ލަންދޫގައި އައިޑީ ކާޑު ހަދައިދެން ފަށަނީ

id-cardމިއަންނަ ހޯމަ ދުވަހުން ފެށިގެން ލަންދޫގައި އައިޑީ ކާޑު ހަދައިދެން ފަށާނެކަމަށް ލަންދޫ ކައުންސިލް ޢިދާރާއިން ހާމަ ކުރައްވައިފިއެވެ. އެ އިދާރާއިން މަޢުލޫމާތު ދެއްވިގޮތުގައި އެކަމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އަންނަނީ އެޢިދާރާއިން ވަމުންނެވެ.

މިގޮތުން މިއަދުވަނީ ލަންދޫކައުންސިލް ޢިދާރާގެ ތިން މުއައްޒަފަކު މިކަމުގެ ތަމްރީނު ފުރިހަމަ ކުރައްވާފައެވެ. މިތަމުރީނު ފުރިހަމަ ކުރައްވާފައިވަނީ ލަންދޫ ކައުންސިލް ޢިދާރާގެ ޒިންމާދާރުވެރިޔާ އަދި އައިޑީ ކާޑު ހެދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެލައްވާ އަލްފާޟިލް ހަސަން ނަޞީރު އިބުރާޙިމް އާއި ކައުންސިލް ޢިދާރާގެ މުނިސިޕަލް އޮފިސަރ އަލްފާޟިލާ އައިމިނަތު ރިޝްފާ އާއި އެޑްމިން އޮފިޝަރ އަލްފާޟިލާ އައިޝަތު ޝިފާޒާ އެވެ.

އައިޑީ ކާޑު ހެދުމަށް ބޭނުންވާ ރޫމް މިހާރު ކައުންސިލް ޢިދާރާގައި ތައްޔާރު ކުރެވިފައިވާއިރު މިކަމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރުވަނީ ކައުންސިލް ޢިދާރާއަށް ގެނެވިފައެވެ. ލަންދޫކައުންސިލް ޢިދާރާގެ ޒިންމާދާރުވެރިޔާ “ލަންދޫއިންފޯ” މަޢުލޫމާތު ދެއްވި ގޮތުގައި މިރޭގެ ވަގުތެއްގައި ސެޓަޕްހެދި ހޯމަ ދުވަހުން ފެށިގެން އައިޑީކާޑު ހެދުމުގެ ޚިދުމަތް ލަންދޫގައި ދޭންފަށާނެއެވެ.

މިކަންވެގެންދާނީ ލަންދޫ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއި ފަސޭހަކަމަކަށެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މަގޭ ރަށް – ސާފު ލަންދޫ ޝިޢާރުގެ ދަށުން ލަންދޫ ސާފު ކުރުމުގެ ބޮޑު ޙަރަކާތެއް މިއަދު ހިންގައިފި

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ 2017 ކުލަގަދަގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މަގޭ ރަށް – ސާފު ލަންދޫގެ ނަމުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz