ލަންދުއަށް މިދުވަސްކޮޅު ބޯތަށި މާގިނައިން ގެންނަނީ.

ނ.ލަންދޫއަށް މިދުވަސްކޮޅު އާދަޔާ ޚިލާފަށް ޑިޝް ( ބޯތަށި ) ގެންނަމުންދާކަމަށް ފާހަގަކުރެއްވިއްޖެއެވެ. ފާއިތުވެ ދިޔަ 2 މަހެއްހާދުވަހުގެ ތެރޭގައި ގާތްގަޑަކަށް 15 އަށްވުރެ ގިނަ ބޯތަށިވަނީ ލަންދުއަށް އެތެރެކޮށްފައެވެ.

ގިނަޢަދަދަކަށް ބޯތަށި ގެންނަން މިފެށީ ލަންދޫގައި މިހާތަނަށް ކޭބަލް ޓީވީ ގެ ޚިދުމަތް ދެމުން ގެންދިޔަ ފަރާތުން އެޚިދުމަތް އަޕްގްރޭޑްކޮށް ޑިޖިޓަލް ޕެކޭޖްތަކެއް ތަޢާރަފްކުރުމާ ގުޅިގެން ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ލަންދުއަށް ގެންނަ ޑިޝްތަކުގެ ތެރޭގައި ލޯކަލް ޗެނެލްތަކާއި، ފްރީ ޗެނަލްތައް ބަލާ ޑިޝްއާއި، އެއަރޓެލް ، ވީޑިއޯ ކޯން އަދި ޑިޝްޓީވީ ފަދަ ޑިސްތައް ހިމެނެއެވެ.

ކުރިން ކޭބަލްޓީވީގެ ޚިދުމަތް ބޭނުން ކުރަމުން އައި އަދި މިހާރު އަމިއްލަ ޑިޝްއަކަށް ބަދަލުކުރި ފަރާތަކުން ބުނީ އޭނާ ކޭބަލްޓީވީ ގެ ޚިދުމަތް ދޫކޮށްލީ މި ގެނައި ބަދަލާގުޅިގެންކަމަށެވެ. ކޭބަލްޓީވީ އިން ތަޢާރަފްކުރި ޕެކޭޖްތައް މާބޮޑަށްވެސް އަގުބޮޑީ ކަމަށް އޭނާ ބުނެއެވެ. އަދި އަމިއްލަ ޑިޝްއަކަށް ބަދަލުކުރުމުން ލޯކަލް ޗެނަލްތަކަށް ( ޓވީއެމް ، ވީޓީވީ، ރާއްޖެޓީވީ ފަދަ ) މަހުން މަހަށް ފީނުދެއްކިއަސް ބެލޭކަމަށާއި، އަދި ޕޭޗެނަލްތައް ބެލިކަމުގައިވިޔަސް އަމިއްލައަށް ޑިޝްގެނެސްގެން މާއަގުހެޔޮކޮށް ބެލޭކަމަށެވެ.

ލަންދޫގައި ކޭބަލް ޓީވީ ޚިދުމަތްދޭ ފަރާތުންވަނީ އެޚިދުމަތް އަޕްގްރޭޑްކޮށް އެޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ޚާއްޞަ ޑީކޯޑަރެއް ވިއްކަން ފަށާފައެވެ. އެޚިދުމަތް ބޭނުންކުރެވޭނީ އެމީހުން ވިއްކާ ޑީކޯޑަރު މެދުވެރިކޮށް އެކަންޏެވެ. އަދި ކޮންމެ ޓީވީއަކަށް ޑީކޯޑަރެއް ބޭނުންކުރަންޖެހޭނެއެވެ. މިސާލަކަށް އެއްގެއެއްގައި ދެ ޓީވީ ބޭނުންކުރިއަސް އެ ދެޓީވީއަށްވެސް ދެ ޑީކޯޑަރު ގަންނަންޖެހޭނެއެވެ.

ލަންދޫގައި ކޭބަލް ޓީވީ ޚިދުމަތްދޭ ފަރާތުން އަލަށް ތަޢާރަފްކޮށްފައިވަނީ ޖުމުލަ 4 ޕެކޭޖެކެވެ. އޭގެތެރޭގައި 150ރ. ގެ ޕެކޭޖެކާއި، 250ރ. ގެ ޕެކޭޖަކާއި، 320ރ. ގެޕެކޭޖެކާއި، 380ރ. ގެ ޕެކޭޖެކެވެ.

ޓީވީއެމް އާއި، ވީޓީއާއި، ޔެސްޓީވީ، 150 ރުފިޔާގެ ޕެކޭޖްގައި އިންނައިރު ގިނަ އަންހެނުން އެންމެގިނައިންބަލާ ސްޓާޕްލަސް އިންނަނީ 250ރުފިޔާގެ ޕެކޭޖްގައެވެ. އެހެންކަމުން ކޭބަލްޓީވީ ގެ ޚިދުމަތް ހޯދާ ގިނަމީހުން ބުނަނީ ސްޓާޕްލަސް އާއި، ޓީވީ އެމް އަދި ރާއްޖެޓީވީ ފަދަ ޓީވީ ތައް ބަލަން ބޭނުންނަނަ 250ރ. ގެޕެކޭޖެއް ނަގައިގެންނޫނީ ސަލާމަތްވެވެން ނެތްކަމަށެވެ.

ކޮންމެއަކަސް އެކީމީހުންގެ ވިސްނުންތަފާތު ވީމާ ކަމަށްވެސް ވެދާނެއެވެ. މިދުވަސްކޮޅަކީ ލަންދުއަށް ބޯތަށީގެ އިންގިލާބެއް އައިސްގެން އުޅޭ ދުވަސްވަރެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެސެމްބްލީގައި ކުރެވިދާނެ ދުޢާއެއް (2)

الْحَمْدُ لِلَّهِ حَمْدًا كَثِيْرًا طَيِّبًا مُّبَارَكًا فِيْهِ , އަޅަމެންހައްދަވާ ގެންގުޅުއްވާ އިލާހު، އަޅަމެންގެ މާތްނަބިއްޔާ މުޙަންމަދު ރަސޫލުﷲ …

ޚިޔާލެއްދެއްވާ

avatar
airtel
airtel

kurimagugai …………….

wpDiscuz