ލަންދޫގެފުޓްބޯޅަ – ރަނގަޅު ލީޑަރަކަށް ބޭނުންވެފައި

ލަންދޫއަކީ ފުޓްބޯޅައަށް ނުހަނު ލޯބިކުރާ ފުޓްބޯޅައަށް ޝަޢުޤުވެރިވާ ރައްޔިތަކު ދިރިއުޅެމުންގެންދާ ރަށަކަށް ވީހިނދު މިއަދު ލަންދޫއަށް މިވަނީ ފުޓްބޯޅަ ކުރިއަށްގެންދާނެ ހަރުދަނާ ލީޑަރަކަށް ބޭނުންވެފައެވެ.

މިއަހަރާއި ކުރިމަތިލީއިރު ވޭތުވެދިޔަ ތަނުގައި ލަންދޫގެ ފުޓްބޯޅައިގެ އެންމެ އިސްސަފުގައި މަސައްކަތް ކުރެއްވި ފަރާތްތައްމިވަނީ އެއްކައިރިއަށް ޖެހިލައިފައެވެ. ދިރިއުޅުމަށް ވަގުތު ދިނުމުގެ ގޮތުންނާއި ޒުވާންކުދިންނަށް ފުރުޝަތު ދިނުމުގެ ގޮތުންނެވެ.

ވޭތުވެދިޔަ ތަނުގައި ލަންދޫގެ ފުޓްބޯޅައިގައި ނަނގާކީ ފަރާތްތައް އެއްކައިރިއަށް ޖެހިލުމުން މިއަދު ފެނިގެންދަނީ ލަންދޫގެ ފުޓްބޯޅަ މަޑުޖެހި ދުވަހަކަށްވުރެ ދުވަހެއް ދަށަށްދާތަނެވެ. ވޭތުވެދިޔަ ދެއަހަރު ފުރަތަމަ 3 މަސްދުވަސް ނިމިދިޔަ އިރު އެކުވެރިކަމުގެ އެތައްމެޗެއް ކުޅެވިފައިވާއިރު މިއަހަރު މިހާތަނަށް ކުޅެވިފައިމިވަނީ ހަމަ އެންމެ ތިންމެޗެވެ. މީގެ ތެރެއިންވެސް މޮޅުވެފައިވަނީ އެންމެފަހުން މާފަރު 19 އަހަރުން ދަށުގެ ޓީމަކާއި ދެކޮޅަށް ލަންދޫގައި ކުޅެވުނު މެޗުން އެކަންޏެވެ.

ލަންދޫގެ ފުޓްބޯޅަ މިއަދު ދަށަށްދާވާހަކަ ޒުވާނުން ދައްކާއިރު މިކަމުގައި އިސްނަނގާ ފުޓްބޯޅަ ކުރިއަރުވާ އަންނަން އޮތްޖީލާއި ހިސާބަށް ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ތިބި ބަޔަކީވެސް މިއަދުގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިންނާއި ފުޓްބޯޅައަށް ޝަޢުޤުވެރިވެލައްވާ ޒުވާނުންނެވެ.

ލަންދޫގެ ފުޓްބޯޅަ މިހާހިސާބަށް ނަގަހައްޓާ ދެމަހެއްޓިފަރާތްތަކުންތިބީ ޒުވާންކުދިން އިސްނަގައިގެން ކުރާ މަސައްކަތްތަކަށް ވެވުނު އެންމެމަތީ ދަރަޖައެއްގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށްކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.

ލަންދޫގެ ފުޓްބޯޅަ ކުރިއަރުވާ އިތުރަށް ހަރުދަނާ ކުރަން ބޭނުންކަމަށްވާނަމަ އެކުވެރިކަމުގެ މެޗްތައް އިތުރުކޮށް ، ރަށުތެރެއިން ހޮވާލެވޭ ޓީމްތަކުގެ މެދުގައި އެކުވެރިކަމުގެ މެޗްތައްކުޅެ ކުދިކުދި މުބާރާތްތަކާއި ބޮޑަތި މުބާރާތްތައް ރާވަން ޖެހެއެވެ. ހަމަ މިއާއިއެކު ރަށުގައި ބޭއްވޭ އެންމެ ޝަރަފްވެރި އެންމެބޮޑު ފުޓްބޯޅަ މުބާރާތްކަމުގައިވާ ” ހޮލިޑޭކަޕް ” އަށް ދުރާލައި ތައްޔާރުވާން ޖެހެއެވެ.

މިހުރިހާ ކަމެއް ކުރުމަށް ބޭނުންވަނީ ޒުވާނުންގެ އިސްނެގުމާއި ޒުވާނުންގެ ތެރެއިން ލީޑްކުރާނެ ހަރުދަނާ ލީޑަރެކެވެ. ލަންދޫގެ ފުޓްބޯޅަ މިއަދު އެދިގޮވަނީ ލަންދޫގެ ފުޓްބޯޅަ އަންނަން އޮތްޖީލާއި ހިސާބަށް ގެންގޮސްދޭނެ ހިންގުންތެރި ޒުވާން ލީޑަރަކަށެވެ.

ފޮޓޯ: އެންމެފަހުން މާފަރާއި ދެކޮޅަށް ކުޅުނު ލަންދޫގެ ޓީމް  / ފޮޓޯ: އަޙްމަދު ރަޝީދު ( ލައިބު )

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ޕްރެކްޓިސް ދެ ވަނަ މެޗް މާފަރާއި ދެކޮޅަށް

ޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމު ލަންދޫގެ ޕްރެކްޓިސް 2 ވަނަ މެޗް މާފަރު ފުޓްބޯޅަ ޓީމާއި …

ޚިޔާލެއްދެއްވާ

avatar
Mohamma
Mohamma

ލަންދޫގައި މިވަގުތު ތިބި ގިނަ ޒުވާނުންނަކީ އިސްނަގައިގެން ކަމެއް ކުރަންކެރޭ ބައެއްނޫން، ބަޔަކު ކަމެއް ކޮންދިނަސް އެކަމަކަށް ގިނަފަހަރަށް ޖަހާނީ ހަޖޫ / ވިސްނަލަބަލަ ޒުވާންކުދިންގެ ތެރޭގައި ޤަވާޢިދުން މިސްކިތައް ނަމާދަށްދާ ކުއްޖަކު އުޅޭތަ ؟؟؟؟؟

wpDiscuz