ލަންދުއަށް އަދި މިހާތަނަށް އެރުވި އެންމެ ބޮޑު ކަންނެލި މިއަދު ހިފައިފި.

އަދި މިހާތަނަށް ލަންދުއަށް އެރުވި އެންމެބޮޑު ކަންނެލި ވާޓަރުމައްޗަށް އަރުވަނީ / ފޮޓޯ: ޔޫއްޓޭ

ނ.ލަންދުއަށް އަދި މިހާތަނަށް އެރުވި އެންމެ ބޮޑުކަންނެލި މިއަދު އެރަށަށް ހިފައިފިއެވެ. ލަންދޫ ފަޅުތެރެއަށް ބޮޑުކަންނެއްޔެއް ވަދެގެން އުޅެނިކޮށް މަޑަޖަހައިގެން މިއަދު އޭތި ހިފީ ނ.ލަންދޫ މޫރިތި އަބުދުއްރަޙްމާން މުޙައްމަދު އެވެ.

ރަހްމާން ބެއާއި، ހަވާލާދީ މަންޒަރު ދުށް މީހުން މައުލޫމާތު ދިން ގޮތުގައި ފުރަތަމަ އޭތި ފެނުނުގޮތުން ހީވީ ބޮޑުކޯމަހެއް ތިލަވެގެން ފަޅުތެރޭގައި އުޅެނީ ކަމަށެވެ. ދެން އެސޮރު ފަޅުތެރޭގެއެކި އެކި ދިމަދިމާއިން ދުވެދުވެފާ އުޅެންފެށުމުން އެއީ ކަންނެއްޔެއްކަމަށް ޝައްކުވެގެން މަޑައެއް ހޯދައިގެން އެސޮރުގެ ގަޔަށް މަޑަޖެހީއެވެ. އެސޮރު އަތުލައިގަނެވުނީ ތިންފަހަރަށް މަޑަޖަހައިގެން ތިންވަނަ ފަހަރުން ކަމަށްވެސް މައުލޫމާތު ލިބެއެވެ. ކޮންމެ ފަހަރަކުވެސް މަޑަޖަހާތަން އިރާލާފައި އެސޮރު ރައްކާވެގެން ދަނީއެވެ.

ކޮންމެއަކަސް ރަޙްމާން ބެއަކީ މަސްވެރިކަމުގެ މަސައްކަތުގައި ވަރަށްގިނަތަޖުރިބާ ހުރި މީހަކަށްވެފައި އަދި ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅޭ ލަންދޫގެ ގިނަމީހުން ބުނާގޮތުން މިއަދު މިހިފީ އަދި މިހާތަނަށް ލަންދުއަށް އެރުވި އެންމެ ބޮޑުކަންނެއްޔެވެ. މީގެ ބަރު ދަނުގައި ގާތްޑަކަށް 60 ކިލޯ އާއި، 70 ކިލޯއާއި ދެމެދުގެ ބަރުދަން ހުންނާނެކަމަށް ވެއެވެ.

ފުދޭވަރަކަށް މަސްތަދު މިދުވަސްވަރުގައި މިއީވެސް ހަމަ ﷲގެ ރަހްމަތް ފުޅުން ދެއްވި ރޯއްޖެކޭ ބުނުން ނޫން އެހެން ސަބަބެއް މިކަންނެލި ފަޅަށް ވަނުމުގައި އަދި މިހާތަނަށް ފާހަގަކުރެވިފައެއް ނުވެއެވެ.

މިލިޔުމާ ގުޅޭ ވީޑިއޯ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz