ދެޓީމު އެއްވަރުވެ ދެ ޓީމުވެސް ސެމީއަށް

miladhoo-vs-holhudhooމިހާރު ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު ގްރޫޕް-ބީގެ އެންމެ ބޮޑުމެޗުގައި ހޮޅުދޫ އާއި މިލަދޫ ބައްދަލުކޮށް އެއްވަރުވަރު ވުމާއި ގުޅިގެން ހޮޅުދޫއަށް ގްރޫޕްގެ 1 ވަނަ ލިބި ސެމީގެ ޖާގަ ކަށަވަރުވެ ، 3 ގްރޫޕްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިއުމުގެ ފުރުޞަތު މިލަދޫއަށް ވެސް ލިބިއްޖެއެވެ.

މި މުބާރާތުގައި ދެން ހިމެނޭ ގްރޫޕް އޭ އަދި ގްރޫޕް ސީ އިން ދެވަނައަށް ދާންއޮތް އެއްވެސް ޓީމަކަށް މިލަދޫ އާއި އެއްވަރަށް ޕޮއިންޓް ހޯދޭނެ ފުރުޞަތެއް މިހާރަކު ނެތެވެ.

މިއަދުގެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު މުޅި މެޗުކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ހޮޅުދޫ ޓީމުންނެވެ. މިއަދުގެ މެޗުގައި ހޮޅުދޫއިން ކާމިޔާބުކުރި ގޯލް ކާމިޔާބުކޮށްދިނީ ހޮޅުދޫ ކުޅުނު ދެ މެޗުގައިވެސް ހެޓްރިކު ހަދާ ދެ މެޗުގެވެސް މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދި އެޓީމުގެ އިތުބާރު ފޯވާޑު މުޙައްމަދު ޒަމީރެވެ. މިލަދޫއަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ މިލަދޫ ކުޅުނު ދެ މެޗުގައިވެސް މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދި މުޙައްމދު މަޢުރޫފެވެ. މިއަދުގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ހޮޅުދޫއަށް ގޯލް ކާމިޔާބުކޮށްދިން މުހައްމަދު ޒަމީރެވެ.

މިއަދުގެ މެޗު ނިމުމުން ހޮޅުދޫއަށް ގްރޫޕުގެ އެއްވަނަ ލިބެނީ ކުޅުނު 3 މެޗުން 7 ޕޮއިންޓް ލިބި، ފައިދާ 5 ގޯލުންނެވެ. މިލަދޫއަށް ދެވަނަ ލިބެނީ ކުޅުނު 3 މެޗުން 7 ޕޮއިންޓް ލިބި ، ފައިދާ 3 ގޯލުންނެވެ.

މާދަމާގެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް – ބީއިން ފުލަށް ދިޔަ ދެޓީމުކަމަށްވާ ޅޮއްސާއި ހެނބަދޫއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar