ލަންދުއަށް ބާރުވަޔާއެކު ބޯކޮށްވާރޭވެހި ގެއްލުންތަކެއްވެއްޖެ.

މިއަދު ކުރަމުންދާ ވިއްސާރައިގާ ކޮންމެވެސް ވަރަކަށް ލަންދުއަށްދަނީ އުދަވެސް އަރަމުން

ނ.ލަންދުއަށް މިއަދު މެންދުރުފަސްވީއްސުރެ ބާރުވަޔާއެކު ބޯކޮށްވާރޭވެހި ބައެއް ގޭގެއަށް ގެއްލުންތަކެއް ވެއްޖެއެވެ.

އެގޮތުން ދެ ގެއެއްގެ ފުރާޅުން ބައެއް ވަޔާ އެއްލާ ލައިފާވާއިރު އިތުރު ބައެއް ގޭގޭގައި ހައްދާފައިވާ ޖަނބުރޯލް ގަސްފަދަ ބޮޑެތި ގަސްގަސް އިރައިގެން ގޮސް ބައިތައް ވެއްޓުމާއި، ކެޔޮފީނި ފަޅޯގަސް ފަދަ ގިނަ ގަސްތަކެއް ވެއްޓިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގެ ސަބަބުން ފުރާދުއްވާ އުޅަނދު ފަހަރުވެސް ދަތުރުތައް ވަނީ މެދުކަނޑާލައިފައެވެ. އެގޮތުން ރޭ ފަތިހު މާލެދިއުމަށް ފުރަން ހަމަޖެހިފައިވާ (ތާޖު) ކުޅުދޫބޯޓްވެސް ވަނީ ފުރުން ކެންސަލް ކޮށްފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި.

ކަނޑު ދަތުރުފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން …

ޚިޔާލެއްދެއްވާ

avatar