ތިބާގެ ކުލަޔަކީ ތިޔައީއެވެ.

މާތްﷲ އިންސާނާ ހައްދަވާފައިވަނީ އެކަލާންގެއަށް އަޅުކަން ޚާލިޞްކުރުމަށެވެ. އެކަލާނގެފިޔަވާ އަޅުކަންކުރުން ހާއްޤުވެގެންވާ އެހެން އެއްވެސްފަރާތެއްނުވާކަމަށް އަޅުހެކިވަމޭބުނެ އަޅުގަނޑުމެން މިދީނަށްވަދެމިތިބީ ކާކު ކޮންބިރެއް ދައްކައިގެން ހެއްޔެވެ؟ އާދެ އެއްވެސް މަޖުބޫރުކަމެއްނެތިއެވެ. ވުމާއެކު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އައިސް ކިތަންމެ ވަރުގަދަ ގޮންޖެހުމަކާ ކުރިމަތިލާންޖެހުނަސް އެކަމަކާ ކުރިމަތިލާންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގެ ތަރަހައިގެތެރޭ ތިބެގެންކަން ކަށަވަރެވެ.

މިއަދު މިދިވެހިރާއްޖެއަށް ސިޔާސީގޮތުން ވަރަށްބޮޑެތި ބަދަލުތަކެއް ގެނުވައިފިއެވެ. އެބަދަލުތަކާއެކު އަޅުގަނޑުމެންގެތެރޭގައި ބައެއްމީހުން އަނެކާގެ ފިކުރުތަކާއި ކުޅެލާ، ސިޔާސީގޮތުން އެބައިމީހުން ބޭނުންވާ މިސްރާބަކަށް އަނެކާ އަނބުރާލައެވެ. އެފަދަމީހުންގެ ރަޢުޔަށް ތަބާވާ މީހުން ބަޔަކު ކިތަންމެ ލާބަހުރިކަމެއް ކުރިނަމަވެސް އެއީ އެއްވެސް ތާކުންތާކުނުޖެހޭ ކަމެއްގެ ގޮތުގައި ދެކެއެވެ. މިގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަގައިގެން ކުރިޔަށްގެންދެވި މިސްކިތުފަންޑު ޕްރޮގުރާމަކީވެސް ވަކިބައެއްގެ ނަޒަރުގައި ދެއްކުމަށްކުރާކަމަކަށްވެ، އަނެއްބައެއްގެ ނަޒަރުގައި މަންފާ ހުރި ކަމެއްގެ ގޮތުގައި ވެގެން ދިޔައެވެ.

އަނެއްބަޔަކު ދެކޭގޮތުގައި އުސްފަސްގަނޑުގައި ބަޔަކު އެއްވެސްބަޔަކު ސިހުރުހެދުމުގެ އެއްވެސް ޢަމަލެއްނުހިންގައެވެ. އެއީ ބަޔަކު ތަޅުވަންކުރިކަމެކެވެ. ވުމާއެކު އެކަމުގެ ސަބަބުން އިސްލާމިކް މިނިސްޓަރ ފަދަ އެތައްބަޔަކު ތަޅުވާލެވިއްޖެއެވެ. އެމީހުން މީޑިއާތަކުގައި އެކަމަކީ ބިރުހުރިކަމެއްގެ ގޮތުގައި ސިފަކޮށް ވާހަކަދައްކައިފިއެވެ. ވުމާއެކު އެކަންކުރިމީހުންގެ މަޤުޞަދުވެސް އެއޮތީ ޙާޞިލްވެފަތާއެވެ.

ކޮންމެ ކުލައަކަށް ތާއީދުކުރިނަމަވެސް ދީނީ ކަންކަމުގައި ޚާއްޞަކޮށް ޢަޤީދާއާއިގުޅުންހުރި މައްސަލަތަކުގައި ތިމާހިތުހުރިގޮތަކަށް ވާހަކަދެއްކުމަކީ އެއްވެސްމީހަކު ކޮށްގެންވާނެ ކަމެއްތޯއެވެ؟ މިކަހަލަ ވާހަކައެއްދެއްކުމުންވެސް ބައެއްމީހުންބުނާކަހަލައެވެ. ކޮންމެގޮތެއްވިއަސް ވަރިހަމައެވެ. ތާއީދުކުރެވޭނީ ހަމަ މިކުލައަށެވެ. ފެށުނީއްސުރެވެސް އަހަރެންގެ ކުލައަކީ މިއީއެވެ.

އޭއިންސާނާއެވެ! ތިބާގެ ކުލައަކީ ތިޔައީއެވެ. ނަމަވެސް ފެށުނީއްސުރެ ތިބާގެ ދީނަކީ އިސްލާމްދީނެވެ. ތިބާގެ ޕާޓީއަށް ނަޞްރުދިނުމުގެ ބަދަލުގައި ތިބާގެ ދީނަށް ނަޞްރުދޭށެވެ. ހޭއަރާށެވެ. މިއީވަގުތީ ތަނެކެވެ. ނިމުމެއްނުވާ އާޚިރަތުގެ ދަރުމައާއި ޘަވާބުލިބިގަތުމަށް އަވަސްވެގަންވާށެވެ. ކުރިއަށް އޮތީ ބަރަކާތުން ފުރިގެންވާ ދުވަސްތަކެކެވެ. ބަރަކާތްތެރި ރަމަޟާންމަހެވެ. ތައުބާގެ ދޮރުކޮޅު ވަނީ ހުޅުވިފައެވެ. އަޅުގަނޑުގެ އަމިއްލަނަފްސާއި ތިބާ އަދި މިޤައުމު ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރަމެވެ. އާމީން! وما توفيقي إلاّباالله.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz