ލަންދޫގައި ވަޅިން ހަމަލާދޭން މަސައްކަތްކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.

police2
ނ.ލަންދޫ ރިޔާލު ގޭގައި މިއަދު ގާތްގަޑަކަށް 11:00 ހާއިރު ވަޅިން ހަމަލާދޭން މަސައްކަތްކުރި ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މަންޒަރު ދުށް މީހުން ބުނާގޮތުން ވަޅިން ހަމަލާދޭން މަސައްކަތް ކޮށްފައިވަނީ ނ.ލަންދޫ ރިޔާލު ގައި ދިރިއުޅޭ އަޙްމަދު ޒިހާން އޭނަގެ މަންމައަށާއި، އެއްބަނޑު ދެ ދައްތަ އަށެވެ. މިކަމުގެ ތެރޭގައި ވަޅިން ހަމަލާދޭން މަސައްކަތް ކުރި ޒުވާނާގެ މަންމަގެ އަތުގެ އިގިއްޔެ ކޮންމެވެސް ވަރަކަށް ޒަޚަމުވުން ފިޔަވައި އެހެންމީހަކަށް ގެއްލުމެއް ނުލިބޭކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ.
މިއަދު މިކަމެއް އެގޭތެރޭގައި ހިނގާފައިމިވަނީ ގޭތެރޭގައި ޢާއިލާގެ އެކަކު އަނެއްކަކާ ދެމެދު ދިމާވި މައްސަލައަކާ ގުޅިގެންކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
މިހާރު އެ ޒުވާނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ލަންދޫ ޕޮލިސް ސްޓޭޝަނުގައެވެ.
މިކަމާގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރޭ މާލޭގައި ދަގަނޑު ހޮޅިބުރިއަކުން ހަމަލާދީ ޒުވާނަކު ޒަޚަމު ކޮށްލައިފި.

ރޭ ގާތްގަޑަކަށް 11 ޖަހާއިރު ފަރީދީމަގުން އެފްޑީއައި ކައިރިން ސައިކަލެއްގައި އައި 4 މީހުން ދަގަނޑު ހޮޅިބުރިއަކުން ހަމަލާދީ ޒުވާނަކު …

ޚިޔާލެއްދެއްވާ

avatar