ދެރައްޓެހިން – އަހަންމާކަލޯގެ ޖޯކުފީތާއިން ތަންކޮޅެއް.

ދެރައްޓެއްސަކު ވަރަށްދުވަސް ކޮށްލައިފާ ބައްދަލުވިއެވެ. ސަލާންގަލާންކޮށް ހާލުއަހުވާލު އޮޅުންފިލުވައި ހަދާލުމަށްފަހު އެކަކު އަނެކެއްގެ ވާހަކަތައް ފެށިއެވެ.

ފުރަތަމަ މީހާ: މިހާރުދެން ވަރަށްބޮޑަށް ދަތިވެގެން މީހަކާވެސް އިނދެފިން.

ދެވަނަމީހާ:   އެޔޯ. އަނެއްކާ ކޮންކަމަކަށް ދަތިވެގެން؟

ފުރަތަމަމީހާ:  މިއުޅެނީ ކޯހެއްގައި ބައިވެރިވެގެން ، އެހެންވީމާ ވަރަށްބިޒީކޮށް އުޅެންޖެހޭތީ ގޭތެރޭގެ ކަންކަމާއި، އަމިއްލަ ކަންތައްތައް ކުރުމުގައި ދަތިވަނީ . އޭގެތެރޭގައި އެއްޗިހިދޮވުމާއި، ކެއްކުމާއި، ކޮޓަރި ސާފުކުރުމާއި، ބައެއް އެސައިން މެންޓްތައް ހެދުމުގައި އެހީތެރިވުން ކަހަލަ ކަންކަން ހިމެނޭ.

ދެވަނަމީހާ:   އެހެންތަ. އަހަރެން ހަމަ ތިކަންކަމާހެދި ދާދި މިދާކަށްދުވަހު އަހަރެން ގެ އަންހެނުން މިވަރިކުރީ……… ހެހެހެ.

ނިމުނީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސަރުދާރުގެ ދައުވަތު ކާޑު

ޖޯކް ލިޔުނީ : އިބްރާހިމް މުއާޒް / ލަންދޫ ސަރުދާރަށް ދައުވަތު ކާޑެއް ލިބުނެވެ. ކާޑުގައި އޮތީ ރަތް ޓައީއެއް …

ޚިޔާލެއްދެއްވާ

avatar
އަޒޭ
އަޒޭ

ސަޅި އިނގޭ ވަރަށްދެން މަޖާ…ހެހެހެ