ދުނިޔޭގެ އެންމެ މަތީގެ ފެންވަރުގެ ވެރިޔެއް ރައީސް މުހައްމަދު ނަސީދު އާމެދު-އާރކިމް ސްޓެއިނާރ

ރާއްޖޭގެ ރައިސް މުހައްމަދު ނަސީދަކީ ބޭރުދުނިޔޭގައި މަސްހޫރު ބޭފުޅެކެވެ. އަދި ދުނިޔޭގެ މަތީފެންވަރުގެ ގިނަވެރިން ދަންނަ ބޭފުޅެކެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ ބޮދެތި ޖަމާއަތްތަކުގެ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭން އަޅުގަނޑު ބަލައިލާނީ އަޅުގަނޑާ ބައްދަލުވި ދުނިޔޭގެ އެންމެ މަތީފެންވަރުގައި ހަރަކާތްތެރިވަމުން އަންނަ ބްރެޒިލްގެ އާރކިމް ސްޓެއިނާރއަށެވެ.

އާރކިމް ސްޓެއިނާއަކީ  ޔުނައިޓެޑް ނޭޝަން އެންވަޔަރމެންޓް ޕްރްގުރާމްގެ އެކުޒެކެޓިވް ޑިރެކްޓަރ އެވެ. އަދި އެމަގާމަށް ހޮވިވަޑައިގެން 5 ވަނަ ބޭފުޅާގެ ގޮތުގައި 2006 ވަނައަހަރު ހޮވި ވަޑައިގަންފަހުން މިއަދާ ޖެހެންދެންވެސް އެމަގާމު ފުރުއްވަމުންއަންނަނީ އާރކިމް ސްޓެއިނާރއެވެ. އަދި އާރކިމް ސްޓެއިނާއަރކީ އދ ގެ ތިމާވެއްށްޓާއި ބެހޭ އެންމެހާ ކަންތައްތަކުގައި އެންމެ އިސްކޮށް ހުރި ފަރާތެވެ.

އާރކިމް ސްޓެއިނާރ ޅައުމުރުގައި ދިރިއުޅުއްވީ ބްރެޒިލްގައި ނަމަވެސް އެމަނިކުފާނު ކިޔަވާވިދާޅުވާން ލަންޑަނަށް ވަޑައިގަތެވެ. ލަންޑަންގެ ޑޯރވާރ ކޮލެޖުން ޕޮލިޓިކަލް ޝައިންސް އަދި އިކޮންމިކްސް، ފިލޯސަފީ ކިޔަވައި ވިދާޅުވުމަށްފަހު  އިކޮނޮމިކްސް އެންޑް ރީޖަނަލް ޕްލޭނިންގެ ގެ ރޮނގުން މާސްޓާރސް ހެއްދެވިއެވެ. އަދި ޑިވެލޮޕްމެންޓް އިކޮނޮމިކްސް ،ރީޖަނަލް ޕްލޭނިންގް އެންޑް އިންޓަރނޭޝަނަލް ޑެވެލެޕްމެނޓް އެންޑް އެންވަރަޔަރމެންޓް ޕޮޕިސީގެ ދާއިރާއަށް ހާއްސަވެ ވަޑައިގަތެވެ.

އަދި ދުނިޔޭގެ ބައިނަލްއަގުވާމީ ވަރަށް ގިނަ ޖަމާއަތްތަކެގައި ހަރަކާތެރިވެ ވަޑައިގަތެވެ . އަދި ބައިންލްއަގުވާމީ އެތަކެއް އެވޯރޑް ހާސިލްކުރެއްވިއެވެ. އަދި އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންސަރވޭޝަން އޮފް ނޭޗަރގެ ޑިރެކްޓަރ ޖެނަރަލްކަމާއި ވާރލްޑް ކޮމިޝަން އޮން ޑަމްސްގެ ސެކްރަޓަރީ ޖެނަރލްކަމާއި އަދި ނެއިރޯބީގެ ޔޫއެން އޮފީސްގެ ޑިރެކްޓަރ ކަންވެސް ކުރައްވާފައިވެއެވެ. އަދި ޔޫއެންގެ އެންމެ މަތީލެވެލްގެ މަސްވަރާގެ ބޯރޑްގައިވެސް ސްޓެއިނާރ ހިމެނިވަޑައިގަންނަވައެވެ. އަދި މީގެ އިތުރަށް ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކާއި ކުންފުނިތަކުގެ އެޑްވައިޒަރީ ކައުންސިލްގައި ހިމެނެވަޑައިގަންނަވައެވެ.

ކުލައިމެޓް ޗޭންޖް އަދި ގްރީން އިކޮނޮމީއަށް ބައިނަލް އަގުވާމީ ފެންވަރުގައި ވަކާލާތުކުރައްވަމުން އަންނަ އާރކިމް ސްޓެއިނަރ އާ އަޅުގަނަޑަށް ބައްދަލުވީ 26 ސެޕްޓެމްބަރ އިން 2 އޮކްޓޫބަރ 2011 ވަނަ ދުވަހު ޔުނެޕް ތުންޒާ އިންޓަރނޭޝަނަލް ޗިލްޑްރަންސް އެންޑް ޔޫތް ކޮންފަރެންސުންނެވެ. 117 ގައުމަކުން ބައިވެރިވި ތިމާވެއްޓައި ބެހޭ މިކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ އާރކިމް ސްޓެއިނާރގެ އާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބުނެވެ. ދިވެހިރާއްޖެ ރެޕްރެސެންޓް ކުރާ ފަރާތުގެ ހައިސިއްޔަތުން އާރކިމް ސްޓެއިނާރގެ އަރިހަށް ދިއުމާއި އެކު ވިދާޅުވީ ” ދިވެހިންނަކީ ވަރަށް ނަސީބުގަދަ ބައެއް” ” ކަލޭމެންގެ ރައިސްއަކީ ވަރަށް ހަރަކާތްތެރި ހިންގުންތެރި ވެރިޔެއް” ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރެއް” މިފަދަ އިބާރާތްތަކެކެވެ. މީ ދުނިޔޭގެ އެންމެ މަތީފެންވަރުގެ ވެރިޔެއްކަމަށްވާ އާރކިމް ސްޓެއިނާރ ވިދާޅުވި ބަހެވެ. ރާއްޖޭގެ ރައީސާ ބެހޭގޮތުން އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނަނިސް އާރކިމް ވިދާޅުވެފައިވާ ބަހެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދުއަށް ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު ބަނދަރުކުރާނެ

ނ.ލަންދުއަށް ގެންނަ 250 ކިލޯވޯޓްގެ ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު 7 އާއި 8 ދެމެދު ލަންދުއަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz