ތަފާތު ބޮޑުނަތީޖާއަކުން ޅޮހީޓީމް ބަލިކޮށް ހޮޅުދޫގެ ފެށުންވެސް ރަނގަޅުކޮށްފި

holhudhoofcމިހާރު ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް—ބީ ގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޅޮހީ ފުޓްބޯޅަ ޓީމާއި ބައްދަލުކޮށް މުބާރާތުގެ ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަން ހޮޅުދޫ އެފްސީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ އެޓީމުގެ ފެށުން ރަނގަޅުކޮށްފިއެވެ. މީގެ އިތުރުން ހޮޅުދޫޓީމުގެ ޖާޒީނަމްބަރ 7 މުޙައްމަދު ޒަމީރު ( ޒަންބޮ ) ވަނީ 3 ލަނޑު ޖަހާ މިއަހަރުގެ މުބާރާތުގެ ފުރަތަމަ ހެޓްރިކްވެސް ހަދާފައެވެ.

މިއަދު ހަވީރު ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މެޗު ހޮޅުދޫ އެފްސީ އިން ކާމިޔާބުކޮށްފައިވަނީ

4 ލަނޑު 0 ލަނޑުންނެވެ. ހޮޅުދޫ އެފްސީއަށް ޒަންބޮގެ އިތުރުން ދެން ލަނޑު ޖަހައިދީފައިވަނީ ޓީމުގެ ކެޕްޓަން މޫސާ އިބުރާޙިމް (މުސްތަޓޭ) އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިއަދުގެ މެޗުގައި ފުރަތަމަ ޑިވިޝަންގައި ކުޅެމުން އަންނަ ހޮޅުދޫއަށް ނިސްބަތްވާ ބައެއް ކުޅުންތެރިން ކުޅެފައިވެއެވެ. އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހޮޅުދޫއިން ނެރެފައިވާ ޓީމަކީ މިވަގުތައް ހޮޅުދޫއިން ނެރެވެން އޮތް އެންމެވަރުގަދަ ޓީމެވެ. މިފަހަރު ހޮޅުދޫއިން މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ހޮޅުދޫއަށް ނިސްބަތްވާ ފުޓްބޯޅަ ކުޅޭ ހުރިހާ ކުޅުންތެރިން ވަނީ އެރަށަށް ގެނެސްފައެވެ.

މިއަދު ބަލިވި ޅޮހީ ފުޓްބޯޅަ ޓީމަކީ ރާއްޖޭގައި ހުނަރުވެރި އެތައް ކުޅުންތެރިން ތަކެއް އުފައްދާފައިވާ މަޝްހޫރު ކޯޗު ފެނާންޑޯގެ އިރުޝާދުގެ ދަށުން މި މުބާރާތަށް ތައްޔާރުވަމުން އައިސްފައިވާ ޓީމެކެވެ.

މި މުބާރާތުގައި މާދަމާ އޮންނާނީ ގްރޫޕް-ބީގައި ހޮޅުދޫ ނަގާފަ ދެން އެންމެ ވަރުގަދަ ކަމަށް ބެލެވޭ ދެޓީމުގެ ކުރިމަތި ލުމެކެވެ. މި މެޗުގައި ބައްދަލު ކުރާނީ ހެނބަދޫ އެފްޓީ އާއި މިލަދޫ ޓީމެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar