ލަންދުއަށްވެސް ކިނބުލެއް އަރާފައިވާ ކަމުގެ ނިޝާންތަކެއް ފެނިއްޖެ.

landhoo
ނ.ލަންދުއަށްވެސް ކިނބޫ އަރާފައި ހުރިކަމުގެ ނިޝާންތަކެއް މިއަދު ފެނިއްޖެއެވެ.
ލަންދޫ “އާމަގު” ހޮޅުއަށި ހުންނަ ސަރަޙައްދު އެއްގަމަށް ކިނބޫކަމަށް ބެލެވޭ އެއްޗެއް މޫދުން އަރާފައިވާ ކަމުގެ ރޮގުވަރު ފުރަތަމަ ފެނިފައިވަނީ މިއަދު ހެނދުނު ގޮނޑުދޮށަށް ދިޔަ މީހުންނަށެވެ. އެ ޚަބަރު ރަށުތެރޭގައި ފެތުރުމާއި އެކު ލަންދޫއިންފޯ ޓީމުންވެސް އެތަނަށްގޮސް ބެލިބެލުމުން އެނގުނީ އެސަރަޙައްދަށް ވަރަށް ބިޔަ އެއްޗެއް އަރާފައިވާ ކަމެވެ. އެހެންނަމަވެސް އެއީ ސީދާ ކިނބުލެއް ކަމެއް ނުވަތަ އެހެން އެއްޗެއްކަމެއް އެނގޭކަށް ނެތެވެ.
އެތަނަށް ދިޔަ ހަރުކުލައިގެ ގިނަމީހުން ބުނަނީ އެއީ ވެލައެއް ކަމުގައިވާނަމަ އެރި ރޮނގުވަރު ފެންނަހުރި ބީދައިން ފޭބި ރޮނގުވަރުވެސް ހުންނަން ޖެހޭނެކަމަށެވެ. އެހެންނަމަވެސް އެތަނަށް މޫދުން އެއްޗެއް އަރާފައި ހުރި ރޮނގުވަރު ފިޔަވައި ފައިބައިގެން ދިޔަ ރޮނގު ފެންނާކަށް ނެތެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެއީ ކިނބުލެއް ކަމަށެވެ.
ރާއްޖޭގެ އެކިސަރަޙައްދުން ކިނބޫތައް ފެންނަމުންދާއިރު ލަންދޫންވެސް ކިނބުލެއް ފެނިދާނެ ކަމުގެ ބިރު އޮތުމާއެކު ރަށުގެ ގިނަބަޔަކު މިހާރު ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
ލަންދޫކައުންސިލުންބުނީ އެޚަބަރު ލިބުމާއެކު ކައުންސިލުން މިހާރުއެތަނަށް ގޮސް ބަލާ ޗެކްކުރަމުންދާކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން ކައުންސިލަށް ލަފާކުރެވެނީ އެއީ ވެލައެއްގެ އަލާމާތްތައް ކަމަށެވެ. އެހެންނަމަވެސް އެއީ ސީދާ ވެލައެއްކަން ކައުންސިލަށްވެސް ބުނަން އުނަދަގޫކަމަށް ކައުންސިލްގެ ރައީސް ޢަބުދުﷲ ޢާރިފް ވިދާޅުވިއެވެ. އެހެންވީމާ އަދިވެސް އެސަރަޙައްދުބަލާ އެއީ ކޮންއެއްޗެއްގެ އަލާމާތެއްތޯ ބެލެންހުރި ވަރަކަށް ބަލަމުންދާ ކަމަށާއި، އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަން ޖެހިއްޖެނަމަ އެފަރާތްތަކަށް އަންގަވާނެކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ލަންދުއަށް އެރީ ކިނބުލެއް ކަމެއް ކަށަވަރު ނުވިކަމުގައިވިޔަސް މިކަމަކީ ސީރިއަސް ކަމެއްކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެހެންކަމުން ރައްޔިތުން މިކަމުގައި ސަމާލުވެ ތިއްބެވުމަށް ލަންދޫއިންފޯގެ ފަރާތުން ލަންދޫ ރައްޔިތުނަށް އިލްތިމާސްކުރަމެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz