ދެވަނަމެޗުންވެސް ލަންދޫ ފުޓްބޯޅަޓީމް ބަލިވެއްޖެ

ލަންދޫ ފުޓްބޯޅަ ޓީމް މިއަހަރު ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗްގައި މިއަދު ހަވީރު ށ.ފުނަދޫ ޓިމާއި ދެކޮޅަށް ލަންދޫގައި ކުޅެ 1 ލަނޑު 0 ލަނޑުން ބަލިވެއްޖެއެވެ.

މިއަހަރު ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން އަވައްޓެރި މާފަރުޓީމަކާއި ދެކޮޅަށްކުޅެ 2 ލަނޑު 3 ލަނޑުން ލަންދޫ ޓީމް ބަލިވެފައިވަނިކޮށް މިއަދު ކުޅެވުނު މެޗުގައި ލަންދޫޓީމަށް ގޯލްޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައިވާއިރު ފުނަދޫ ޓީމްގެ ފަރާތުން ލަންދޫޓީމްގެ ގޯލަށް ފޮނުވާލި ނުރައްކާތެރި އެތައްހަމަލާއެއް ވަނީ ލަނދޫޓީމްގެ ގޯލްބެލެހެއްޓި ހުނަރުވެރި ކީޕަރ ހަސަން ޒަރީރު ( ހަސަނިކޮ ) ދިފާޢު ކޮށްފައެވެ.

ގާތްގަޑަކަށް 5 އަހަރުފަހުން މިދެޓީމްބައްދަލްކުރި މިއަދުގެ މެޗުގައި ދެޓީމްގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ދާދިހަމަ ހަމަ ކުޅުމެކެވެ. މިއަދުގ މެޗުގައި ފުނަދޫޓީމުން ޖެހި ހަމައެކަނި ގޯލް އެޓީަށް ކާމިޔާބުކޮށްދިނީ ފުރަތަމަހާފް ނިމެން އެންމެ މިނެޓަކަށް ވެފައިވނިކޮށް އެޓީމްގެ ޖާޒީނަމްބަރ 12 މާއްޓޭ އެވެ. މިއަދުގެ މެޗުގައި ލަންދޫޓީމުން އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވަނީ ކީޕަރ ހަސަނިކެވެ.

ވޭތުވެދިޔަ އަހަރު ލަންދޫޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވުމުން ދެވަނަމެޗުން މޮޅުވުމަށް ކުރެވުނު މަސައްކަތުން މިދިޔަ އަހަރުގެ ދެވަނަ މެޗުން މޮޅުވެފައިވާއިރު މިއަހަރު ކުޅެވުނު އެކުވެރިކަމުގެ ދެެޗުން ބަލިވެފައިވުުމުން މިކަމާއިދޭތެރޭ ކުޅުންތެރިން ވިސްނައި ކާމިޔާބީ ހާސިލް ކުރެވޭނެފަދަ ގޮތަކަށް ހަވީރު ކުޅެންދާ ގަޑި ބައްޓަން ކުރެވޭތޯ ބަލަންޖެހެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz