ތަޤްދީރަކީ ގޮތްނޭނގޭ އެއްޗެކެވެ.

ލިޔުނީ: މާއިޝް

ޖައްވުގައިވަނީ ބަޔާންނުކުރެވޭކަހަލަ ފިނިކަމެކެވެ. ވަރަށްފިނިވައިރޯޅި ޖެހެމުންދިޔައެވެ. ގައިން ހީބިހިނެގުމުން ގޭތެރެއަށް ވަންނަން މޫނު އަނބުރާލީމެވެ. އެކަމަކު ވަނުމުގެކުރިން ލޯމަރާލާފައި ފުންނޭވާއެއްލީމެވެ.ކުއްލިޔަކަށް  އެކިއެކި ޚިޔާލުތަށް ބޮލަށް ވަންނަންފެށިއެވެ. ފެންނަނީ އެބޯވާރެ ތެރެއިން ބައްޕަ ކުޑަނަގައިގެން ހިނގަނިކޮށެވެ. ބައްޕަ ބައްޕަ ހިގަމުން ވަކިހިސާބަކަށް ގޮސްކުއްލިއަކަށް ވެއްޓުނެވެ. އަގައިން ލޭ ނުކުންނަށް ފެށިއެވެ. އަދި ލޮލުގެ ކަޅިގެއްލި މީހާގެ ކުލަ ގެއްލުނެވެ. އަވަހަށް ލޯ ހުޅުވާލެވުނެވެ. ހިތް ވަރަށްބާރަށް ތެޅެމުން ދިޔައެވެ. ދެންމެ އެފެނުނީ ކޮންއެއްޗެއްކަމެއް އަދި ކީއްވެކަމެއް އެއްގޮތަކަށްވެސް ނޭގުނެވެ.

ގޭތެރެއަށް ވަދެފައި ފެންޑާގަ ހުރި ގޮޑީގައި އަހަރެން އިށީނީމެވެ. ހިތް ވަނީ ވަރަށް ނުތަނަވަސް ވެފައެވެ. ބޭއިޚްތިޔާރުގައިވެސް ހަމަ އެފެނުނު ކަންތަކާމެދު ވިސްނެނީއެވެ. ހިތް އުފުލަމުން ގެންދިޔަ ބިރު ކުޑަކުރުމަށްޓަކައި މީހެއްގެގާތު އެވޭހަކަ ބުނާނެވަރުވެސް ގައިގާ ނެތެވެ. މޭޒުމަތީ އޮތްވާހަކައެއް ނަގައިފައި ކިޔަންފެށީމެވެ. ފެންޑާ އަޑުމަޑުކަމުން ނިދިއަންނަށް ފެށިއެވެ. އަދި ވާރޭވެހުމުން ވާ ފިނީގެ ސަބަބުން ނިދަން ލޯމަރާލީމެވެ. ހަމަ އެމަންޒަރުތައް ފެންނަށް ފެށީއެވެ. ހިތުގައި ހުރިބިރުވެރިކަން އިތުރުވެ މީހާ ތުރުތުރު އަޅަންފަށައިފިއެވެ. ހުވަފެނުން ތެދުވެވުނު އިރު މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އަދި ތުރުތުރު އަޅައެވެ.

ހިތުގައިވާ ނިތަނަވަސްކަން ފިލުވައިލުމަށްޓަކައި ބައްޕަ ހޯދުމަށްޓަކައި ބޯވާރޭތެރެއަށް ނުކުތީމެވެ. މިސްކިތާ ދިމާއަށް ވަރަށްބާރަށް ހިނގަންފެށީމެވެ. އަހަރެންނަށް ފަނުނުތަންތަން އެ ހުވަފެނުގައި ވަނީ ވަރަށް ރީއްޗަށް ސިފަވެފައެވެ. މާދުރުން މީހަކު ވެއްޓިފައި އޮތްތަން ފެނުނެވެ. ދުވެފައިގޮސް ބެލިިއިރު އެއީ ބައްޕައެވެ. ހަމަ ހުވަފެނުގައި ފެނުނުގޮތަށެވެ. އެވަގުތު ކޮޅަށްނަމަވެސް އަހަންނަށް ކުރެވުނު ނުކުރެވުނު ކަމެއްނޭގުނެވެ. ބައްޕަ އަތްދާޑިމައްޗަށް ނަގައިފައި ހޮސްޕިޓަލާދިމާލަށް ދުއްވައިގަތީމެވެ.

ހޮސްފިޓަލަށްވަދެފައި އެމެޖެންސީ ވޯރޑަށް ވެއްދީމެވެ. އެންމެފަހުން ފެނުނު ހުވަފެން ތެދުވީއެވެ. ޑޮކްޓަރުން ތެޅިފޮޅިގެން އެމީހުންނަށް ކުރެވުނު ހުރިހާކަމެއް ކުރިއެވެ. އެކަމަކު ތަޤްރީރުގައި ވާންއޮތްކަމެއް ބަދަލެއްނުކުރެވޭނެއެވެ. އަދި ބައްޕަ މިދުނިޔެއިން އަލްވަދާއު ކީއެވެ. ވީ ހިތާމައެއްގެ ބޮޑުކަމުން ގިސްލަގިސްލާފައި ރޮވުނެވެ. އަދި ކުއްލިއަކަށް މުޅިތަން އަނދިރިވާން ފެއްޓިއެވެ. އަދި މަދުމަދު ސިކުންތު ކޮޅެއްގެ ތެރޭގައި މުޅިތަން ކަނުއަދިރި ވިއެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ދަރިވަރުން ޓެބްލެޓް ބޭނުންކުރާނެގޮތް ބެލެނިވެރިންނަށް އޮޅުންފިލުވައިދޭން ފަށައިފި.

މިއަހަރުގެ ދެވަނަ ޓަރމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ މަޝްރޫއުގެ ދަށުން، …

ޚިޔާލެއްދެއްވާ

avatar