

ލަންދޫގައި ތިބި ފުޓްބޯޅައަށް ލޯބިކުރާ ، ލަންދޫދެކެ ލޯބިވާ އަދި ލަންދޫއަށް ހެޔޮއެދޭ ކޮންމެވެސް ބައެއްގެ އިސްނެގުމާއި މިންނެތް މަސައްކަތުން ފުޓްބޯޅައިން މުޅިރާއްޖެއަށް ނަންމަޝްޙޫރު ރަށަކަށް ހެދި ނ.ލަންދޫ މިއަދު މިފެންނަނީ ދުވަހެއް ދުވަހަކަށް ދަށަށްދާ މަންޒަރެވެ.

މިކަމުގެ މައިގަނޑު ސަބަބެއް ކަމުގައި އަޅުގަނޑު ދެކެނީ ލަންދޫގެ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ގަދައަޅާ މަސައްކަތް ކުރި ފަރާތްތައް ކޮންމެވެސް ސަބަބުތަކަކާއި ހެދި އެކަމާއި ތަންކޮޅެއް ދުރަށް ޖެހިލުމާއި ކޮންމެވެސް ސިފައެއްގައި ލަންދޫގެ ފުޓްބޯޅައަށް ސިޔާސީކުލަ ޖެހިގެން ދިއުމެވެ. އަދި މީގެ ކުރިން ހުރިހާ ވަގުތުތަކެއް ފުޓްބޯޅައަށް ހުސްކުރި ފަރާތްތައް ތަފާތުކަންތައްތަކުގައި “ބިޒީވެ” ފުޓްބޯޅައަށް އެކަށީގެންވާ ވަގުތު ނުދެވުމެވެ.

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ލަންދޫ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ބަހައްޓާފައިވާ ބޯޑުތަކެއް / ފޮޓޯ: ލަންދޫއިންފޯ

ނ.އަތޮޅުގައި އޮތް އެންމެ މޮޅު އަދި ގިނަ ޓީމުތަކަކުން އެންމެ ޖެހިލުންވާ ޓީމެއްގެ ގޮތުގައި ލަންދޫގެ ފުޓްބޯޅަޓީމު ވުމުގައި ލަންދޫގައި ޤަވާޢިދުން ބާއްވަމުން ދިޔަ “ހޮލިޑޭކަޕް ” އާއި ކޮންމެ އަހަރެއް ފެށުނީންސުރެން ލަންދޫއަށް ތަފާތުރަށްތައް ގެނެސްގެން ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތަކުން ލަންދޫގައި އުފެދިގެން ދިޔަ ހުނަރުވެރި ކުޅުންތެރިންގެ ކުޅުން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ މިހާތަނަށް ލަންދޫގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެވިފައިނުވާ އިރު ލަންދޫގައި ފުޓްބޯޅަ ކުޅުންތެރިން އުފައްދަމުން ގެންދިޔަ “ހޮލިޑޭކަޕް” ފުޓްބޯޅަ މުބާރާތް ބޭއްވުމަށް އެންވެސް ފަރާތަކުން މަސައްކަތް ކުރާތަނެއް ނުފެނެއެވެ. އަދި “ހޮލިޑޭކަޕް” ބޭއްވުމަށް އިސްނެގި ފަރާތްތަކަށްވެސް ވަނީ “ލިޔެސް” ޖަމްޢިއްޔާގެ އެކައުންޓަގައި ހުރި ފައިސާ ނުނެގުމުން ހުއްޓާލަން ޖެހިފައެވެ.

ޝިޔާމް-މަޢުރޫފް ސޮކަކަޕްގައި ލަންދޫއިން ބައިވެރިވި ޓީމެއް / ފޮޓޯ:ލަންދޫއިންފޯ

މިހެންކަމާއި އެކު ލަންދޫގެ ފުޓްބޯޅަ އެދި ގޮވަނީ ލަންދޫގެ ފުޓްބޯޅަ އާއި މެދު ވިސްނާ ލަންދޫގެ ފުޓްބޯޅައަށް ވަގުތު ދެވޭފަދަ ސިޔާސީ ފިކުރުތަކުން އެއްކިބާވެފައިވާ ޒުވާނުންތަކަކަށެވެ. މިއަދު ލަންދޫގައި އާއި ފުޓްބޯޅައިން އެންމެ ވާދަވެރި ރަށްތައް ކުރިއަރާދަނީވެސް އެރަށްތަކުގައި ތިބި ޒުވާންކުދިންގެ އިސްނެގުމަށް އެކުދިން އެރަށްރަށުގެ ފުޓްބޯޅަ ކުރިއަރަވަން ކުރާ މަސައްކަތުންނެވެ.

މިއަދު މިއީ ލަންދޫގެ ފުޓްބޯޅައިގެ ކަންތައްތަކާއި ޒުވާން އައު ލީޑަރުންތަކެއް ހަވާލުވެ، ސިޔާސީ ފިކުރު ފުޓްބޯޅައަށް ނުވައްދާ ވަކި އާއިލާއަކަށް އަދި ވަކިބަޔަކަށް އިސްކަން ދިނުމެއް އަދި ބެލުމެއްނެތި މޮޅަތި ހުނަރުވެރި ކުޅުންތެރިންނަށް އިސްކަންދީގެން ލަންދޫގެ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރަންވީ ވަގުތެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މިހަފްތާގައި ލަންދޫ ފުޓްބޯޅަ ޓީމު ހެނބަދޫ އާއި ދެކޮޅަށް

ލަންދޫ ފުޓްބޯޅަ ޓީމު އެކުވެރި ފުޓްބޯޅަ މެޗްތަކުގެ ތެރެއިން މިހަފްތާގައި ނ.ހެނބަދޫގެ ފުޓްބޯޅަ ޓީމާއި  ބައްދަލު ކުރާގޮތައް ހަމަ ޖެހިއްޖެއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz