ލަންދޫއަށް ފަސޭހަ މޮޅެއް

ލަންދޫއާއި ކުޅުދޫގެ މެދުގައި މިއަދު ހަވީރު ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ފަސޭހަ ކަމާއިއެކު ލަންދޫ ޓީމުން ކާމިޔާބުކޮށްފިއެވެ.

މިއަހަރު ލަންދޫޓީމުން ބޭރު ރަށުގެ ޓީމްތަކާއި ދެކޮޅަށް ކުޅެވުނު އެކުވެރިމުގެ 6 ވަނަ މެޗު ލަންދޫ ޓީމުން ކާމިޔާބު ކޮށްފައިވަނީ 6 ލަނޑު 2 ލަނޑުންނެވެ. ލަންދޫޓީމުން މި މެޗުގައި ލަނޑުތައް ޖަހާފައިވަނީ ހުސެއިން ޖަވާދު ޖަވާ 2 ލަނޑާއި ، އަޙްމަދު އާޒިމް ( ދަވާދޭ ) އާއިވަސީމް ޢަބްދުއްރަހްމާން ( ވައްޑޭ ) އާއި ޢަބްދުﷲ ސާމީ ( ސާމީ ) އާއި ޢަބްދުﷲ އާރިފް ( އާރިއްޕެ ) މިއިން ކޮންމެ ކުޅުންތެރިއަކު 1 ލަނޑެވެ.

ލަންދޫޓީމުން މިއަދު ދެ ހާފުގައި ކުޅެފައިވަނީ މުޅިން ދެޓީމެކެވެ. މިއަދުގެ މެޗުގައިވެސް މޮޅުކުޅުމެއް ކުޅެ ޓީމްގެ ފަހަތް ބެލެހެއްޓި ޒުވާން ޑިފެންޑަރ ހުސެއިން ޞަބާޙް ( ޞޮއްބެ ) ފިޔަވާ ފުރަތަމަ 11 ގައި ކުޅުނު ހުރިހާ ކުޅުންތެރިންވަނީ ފަހުހާފުގައި ބަދަލް ކޮށްފައެވެ. މިގޮތުން މެޗުގެ ފަހު ވިއްސަކަށް މިނިޓްގައި ޓީމްގެ ގޯލްވެސް ބަލަހައްޓާފައިވަނީ ޤަވާޢިދުން ޕްރެކްޓިސްއަށް ގޮސް ޓީމުން ޖާގަހޯދުމަށް މަސައްކަތް ކުރަމުން އަންނަ މުޙައްމަދު ސާލިމް ( ކީޕަރ އިމުރާން ) އެވެ.

މީގެ ކުރިން ލަންދޫއާއި ބައްދަލްކުރާ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުދޫޓީމް މިއަދު ފެނިގެން ގޮސްފައިވަނީ ކުރިއާއި ވަރަށް ތަފާތު ޓީމެއްގެ ގޮތުގައެވެ.

މިއަދުގެ މެޗުގައި ލަންދޫ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ މިއަދުގެ މެޗުގައި 2 ލަނު ޖަހައިގެން މިއަހަރުގެ މިހާތަނަށް 4 ލަނޑާއި އެކު  ޓޮޕް ސްކޯރާރއަކަށް ސަމާޙް އާއިއެކު ވާދަކުރުމުގެ ފުރުޞަތު ހޯދި ހުސެއިން ޖަވާދު ( ޖަވާ ) އާއި ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އާއި ފަހުހާފުގައި ޓީމްގެ ކެޕްޓަންކަން ކުރި ހުސެއިން ޞަބާޙް ( ޞޮއްބެ ) އެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ޕްރެކްޓިސް ދެ ވަނަ މެޗް މާފަރާއި ދެކޮޅަށް

ޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމު ލަންދޫގެ ޕްރެކްޓިސް 2 ވަނަ މެޗް މާފަރު ފުޓްބޯޅަ ޓީމާއި …

ޚިޔާލެއްދެއްވާ

avatar
mohamma
mohamma

ލަންދޫއަށް އުދަގޫ މޮޅެއް ލިބުނީ ކޮން ދުވަހަކުތަ ؟

wpDiscuz