ލަންދޫއަށްވެސް ” މާވަހަރެއް ” ހޮވައިފި

މިދުވަސް ވަރަކީ ރާއްޖޭގެ ކަންކޮޅުތަކުން ގިނައަދަދަކަށް މާވަހަރު ފެންނަމުންދާ ދުވަސްކޮޅަކަށްވާއިރު އިއްޔެގެ ވަގުތެއްގައި ލަންދޫގެ ހަތަރު އަންހެންކުއްޖަކުވެސް މާވަހަރެއް ހޮވާފައިވާކަމަށް ރަށު ތެރޭގައި އަޑު ފެތުރިފައިވެއެވެ.

ރަށުތެރޭގައި މިވާހަކަތައް ދެކެވެން ފެށުމާއިއެކު މި ” މާވަހަރު ” ހޮވިކުދިންގެ ތެރޭގައި ހިމެނޭ އެއްކުއްޖަކު ނަންހާމަ ނުކުރުމަށްއެދި ބުނީ  އެކުދިން މި ” މާވަހަރު ” ހޮވާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ” އެތެރެފަޅު ” ސަރަހައްދުންނެވެ.  ” މާވަހަރު ހޮވުމަށްފަހު 4 ކުދިންގެ ތެރެއިން 3 ކުދިން މާވަހަރު ބޭނުންކަމަށް ބުނުމުން ވަގުތުން ތިންކުދިންނަށް ވާގޮތައް ތިންބަޔަށް ބަހާލީ ، އަޅުގަނޑުމެންގެ ތެރެއިން އެއްކުއްޖަކު އެއީ ” ގުއި ” ގަޑެކޭ ބުނެ ބޭނުން ނުކުރީ ” ތަފްސީލް ދެމުން އެކުއްޖާ ބުންޏެވެ.

ރަށުތެރޭގައި ” މާވަހަރު” ގެ  ވާހަކަ ވައިގައި ހިފާފައިވައިރު އެންމެފަހުގެ މަޢުލޫމަތުތައް ލިބޭ ގޮތުގައި ރަށުތެރޭ ގައި އަޑުފެތުރިފައިވާ ” މާވަހަރު ” އަކީ އަސްލު މާވަހަރެއް ނޫނެވެ.

ފޮޓޯ: ހަވީރު

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
ޚިޔާލާތު
ޚިޔާލާތު

ލަންދޫއަކަށް ނޫން އިނފޭތޯ ރަނގަޅުގޮތަކީ ‘ލަންދުއަށް’

wpDiscuz