ދ.އަތޮޅު ކައުންސިލާއި، މުރައިދޫ ކައުންސިލްގެ ބައި އެލެކްޝަން ޕީޕީއެމް އަށް ލިބުމުން އުފާފާޅުކޮށްފި.

ppm
ދ. އަތޮޅު ކައުންސިލާއި ހއ. މުރައިދޫ ކައުންސިލްގެ ގޮނޑި ސަރުކާރު ކޯލިޝަނަށް ލިބުމުން ޕީޕީއެމްއާއި، އެމްޑީއޭ ކޯލިޝަނުން އުފާފާޅުކޮށްފިއެވެ.
އެކަމުގެ އުފަލުގައި އާޓްފިޝަލް ބީޗުގައި ރޭވަނީ ޖަލްސާއެއް ބާއްވާފައެވެ.
އެޖަލްސާގައި ސަރުކާރު ހިންގާ ޕާޓީގެ ގިނަބޭފުޅުންތަކެއް ބައިވެރިވެފައިވާއިރު ރައީސް ޔާމީންވެސް ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
ރައީސް ޔާމީންވަނީ އެޖަލްސާގައި އިދިކޮޅު ފަރާތްތަކަށް ވަރަށް ވަރުގަދައަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ. އެމަނިކުފާނު ގެ ވާހަކަފުޅުގައި ބޮޑަށް އަލިއަޅުއްވާ ލެއްވީ ރައީސް ނަޝީދުގެ ހައްޔަރު ކުރުމުގެ މައްސަލައަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރިކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފު ކަމަށެވެ. ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލް ކުރައްވާ ދައުވާއެއް ރައީސުލްޖުމްހޫރިއްޔާ ނުހުއްޓުވީ ކީއްވެގެންތޯ ސުވާލު އުފައްދާކަށް ގާނޫނު އަސާސީން ޖާގަ ނުދޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކު ކުރައްވާ ކަމަކީ އެ މަގާމަށް [ޕްރޮސިކިއުޓާ ޖެނެރަލްގެ] އައްޔަން ކުރައްވާ ބޭފުޅެއްގެ ނަމެއް ރައްޔިތުންގެ މަންދޫބުންނާ ހަމައަށް ފޮނުވުން ކަމަށާއި އެ ހިސާބުން ޕީޖީގެ މަސްއޫލިއްޔަތުތައް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރޭ ޕީޕީއެމް އިން އެ ޖަލްސާ ބާއްވާފައިވާތީ އެކަމާ މެދު އިދިކޮޅު ފަރާތްތަކުންވެސް ވަނީ ފާޑުކިޔާފައެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ޤައުމުގައި ޖެހިޖެހިގެން މާރާމާރީތަކެއް ބަޔަކު ހިންގައި ހިތާމަވެރި ހާދިސާތަކެއް ހިނގާފައިމިވާ ދަނޑިވަޅުގައި އުފާފާޅުކޮށް ހަވާއެރުވުމަކީ ރައްޔިތުން ބަލައިގަންނާނޭ ކަމެއްނޫންކަމުގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަމުރު އެހާ ސާފެއްނޫން – ޕީޕީއެމް އަދީބު ދޫކޮށްލަން ބުނިއިރު އެމައްސަލައިގެ އެހެންމީހަކު އަދި ނަޝީދު ދޫކޮށްލަން ބުނިއިރު ޠޮލްޙަތުގެ ވާހަކައެއް ނާދެ!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު އެހާސާފުނޫންކަމަށާއި އެއަމުރުގައި ހަމަނުޖެހޭ ކަންކަން އެބަހުރިކަމަށް ޕީޕީއެމުން ބުނެފިއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz