ލަންދޫއިންފޯގެ ކިޔުންތެރިންނަށް މަރުޙަބާ!

ލަންދޫއިންފޯގެ ކުރީގެ ސްކްރީން ޝޮޓެއް / ފައިލް ފޮޓޯ: ލަންދޫއިންފޯ

މީލާދީ އައުއަހަރުގެ ހެޔޮއެދުމާއި، ތަހްނިޔާ ލަންދޫއިންފޯގެ އެންމެ ކިޔުންތެރިން ނަށާއި، ލިޔުންތެރިންނަށް އަދި އެކި އެކި ގޮތްގޮތުން ލަންދޫއިންފޯގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދެއްވާ އެންމެހައި އަޚުންނާއި، އުޚުތުންނަށް ލަންދޫއިންފޯގެ ނަމުގައި އަރިސްކުރަމެވެ.

އަޅުގަނޑުމެންގެ ޙަޔާތުގެ ޞާފްޙާއެއް ލެއްޕި އިތުރު ޞާފްޙާއެއް ހުޅުވުނީއެވެ. އާ އަހަރަކަށް ލަންދޫއިންފޯ ކުރިމަތިމިލީ އައުފެށުމަކާއެކުއެވެ. އެކި އުނދަގޫތަކާއި، ގޮންޖެހުންތަކާއިއެކު މިއަދު ލަންދޫއިންފޯ މިވަނީ ގިނަގުނަ ހަރުފަތްތަކެއް ހުރަސްކޮށްފައެވެ. ތިޔަކިޔުންތެރިންގެ މެދުގައި މަޤުބޫލު ނޫހަކަށްވެފައެވެ.  އެކަންލަންދޫއިންފޯގެޓީމުން ފަޚުރުވެރިކަމާއެކު އުފަލުން ޤަބޫލުކުރަމެވެ.

ލަންދޫއިންފޯގެ ޙަޔާތުން އާ ސަފްހާއެއް ހުޅުވިގެން ދާއިރު ފާއިތުވެ ދިޔަތަނަށް ބަލައިލުމަކީ ކުރިމަގު ބައްޓަން ކުރުމުގައި ލިބޭ ފިލާވަޅަކަށް ނޫނީ ނުވާނެއެވެ. އެހެންނަމަވެސް ފާއިތުވެދިޔަ ތަނުގެ ވާހަކަ ދައްކާ ހާސަރުދިގުކުރުމަކީ ކޮންމެހެން މިތާކު ކުރުން މުނާސަބު ކަމަކަށް ނުވެދާނެއެވެ. އެހެނީ މިނޫހުގެ ކިޔުންތެރިންނާއި، ލިޔުންތެރިންނަށް މިނޫހާއި ބެހޭގޮތުން އެގެންޖެހޭ އެގުންތަކަކީ އެފަދަ ބޭފުޅުންނަށް އޮޅިވަޑައިގެންންފައިވާނޭ ކަންތައް ތަކެއްނޫނެވެ. ފާއިތުވި ދުވަސްތަކުގައި ހިނގިހާކަމަކާއި، ދެއްކިހާވަހަކަތަކެއް ނިމިގޮސްފައިވާ ވާނީ އަޅުގަނޑުމެންގެ ކިޔުންތެރިންގެ ކުރިމަތީގައެވެ.

އަޅުގަނޑުމެން އިންސާނުންނަށް ކުރެވޭނީ ފޮނިތަދުބީރުތަކެކެވެ. މުސްތަޤުބަލުގައި ކުރެހިފައިވަނީ ކޮންފަދަ މަންޒަރެއްކަމެއް އެކަކަށްވެސް ނޭންގޭނެއެވެ. އެހެންނަމަވެސް ކޮންމެ އިންސާނަކީވެސް އުނިމީހަކަށް ވީހިނދު އެފަދަ ތަދުބީރުތައް ކުރާނެއެވެ. ހުވަފެންތައް ދެކޭނެއެވެ. މިވެނި އެވެނި ދުވަހެއް ބައްދަލުކުރުމުގެ ކުރިން އެވެނި މިވެނި ކަމެއް ކުރުމަށް އަޒުމު ކަނޑައަޅާނެއެވެ. އެގޮތުން ލަންދޫއިންފޯގެ ކިޔުންތެރިންނާއި، ލިޔުންތެރިންނަށްވެސް ދަންނަވާލަން އޮތީ މީލާދީ އައުއަހަރަކާއެކު ލަންދޫއިންފޯ އަލުން މިފަށައިގަތީ ފާއިތުވި ތާންގާއި، މިނޫހަށް އެރި ލޮޅުންތަކާއި، ހުރަސްތަށް ދުއްވާލާ ވަރަށް ހިތްވަރާއި، އެކުގައި ކަމެވެ. ކުރިމަގުގައި އިތުރު އުސްމިންތަކަށް ވާސިލުވުމަށް ލަންދޫއިންފޯގެ ޓީމުން މަސައްކަތް ކުރުމުގައި ހިތްވަރާއެކު މަސައްކަތް ކުރާނެވާހަކައެވެ.

ލަންދޫއިންފޯޓީމްގެ ފަރާތުން މިދަނޑިވަޅުގައި ތިޔަ އެންމެހައި ފަރާތަކަށް އިލްތިމާސްކޮށް ދަންނަވަން އޮތީ ވޭތުވެ ދިޔައަހަރު ތިމާއަށް ކުރެވުނު ކަންތައްތަކާއިމެދު ވިސްނާ ފިކުރުކުރެއްވުމަށެވެ. އޭރުން ތިމާއަށް ކުރެވިފައިވާ ގޯސްކަމެއް މިހާރު އިސްލާޙްކޮށްލެވޭ ކަހަލަކަމެއްނަމަ އެފުރުޞަތު ލިބިގެންދާނެކަން ކަށަވަރެވެ. އިސްލާޙްނުކުރެވޭ ފަދަކަމެއް ކުރެވިފައިވާނަމަ މިއަހަރު އެފަދަކަމެއް ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައެޅިދާނެއެވެ.

ތިމާގެ ޙަޔާތުން އަހަރެއް ފާއިތުވެ އިތުރު އަހަރެއް ފެށުމަކީ އުފާކޮށް މަޖާކުރަންޖެހޭ ކަމެއްތޯ ހިތާހިތުން ސުވާލުކޮށްލާށެވެ.

މީލާދީ އާ އަހަރުގެ ހެޔޮއެދުމާއި ތަޙްނިޔާ އަދިވެސް ތަކުރާރުކޮށް ލަންދޫއިންފޯގެ ފަރާތުން ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރަމެވެ. މިފެށުނު އަހަރަކީވެސް ﷲ ގެ މަގުގައި އެކަލާންގެ އެންގެވިގޮތުގެމަތިން ހޭދަކުރެވޭ އަހަރެއްކަމުގައި ލައްވާށިއެވެ. އާމީން

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީމެއްގެ ގޮތުގައި ކުޅެ ލަންދޫޓީމުގެ ފެށުން ރަނގަޅުކޮށްފި

.އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޝިޔާމް-މަޢުރޫފް ސޮކަކަޕްގެ ފުޓްބޯޅަމުބާރާތުގެ މިއަހަރުގެ މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz