ލަންދޫފުޓްބޯޅަ ދަނޑު ލެވަލް ކުރުމުގެ މަސައްކަތް ފަށައިފި

ލަންދޫ ފުޓްބޯޅަ ދަނޑުގައިވާ އަޑިގުޑަންތައް ނައްތާލައި ދަނޑު ލެވަލްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ލަންދޫގައި އެންމެފަހުން ދޫކުރެވުނު ގޯތިތައް ހިމެނޭ ސަރަހައްދުގައި ހަދަމުންގެންދާ މަގު ހެދުމަށް ގެނެސްފައިވާ ލޯޑަރާއި ، ހައިމާރކު ބޭނުންކޮށްގެން ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑު ލެވަލްކުރުމުގެ މަސައްކަތް ކުރަންފަށާފައިވަނީ މިއަދުއެވެ.

މިގޮތުން މިއަދު ކުރެވުނު މަސައްކަތުން ބޯޅަ ދަނޑުގެ މެދުގައި ފެންގަނޑު ހެދޭތަނަށްވަނީ އާނުވެލި އަޅާފައެވެ. ހަމަ އެހެންމެ ދަނޑުގެ ހުޅަނގުފަރާތު އަރިމަތީގައިވާ ފަސްގަނޑުގެ ބޮޑުބައެއްވެސްވަނީ ކަހާ އެއްވަރުކޮށްފައެވެ.

މިއަދު ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑު ލެވަލްކުރުމުގެ މަސައްކަތައް ލޯޑުން ޒުވާނުންނަށް ގޮވަލުމުން އެތަނަށް ގިނަ އަދަދެއްގެ ޒުވާނުން ދިޔަނަމަވެސް މަސައްކަތުގައި ޢަމަލީގޮތުން ބައިވެރި ވެފައިވަނީ ވަރަށް މަދުޒުވާނެއްކަމަށް މިކަމުގައި އިސްދަޢުރެއް އަދާކުރި ލަންދޫ ޓީމްގެ އަރަމުންއަންނަ ޒުވާން މިޑްފީލްޑަރ ޢަބްދުﷲ ނާޝިދު ( ނާއްޕެ ) ލަންދޫއިންފޯއަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ. ” ލަންދޫއިންފޯ ” ގެ ރިޕޯރޓަރުން އެސަރަހައްދަށް ދިޔައިރު އެސަރަހައްުގައި  މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވަމުންދާތަން ފެނިފައިވަނީވެސް ވަރަށް މަދު ޒުވާނެކެވެ.

މިފަހަކަށް އައިސް ލަންދޫގައި ކުރެވޭ މިބާވަތުގެ ކަންތައްތަކުގައި އަދުގެ ޒުވާނުންގެ ފަރާތުން އެކަށީގެންވާ ރަނގަޅު ތަރުޙީބެއް ލިބެމުން ނުދާކަން ލަންދޫގެ ގިނަބަޔަކު ފާހަނގަކުރައްވައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ޕްރެކްޓިސް ދެ ވަނަ މެޗް މާފަރާއި ދެކޮޅަށް

ޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމު ލަންދޫގެ ޕްރެކްޓިސް 2 ވަނަ މެޗް މާފަރު ފުޓްބޯޅަ ޓީމާއި …

ޚިޔާލެއްދެއްވާ

avatar