ލަންދޫގެ ފުރަތަމަ ބަޓުލަރު

ލަންދޫގެ ގިނަ ޒުވާނުން އާމުދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ރިސޯޓްތަކުގައި ވަޒީފާ އުދާކުރުންކަމަށްވާއިރު ލަންދޫގެ ގިނަ ޒުވާނުން އަންނަނީ ރާއްޖޭގެ ތަފާތު ރިސޯޓްތަކުގައި ތަފާތު ވަޒީފާތައް އަދާކުރަމުންނެވެ.

މިފަހަކާއި ޖެހެންދެން ލަންދޫގެ ގިނަ ޒުވާނުން ރިސޯޓްތަކުގެ ލޯންޗު ސެކްޝަންގައި މަސައްކަތް ކުރިކަމުގައި ވީނަމަވެސް މިއަދު ލަންދޫގެ ޒުވާނުން އަންނަނީ ރިސޯޓްތަކުގެ ތަފާތު ސެކްޝަން ތަކުގައި މަސައްކަތް ކުރަމުންނެވެ.

މިގޮތުން ނ.ލަންދޫ އަޒުމް އަލްފާޟިލް މަންސޫރު މުޙައްމަދު (މަންޓޭ) ވެފައި މިވަނީ ރިސޯޓެއްގައި ބަޓުލަރެއްގެ މަޤާމް އަދާކުރާ ލަންދޫގެ އެންމެ ފުރަތަމަ ޒުވާނާކަމުގައެވެ.

ޙައްމަދު ވަޙީދު ހަސަންމަނިކުގެ ސަރުކާރުން ރާއްޖޭގެ ޒުވާނުންނަށް ހުޅުވާލި ހުނަރު ޕްރޮގްރާމުގައި ބައިވެރިވެ ރޫމް ބޯއީ ކޯސް ފުރިހަމަ ކުރުމަށްފަހު މުޅިން އަލަށް ރިސޯޓް ވަޒީފާއަށް ނިކުތުމުގެ ކުރިން މަންޓޭ ވަނީ ހޮސްޕިޓަލިޓީ ޓުއަރިޒަމް ހައުސްކީޕިންގ ލެވެލް 2 އަދި 3 ފުރިހަމަ ކޮށްފައެވެ.

މަންޓޭ ހުރިހާ ކޯހަކާއި އަމަލީ ތަމްރީނުތައް ފުރިހަމަކޮށްފައިވަނީ ވިލާ ކުންފުނީގެ ރިސޯޓްތަކުގައި ކަމުގައި ވިޔަސް ފުރަތަމަވެސް ވަޒީފާއަށް ނިކުމެފައިވަނީ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް އަށެވެ. މަންޓޭ ބުނިގޮގައި މިގޮތަށް ނިންމީ ރަށާއި ގާތްވެފައި ފަސޭހަކަމާއި އެކު މަންމަ އާއި ބައްޕަ އަދި ޢާއިލާގާތަށް އާދެވޭނެތީއެވެ.

މަންޓޭގެ ޢާއިލާގައި 4 ފިރިހެން ކުދިންނާއި 1 އަންހެން ކުދިން ތިބިއިރު ހުރިހާ ފިރިހެން ކުދިންވެސް ރިސޯޓްތަކުގައި މަސައްކަތް ކުރަމުން ދިއުމީ މަންޓޭ ބުނިގޮތުން ނަމަ އޭނާވެސް ރިސޯޓްވަޒީފާ އަށް ޝައުޤުވެރިވި އެއް ސަބަބެވެ.

މަންޓޭގެ ޢާއިލާގެ އެހެން މެމްބަރުންނާއި ޚިލާފަށް މަންޓޭ ފުރަތަމަވެސް 2013 ވަނަ އަހަރު ރިސޯޓް ވަޒީފާއަށް ދިޔައީ ރޫމްބޯއީ އެއްގެގޮތުގައެވެ. އަދި 2015 ވަނަ އަހަރު ނޮވެމްބަރ މަހު ބެލްބޯއީ އަކަށް ބަދަލުވިއެވެ. އަދި މަންޓޭ އެންމެ ދެކެމުން އައި ބަޓުލަރުގެ ވަޒީފާއަށް ބަދަލުވީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ.

މަންޓޭ ޤަބޫލްކުރާ ގޮތުގައި ބަޓުލަރުގެ ވަޒީފާއަކީ ވަރަށް ޒިންމާދާރުކަން ބޮޑު ވަޒީފާއެވެ. އެހެނީ ބަޓުލަރުންނަކީ ރިސޯރޓަށް އަންނަ ގެސްޓްމީހާ ރިސޯރޓަށް ފޭންބީންސުރެން ފެށިގެން އޭނާ ފުރަންވަންދެން އޭނާގެ ހުރިހާކަމެއް ބަލަހައްޓަން ޖެހޭ އެންމެ އިސްފަރާތެވެ.

މިއަދު އަންބަކާއި ލޯބި، ލޯބި ތުއްތު ދަރިއަކު ލިބިފައިވާ މަންޓޭގެ ހުރިހާވެސް އުންމީދަކީ ރިސޯރޓް ވަޒީފާޢިން ކުރިއަށް ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމެވެ. އަދި މަސައްކަތް ކުރާތަނަށް ތެދުވެރިކަމާއި ވަފާތެރި ކަމާއިއެކު އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދިނުމެވެ. މަންޓޭ މަސައްކަތް ކުރާ ދާޢިރާއިން ލަންދޫ ފަޙްރުވެރިވާފަދަ ދަރިއަކަށް ވުމެވެ.

ރިސޯޓްވަޒީފާއަށް ދިއުމުގެ ކުރިންވެސް މަންޓޭ ފާހަގަ ކުރެވިފައިވަނީ ލީޑަޝިޕްހުރި އެންމެހާ ޒުވާނުންނާއި އަދި ލަންދޫގެ އެންމެހައި ރައްޔިތުންނާއި ގުޅޭ އެންމެންގެ އެކުވެރިއެއްގެ ގޮތުގައެވެ. ލަންދޫގައި މިހާތަނަށް ހިންގުނު ވަރުގަދަ ބޮޑަތި ފުޓްބޯޅަ މުބާރާތައް ކުރިއަށް ގެންދިއުމުގެ އެންމެ އިސްސަފުގައި މަންޓޭ ހަރަކާތްތެރި ވެފައިވާއިރު މަންޓޭގެ އަމިއްލަ އިސްނެގުމަށް ލަންދޫގައިވަނީ ފުރަތަމަ ފަހަރަށް ” ތުރީ އޮން ތުރީ ” ފުޓްބޯޅަ މުބާރާތެއް ލަންދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައެވެ.

މިއަދު ރިސޯޓެއްގައި ޒިންމާދާރު ވަޒީފާއެއް އަދާކުރި ކަމުގައިވިޔަސް ލަންދޫގެ ރައްޔިތުން އަދި ހާއްޞަކޮށް ޒުވާނުން އެދޭގިނަ ކަންތައް ތަކެއްގައި މަންޓޭ އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މަންޓޭ ބުނިގޮތުގައި އޭނާ އަބަދުވެސް ވާނީ ލަންދޫ ރައްޔިތުނާއި އެކުގައެވެ. އަދި އޭނާގެ ފަރާތުން ލަންދޫ ޒުވާނުން ބޭނުންވާ ހުރިހާކަމެއް ކުރިއެކޭ އެއްގޮތަށް ނުވަތަ އެއަށްވުރެވެސް ފުރިހަމައަށް މިއަދުވެސް ލިބިގެންދާނެއެވެ.

މިއަދު މަންޓޭ މި ދައްކައިދިނީ އުންމީދެއް އޮވެ ވަކި ޓާގެޓަކަށް ވާސިލްވުމަށް މަސައްކަތް ކޮށްފިނަމަ އެކަން ހާސިލްކުރެވޭނެކަމެވެ. މަންޓޭ ފުރަތަމަ ރޫމްބޯއީ އެއްގެ ވަޒީފާއަށް ދިޔަ ދުވަހުވެސް އަޒުމަކަށް ހަދާފައިވަނީ ލަންދުއަށް އުފަން ދަރިޔަކަށްވެ ހުރެ ރިސޯޓެއްގައި ފުރަތަމަ ފަހަރަށް ބަޓުލަރެއްގެ ވަޒީފާއަދާކުރާ މީހަކަށް އޭނާވުމުގެ އަޒުމެވެ. މިއަދު މަންޓޭ މިވަނީ އެނާގެ ބުރަ މަސައްކަތުން އެކަން ހާސިލްކޮށް ލަންދޫގެ އެހެން ޒުވާނުންނަށް ނަމޫނާ ދަށްކައިދީފައެވެ. މަންޓޭ އަށް ހަމަ އައްސަރިބަހާއި ސާބަހެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މުޅިލަންދޫ ފަޙްރުވެރިވާ ފޮޓޯގްރާފަރ

ފުރަތަމަ ސްމާޓްފޯނެއް އަތުޖެހުނު ހިސާބުން 2013 އިން ފެށިގެން ފޮޓޯގްރަފީގެ ތެރެއަށް ވަދެވުނު ނ.ލަންދޫ ފުޅޮއި އަލްފާޟިލް އަޙްމަދު އިލްހާމް …

ޚިޔާލެއްދެއްވާ

avatar
އިރުފުށި ސްޓާފު
އިރުފުށި ސްޓާފު

މަންޓޭއަކީ ވަރަށް ހިތްވަރުގަދަ ކެރޭ ޒުވާނެއްކަން ސާބިތުކޮށްދީފި. ލަންދޫގެ އެހެން ޒުވާނުންނަށް ނަމޫނާ ދައްކުވަިދީފި،

majdhee
majdhee

salhi brw eraadha kurea vihyaa ma vis thikan haasil kuraanann

wpDiscuz