ދުނިޔޭގެ އެންމެ ކުޑަދެމަފިރިން ވޯލްޑް ރެކޯޑްފޮތުން ޖާގަހޯދައިފި.

ދުނިޔޭގެ އެންމެ ކުޑަ ދެމަފިރިން ކައިވެންޏަށްފަހު
ދުނިޔޭގެ އެންމެ ކުޑަ ދެމަފިރިން ކައިވެންޏަށްފަހު

އަލަށް ކައިވެނި ކުރި ދެމަފިރިން، ދުނިޔޭގެ އެންމެ ކުޑަ ދެމަފިރިންގެ ގޮތުގައިވެ ވޯލްޑް ރެކޯޑް ފޮތުން ޖާހަގަހޯދައިފިއެވެ.

ބްރެޒިލަށް އުފަން މި ދެލޯބިވެރިން މީގެ ދިހައަހަރު ކުރިން ބައްދަލުވެ އެކަކު އަނެކަކު ދެކެ ލޯބިވެގެން އުޅުނުނަމަވެސް އެކިއެކި މައްސަލަ ޖެހި ބައެއް ފަހަރު ވަކިވެ އަދި ބައެއް ފަހަރު ރައްޓެހިވެ އެހެން ލޯބިވެރިން ފަދައިން މައްސަލަތައް ޖެހި މައްސަލަތައް ހައްލުކުރަމުން ގޮސް އެންމެފަހުން ޒަވާޖީ ޙަޔާތަކާ ހިސާބަށްގޮސް ކައިވެނީގެ ގޮށް ޖެހުމާއެކު ދުނިޔޭގެ އެންމެ ކުރު ނުވަތަ އެންމެ ކުޑަ ދެމަފިރިންގެ ގޮތުގައި ވޯލްޑްރެކޯޑްފޮތުގައި މިހާރުވަނީ މި ދެމީހުންގެ ނަން ހިމަނާފައެވެ.

ދުނިޔޭގެ އެންމެ ކުޑަ ދެމަފިރިން - ސެލްފީއެއް ނަގަނީ
ދުނިޔޭގެ އެންމެ ކުޑަ ދެމަފިރިން – ސެލްފީއެއް ނަގަނީ

ދެމީހުންގެ ނަން އެންމެ ކުޑަ ކަޕްލްގެ ގޮތުގައި ރެކޯޑް ކުރެވިފައިވާއިރު ދެމީހުންގެ އިސްކޮޅު ހަމަ އެއްވަރު ކަމަށްވަނީ ބުނެފައެވެ. ދެމީހުންގެ އިސްކޮޅުގައިވެސް ހުރި ކަމަށް ރެކޯޑް ކޮށްފައިވަނީ 71.42 ސީ އެމް އެވެ.

މިކައިވެނި ކޮށްފައިވަނީ ވަރަށް ފުރިހަމަ އިއްޒަތުގައި ލަންޑަންގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ކުޑަބައިސްކަލް

ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ކުޑަބައިސްކަލް ބަލާލަން ބޭނުންހެއްޔެވެ. އެބައިސްކަލަކީ ކުޅޭކުޅޭ ބައިސްކަލެއް ނޫނެވެ. އެއީ ހަމަ ބޮޑެތި މީހުންނަށް …

ޚިޔާލެއްދެއްވާ

avatar