ލަންދުއަށް މިލިބެނީ ހާދަބޮޑު ތަރައްޤީއެކެވެ.

ލަންދޫގައި އަލަށްހެދި މަގެއްގައި ފިނމައިޒާނެއް ހަދަނީ – އިސްކޮށް އުޅެނީ އެ އަވަށަށް ނިސްބަތްވާ މީހުން / ފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫއަކީ މީގެ ހައެއްކަ އަށެއްކަ އަހަރުކުރިން ފެށިގެން ނ.އަތޮޅުގެ އިރުވައިބިތުގައި ފާހަގަކުރެވެމުންދާ ރަށެކެވެ. މިކުރެވޭ ފާހަގަކުރުންތައް ކުރެވެމުން މިއަދާހަމައަށްވެސް އައިސްފައިވަނީ އެހެންނިހެން ބައެއް ރަށްރަށާއި އަޅާކިޔާއިރު ހައިރާންވާންޖެހޭކަހަލަ ގޮތަކަށެވެ. އަދި އެއީ އެއްރޮގަކުން ދެރޮގަކުންނޫނެވެ. ތަފާރު އެކިއެކި ދާއިރާތަކުންނެވެ.

މިދުވަސްވަރު އަދި މިފެނިގެންދަނީ ވަރަށް އެހެންކަހަލަ މަންޒަރެކެވެ. މިހާ ބޮޑު ސިޔާސީ ހަލަބޮލިކަމެއް ރާއްޖޭގެ އެތަންމިތާންގައި ފެތުރިގެން ދާއިރުވެސް އަދި އެ ހަލަބޮލި ކަމުގެ ތެރެއިން ބިރުގަންނަ ހިސާބަށް އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާން ބާވެ ވީރާވެގެންދާއިރުވެސް އެކަހަލަކަމެއް ލަންދުއަކުން ނުފެނެއެވެ. ޕާޓީތައް ނެތީކީވެސް ނޫނެެވެ. ސިޔާސީ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އާއި، ޑީއާރުޕީއާއި، އަދި ނުވިތާކަށް ޕީޕީ އެމާއި، އަދާލަތު ޕާޓީގެ މެމްބަރުންވެސް އެބައުޅެއެވެ. ސިޔާސީ ކަންކަމުގައިވެސް އެބޭފުޅުން އުޅުއްވައެވެ. އެހެނެއްކަމަކު މިފެންނަނީ ހަމަ ހައިރާންކުރުވަނިވި މަންޒަރުތަކެކެވެ.

އާދެ. ލަންދޫގައި އަލަށް ހަދަންޖެހިފައިވާ މަގުތައް ހަދަމުންގޮސް ނިމުމަކަށް ދަނީއެވެ. ބޯޅަދަނޑުގެ ފަސްގަނޑު އެއްވަރުކޮށް ވަށާފާރު ރޭނުމާ ހަމައަށް މަސައްކަތްތައް މިހިރަގެން ނިންމަމުންދަނީއެވެ. ރޯދަމަށް ޚާޢްޞަކުރެވިގެން ފިނިމައިޒާންތައް ހަދަމުންދަނީއެވެ. ރަށުގެ އެކި ދިމަދިމާގައެވެ. މިހުރިހާ މަސައްކަތެއްގައިވެސް މިއުޅެނީ ހަމަ މިރަށުގެ ރައްޔިތުންނެވެ. އެކި އެކި ޕާޓީތަކަށް ނިސްބަތްވާ މީހުންނެވެ. އެމީހުންގެ ތެރޭގައި އެއްވެސްކަހަލަ ޕާޓީރޫހެއް އޮވެގެން ހަމަނުޖެހުމެއް ނުހިގައެވެ. ދެކޮޅަށް ބަހުސްކޮށް ރުޅިމައިތިރިނުވާހިސާބަކަސްވެސް ނުދެއެވެ.

މިއަދާހަމައަށްވެސް ލަންދޫގައި ހައްލުކުރަން އެންމެ އުނދަގޫވެފައިވާ އެއް މައްސަލައަކީ ކުނީގެ މައްސަލައެވެ. އެމައްސަލަވެސް މިއަދު މިދަނީ ހައްލުވަމުންނެވެ. ވަގުތީ ހައްލެއްނަމަވެސް އެއީ ވަރަށް ރަގަޅު ހައްލެއް ކަމަށް ބެލެވެއެވެ. ރަށުގެ ހަތަރު ސަރަޙައްދެއްގައި ކުނިގޮނޑުވަނީ ހަދައިދީފައެވެ. ވަރަށްފުންކޮށް ބޮޑުވަޅުގަނޑެއްކޮނުމަށްފަހު އެތަނަށް ފަސޭހައިން ކުނިބަރޯ ހިފައިގެން އަންހެންވެރިންނަށް ވަދެވޭނޭ ނިޒާމެއް މިހާރުމިވަނީ ޤާއިމް ކޮށްދީފައެވެ. ކުނިއުކާލަން ދާ ބައެއް މީހުން ބުނާގޮތުން މިހާރު ވަރަށް ހިތްހަމަޖެހެއެވެ.

ތަރައްޤީއަކީ މިހިރީއެވެ. އެކުވެރިކަމާ އެއްބައިވަންތަކަމެވެ. އުޚުވަތްތެރިކަމުގެ ގުޅުމެވެ. އެކުވެރި ރައްޔިތަކަށްވެ އެގޮތުގައި ދެމި ތިބުމެވެ. އެކަކު އަނެކެއްގެ ޚިޔާލު ތަފާތު ވުމާއެކުވެސް އެއްމަޖްލީހެއްގައި އިށީދެލެވުމެވެ. ހަޖަމްކުރަން ދަސްވުމެވެ. ޕާޓީ ރޫޙް އިސްކޮށް ރަށުވަންތަކަން ނަގައިނުލާ ބަޔަކަށްވުމެވެެ. އިޖްތިމާޢީ ގޮތުން ކުރެވޭ ކޮންމެ މަސައްކަތަކީވެސް އެންމެންގެ ލާބަޔާ މަންފާއަށް ކުރެވޭ ކަމެއްކަން ދެނެ ތިބެމެ އެކަންކަންކަމުގައި އަމަލީ ގޮތުން ބަިއވެރިވުމެވެ. އަދި އެފަދަ މަސައްކަތެއްގައި އަމަލީ ގޮތުން ބައިވެރިވުމަށް އުޒުރުވެރިވާ މީހުން އެހެނިހެން އެހީތައް ފޯރުކޮށްދިނުމެވެ.

މިއީ އަދި ވެސް ކުރީގެ ލަންދުއެވެ. މިސަރަޙައްދުގެ އެހެން ބައެއް ރަށްރަށާ އެތައް ގޮތަކުން ތަފާތެވެ. ހެޔޮވިސްނޭ ހެޔޮލަފާ މީހުން ގިނަވެއްޖެ ކޮންމެ ތަނެއްދާނީ ދުވަހެއް ދުވަހަކަށް ތަރައްޤީވެ ކުރިއަރަމުންނެވެ. މިގޮތުގައި ލަންދޫގެ ރައްޔިތުން ލަހައްޓަވާށިއެވެ. އާމީން.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަގޭ ރަށް – ސާފު ލަންދޫ ޝިޢާރުގެ ދަށުން ލަންދޫ ސާފު ކުރުމުގެ ބޮޑު ޙަރަކާތެއް މިއަދު ހިންގައިފި

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ 2017 ކުލަގަދަގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މަގޭ ރަށް – ސާފު ލަންދޫގެ ނަމުގައި …

ޚިޔާލެއްދެއްވާ

avatar
ކައުންސިލް
ކައުންސިލް

އެކުވެރިކަމާއި ، އަޙުވަންތަކަމާއި، ވަހުލަތާއި އަދި މިއްލަތު ދިފާޢުކޮށް ރައްކާތެރި ކުރަން ތިބޭނީވެސް ހަމަ ރައްޔިތުން އަދި ފުނޑުފުނޑުކުރާނީވެސް ހަމަ އެފަސްގަނޑެއްގެ ރައްޔިތުންގެ އަތްތަކުން. އެކުވެރި ކަމާއި އެއްބައެއްވަންތަ ކަމާއިއެކު މަސައްކަތް ކުރާބަޔަކަށް ކާމިޔާބާއި ފަލާޙު ލިބޭނެ. މާތްﷲ އަޅަމެންގެ މި ފަސްގަނޑުގައި އަބަދުވެސް ހަމަޖެހުމާއި އުފާވެރިކަން ލަހައްޓަވާ މުސްތަޤުބަލު އުޖާލާ ކުރައްވާށި. އާމީން…

ޖިންނި
ޖިންނި

ހެހެހެ.. ވެރީ އިންޓަރެސްޓިންގ. ބަޓް … ނޮޓް ޓުރޫ !!

ކޭޑީ
ކޭޑީ

ލަންދޫ ރައްޔިތުން އަދި އެރައްޔިތުންގެ އެކުވެރިކަން ހަމަ ހަބޭސް! މިލިޔުން އަދި މި ސައިޓުވެސް ހަމަ ހަބޭސް!

ތޮއްލަތު
ތޮއްލަތު

ފޮޓޯއަށް ބަލައިލުމުންވެސް ތިޔަކަމަކީ އަމިއްލަ އެދުމުން ފޯވެފައިވާ މީހެއްގެ އަމިއްލަބޭނުމުގައި ކޮށްފައިވާ ކަމެއްކަން ފާހަގަވެގެން ދެއެވެ.

މަރީ
މަރީ

ވަރަށް ސަޅި ވަރަށް ފައްކާ ލިޔުމެއް މީ.. ހަމަ ހަގީގަތުގައި ވެސް ވަރަށް ބޮޑު ތެދެއް..

ޢަލީ ޒިޔާދު
ޢަލީ ޒިޔާދު

އާ ދޯ.. ނައިސް

wpDiscuz