ދޯނިއެހެލާ ސަރަހައްދަށްވެސް ކުނިއަޅަނީ – މިކަމަށް ހައްލެއް ބޭނުންވޭ

ރާއްޖޭގައި މީހުން ދިރިއުޅޭ ގިނަރަށްތަކެކޭ އެއްފަދައިން ލަންދޫއަށްވެސް ހައްލުކުރުމަށް އެންމެ ބޮޑަށް ދަތިވެފައިވާ އެއްމައްސަލައަކީ ހަމަޔަޤީނުންވެސް ކުނީގެ މައްސަލައެވެ. ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ތަފާތު ދުވަސްވަރު ތަފާތު މަސައްކަތްތައް ކުރެވުނު ނަމަވެސް އަދި އަދަށް ދާންދެންވެސް ކުނީގެ މައްސަލައަށް މިވަނީ ދާޢިމީ ހައްލެއް ލިބޭގޮތް ނުވެފައެވެ.

ލަންދޫގައި ކުނިއެޅުމަށްޓަކައި ތަފާތު ސަރަހައްދުތަކުގައި ކުނިގޮޑުތައް ހެދި އެތަންތަނަށް ކުނި އަޅަމުން ދިޔަނަމަވެސް ބައެއްފަރާތްތަކުން ގެންދަނީ އެބަޔަކު ހިތުހުރި ތަނަކަށް ކުނި އަޅަމުންނެވެ. މިގޮތުން ބައެއްފަހަށް އާއްމުރައްޔިތުންނަށް ވަރަށް ބޮޑަށް އުދަގޫވާގޮތައް ކުނިއުކާލައިފައިވަތަން ފެނެއެވެ.

ޒަމާނުންސުރެ މިރަށުގެ ޖެޓީ ސަރަހައްދަކީ ވެލިނެގުމާއި ކުނިއެޅުން މަނާ ސަރަހައްދެއް ނަމަވެސް މިއަދު މިސަރަހައްދު ވެފައިވަނީ ލަންދޫގައި އޮތް އެންމެބޮޑު ކުނިއަޅާ ސަރަހައްދުކަމުގައެވެ.

އެންމެ ބޮޑު ހިތާމައަކީ ލަންދޫގައި އޮޑިދޯނި ފަހަރު ގެންގުޅޭ މީހުން އެބައިމީހުންގެ ދޯނިތައް އެހެލާ، ބާލާ ސަރަހައްދަކީ ކުރީގެ ނެރުގެ ސަރަހައްދުކަމަށް ވެފައި މިހާރު ސީދާ ނެރާދިމާއަށްވެސް ބައެއް ފަރާތްތަކުން ކުނި އަޅަމުންދާކަމެވެ. މިގޮތުން މިހާރުވެސް ބައެއްފާތްތަކުން ނެރުގެ އެތެރެއަށްވާ ގޮތަށް ގައުކުޑިތަކެއް އަޅާފައި އެބަހުއްޓެވެ. މިކަންތަކަކީ މިހާރުން މިހާރަށް ނުހުއްޓިއްޖެނަމަ އިސާހިތަކު މުޅި ސަރަހައްދު އެއްކޮށް ފުރާލައި ދޯނިފަހަރު އެހުލުމަށް ކަޑައަޅާފައިވާ ސަރަހައްދު ކުނިގޮޑަކަށް ބަދަލުވެގެންދާނެ ފަދަ ކަމެކެވެ.

ލަންދޫގައި ކުނި އެޅުމަށް ވަކި ސަރަހައްދުތަކެއް ކަޑައެޅިފައިވާއިރު އެންމެހާ ފަރާތްތަކުން މިތަންތަނަށް ކުނިއަޅާނަމަ މިކަންތައްތައް ހައްލުވެގެންދާނެކަން ކަށަވަރެވެ. މިއީ އަޅުގަނޑުމެން އެންމެން ވަރަށް ފުންކޮށް ވިސްނަން ޖެހިފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަނދޫ ކާޑަށްޖެހިފައި

ބަރަކާތްތެރި ރަމަޟާންމަހަކީ އަހަރުގެ އެހެނިހެން މަސްމަހާއި ޚިލާފަށް ކާއެއްޗެހި ހެދުން ގިނަމަހަކަށްވާއިރު ބަރަކާތްތެރި ރަމަޟަންމަސް ފެށުނު އިރު ލަންދޫގެ ހުރިހާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz