ތުއްތުކުދިންގެ ޝީނީ އާންޓީ

ތުއްތުކުދިންނަށް ކިޔަވައި ދިނުމަކީ ބުރަބޮޑު މަސައްކަތަކަށް ވެފައި ، އެމަސައްކަތުގައި ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ އިތުރުން މުޖުތަމައުގެ އިތުބާރާއި ލޯބި ހޯދުމަކީ ކުޑަކަމެއް ނޫނެވެ.

ނ.ލަންދޫ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖަށް ކިޔަވައި ދެއްވާ ނ.ލަންދޫ އަމާޒް އަލްފާޟިލާ ފާތުމަތު ޝީނީޒް (ޝީނީ އާންޓީ) ވަނީ ތުއްތު ކުދިންނަށް ކިޔަވައިދިނުމުން ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި މުޖުތަމަޢުގެ އިޚްތިރާމާއި ލޯބި ހާސިލް ކުރައްވާފައެވެ.

 14 ޖެނުއަރީ 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް ލަންދޫ ޕްރީސްކޫލާއި ގުޅިވަޑައިގެން ކިޔަވައި ދިނުމުގެ ތެރެއަށް ވެންނެވި ޝީނީ އާންޓީ ފާހަގަ ކުރެވިފައިވަނީ ވަރަށް މަޑުމައިތި ، ހުރިހާ ދަރިވަރުންނާއި މެދުވެސް އެއްހަމައަކުން ޢަމަލްކުރައްވާ ދަރިވަރުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާ ދަރިވަރުންނަށް ކިޔަވައި ދެއްވުމަށް ގަދައަޅާ މަސައްކަތް ކުރައްވާ ވަރަށް ހީވާގި އާންޓީއެއްގެ ގޮތުގައެވެ.

އެސޯސިއޭޓް ޑިގްރީ އިން އީސީއީ ހާސިލްކުރައްވާ 1 ޖެނުއަރީ 2016 އިން ފެށިގެން ލަންދޫ ސްކޫލުގައި މިހާރު މަސައްކަތް ކުރައްވާ ޝީނީއާންޓީ ފާހަގަ ކުރެވިފައިވަނީ މިހާރު އެ ސްކޫލުގެ  ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދެއްވާ ތިން އާންޓީގެ އެންމެ އިސް އާންޓީގެ ގޮތުގައެވެ. ލަންދޫ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖު ކުރިއަށް ގެންދެވުމުގައި އެކްލާސްތަކަށް ކިޔަވައި ދެއްވާ ދެ އާންޓީ އާއި ގުޅިގެން ޝީނީ އަންޓީ ގެންދަވަނީ ގިނަގުނަ ކާމިޔާބީ ތަކެއް ހާސިލް ކުރައްވަމުންނެވެ.

ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދޭ ހުރިހާ މާއްދާއެއްވެސް ކިޔަވައި ދިނުމަށް ޝަޢުޤުވެރިވެލައްވާ  ޝީނީ އާންޓީ ފާހަގަ ކުރެވިފައިވަނީ ކުރަން ޖެހޭ ހުރިހާކަމެއްވެސް ކުރިއާލައި ރާވާލައިގެން ބެލެނިވެރިންގެ ފުރިހަމަ ބައިވެރިވުމާއި ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ކުރިއަށް ގެންދަވާ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރައްވާ ކެރުންތެރި އާންޓީއެއްގެ ގޮތުގައެވެ.

އަބަދުވެސް ކުޑަކުދިންނާއި އެކު ވަގުތު ހޭދަކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮއްދިނުމުގެ މަޤްޞަދުގައި ސްކޫލާއި ގުޅިލެއްވި ޝީނީ އާންޓީ ފާހަގަ ކުރެވިފައިވަނީ ފައުންޑޭޝަން ސްޓޭޖަށް ކިޔަވައި ދެއްވާ އަނެއް ދެއާންޓީންގެ އިތުރުން ސްކޫލުގެ އެހެނިހެން ސްޓާފުންނާއިވެސް ވަރަށް ގާތްގުޅުމެއް ބާއްވަވާ އަބަދުވެސް ހިނިތުންވުމާއި އެކު އެންމެންނާއިވެސް މުއާމަލާތު ކުރައްވާ ، ބުނަންޖެހޭ އެއްޗެއް ބުނުމުގައި ފަސްނުޖެހޭ އެންމެންނާއިވެސް ގުޅޭ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ވެރިއެއްގެ ގޮތުގައެވެ.

އަބަދުވެސް ޗެލެންޖުތަކާއި ކުރިމަތިލެއްވުމަށް ބޭނުންވެލައްވާ ޝީނީ އާންޓީގެ އުންމީދަކީ ލަންދޫސްކޫލުގެ ފައުންޑޭޝަން ސްޓޭޖުން ނިންމާ ކީ-ސްޓޭޖު 1 އަށްދާ ކޮންމެ ދަރިވަރަކީވެސް ކީ – ސްޓޭޖު 1 ގެ ފެންވަރަށް ފެތޭމިންވަރަށް ކިޔަވައިދެވިފައިވާ ދަރިވަރުން ތަކަކަށް ހެދުމެވެ. އަދި ޝީނީ އާންޓީމެން ކިޔަވައިދެއްވާ ކޮންމެ ދަރިވަރަކީ އެދަރިވަރުންނަށް ކިޔވައިދެން ޖެހޭ ބައިތައް އެންމެ ފުރިހަމައަށް ހާސިލްކޮށް ދެވިފައިވާ ދަރިވަރުން ތަކަކަކަށް ހެދުމެވެ.

ޒަވާޖީ ހަޔާތެއްފަށާ ލޯބި ލޯބި ފިރިހެން ކުއްޖެއް ލިބިފައިވާ ޝީނީ ޢާންޓީ ފާހަގަކުރެއްވި ގޮތުގައި އޭނާއަށް މި ރޮގުން ކުރިއަށް ދިއުމަށް އެންމެ ބޮޑުހިތްވަރަކާއި އެހީތެރިކަމެއް ލިބިގެންދަނީ ދެ ފަފަރާތުގެ ދެ އާޢިލާގެ މެމްބަރުންނާއި އަދި ލޯބިވާ ފިރިމީހާގެ ފަރާތުންނެވެ. އަދި މީގެ އިތުރުން ލަންދޫ ސްކޫލުގެ ހެޑްއޮފް ސްކޫލު ޢާމިރުބެ ފަރާތުން ލިބިގެންދާ ހިތްވަރާއި މަޝްވަރާތައް ޝްކުރުވެރިކަމާއި އެކު ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ ފައުންޑޭޝަން ސްޓޭޖަށް ޝީނީ އާންޓީއާއި އެކު ކިޔަވައި ދެއްވުމުގައި އުޅުންވާ ދެ ޢާންޓީ އާއި ފައުންޑޭޝަން ސްޓޭޖުގެ ލީޑިންގ ޓީޗަރުގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމުގެ އިތުން މުޅި ލަންދޫ ސްކޫލުގެ އެންމެހާ ސްޓާފުންނާއި ފައުންޑޭޝަން ސްޓޭޖުގެ ބެލެނިވެރިންގެ ފަރާތުން ލިބޭ އަގުނުކުރެވޭފަދަ  އެހީތެރިކަމާއި އެއްބާރުލުން ސުކުރުވެރިކަމާއި އެކު ފާހަގަ ކުރެއްވިއެވެ.

ޝީނީ އާންޓީ އާއިއެކު ކުޑަވަގުތުކޮޅެއް

ފުރިހަމަނަން: ފާތިމަތި ސީނީޒް

އެޑްރެސް : އަމާޒް/ ނ. ލަންދޫ

ހޮބީ : ލިބޭ ހުސް ވަގުތު ތަކުގައި ދަރިފުޅާއި އެކު އަބަދުވެސް ވަގުތު ހޭދަ ކުރަން ބޭނުންވަނީ.

އެންމެމީރުކެއުން: ބަތް/ ރިހާކުރު/ ތެލުލިފަތް

އެންމެ މީރުބުއިން : ކުރުނބާ ފަނި

އެންމެދާހިތްވާ ރަށް: ހއ. އުތީމް

އެންމެދާހިތްވާ ޤައުމު: އޮސްޓްރޭލިޔާ

އެންމެ ރީތިކުލަ: ނޫ ކުލަ

އެންމެ މީރުވަސްދުވާ ބޮޑީސްޕްރޭ: ލެރީވް

އެންމެ މަޤްބޫލް ސަހްސިއްޔަތު: މަންމަ

އެންމެ ދެރަވިދުވަސް : –

އެންމެ އުފާވި ދުވަސް: ދަރިފުޅު ލިބުނު ދުވަސް

ރަށައިމެދު ދެކޭގޮތް: އެންމެން ވެސް ވަރަށް އެކުވެރި އުފާވެރި މާހައުލެއް.

 

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މުޅިނ.އަތޮޅު ފަޙްރުވެރިކޮށްދިން ނާދިޙް ޢަބުދުލް ޙަމީދު

ނިމިދިޔަ ރަމަޟާން މަހު ޤައުމީ މިޑިޔާ ޕީއެސްއެމްއިން މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި “އެންމެއަލިގަދަ ތަރި ޖޫނިއަރ” ޤުރުއާން މުބާރާތް ވެގެން …

ޚިޔާލެއްދެއްވާ

avatar
ޢަލީ ޒިޔާދު
ޢަލީ ޒިޔާދު

ސީނީ އަކީ ވަރަށް ހިތްވަރުގަދަ މަޑުމައިތިރި މީހުންނާއިގުޅޭ ވަރަށް ރަނގަޅު ކުއްޖެއް. ތިޔަ ދާއިރާގައި ކުރިއަށް ދެވޭނީ ވަރަށް ހިތްވަރުގަދަ ކުދިންނަށް. ﷲ ތަޢާލާ ސީނީ އަށް އިތުރު ކާމިޔާބީ މިންވަރުކޮށްދެއްވާ ދިރިއުޅުން އުޖާލާކަންމަތީ ލަހައްޓަވާންދޭވެ.